ކުއްލި ހަބަރު
ފުރަތަމަ ސަފުހާ / ހަބަރު / ދަނބިދޫގައި އެސްޓީއޯގެ ފާމަސީއެއް ހުޅުވައިފި

ދަނބިދޫގައި އެސްޓީއޯގެ ފާމަސީއެއް ހުޅުވައިފި

ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އާސަންދައިގެ ދަށުން ޚިދުމަތް ފޯރުކޮށްދޭ އެސްޓީއޯ ފާމަސީއެއް ޤާއިމް ކުރުމަށް އެސްޓީއޯ އާއި ދިވެހި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ލ. ދަނބިދޫގައި ބޭސް ފިހާރައެއް ހުޅުވައިފިއެވެ.

ދަނބިދޫގައި މިއަދު ހުޅުވުނު ބޭސް ފިހާރަ އިން އާސަންދަ އާއި އެކު ޚިދުމަތް ފޯރުކޮށްދިނުމަށް މިހާރު ވަނީ ފަށާފައެވެ.

އަދި މިފާމަސީއާއެކު އެސްޓީއޯ ފާމަސީތަކުގެ އަދަދު މިހާރު ވަނީ 168 އަށް ބަދަލުވެފައެވެ.

މި ބޮޑު މަޝްރޫއު ކުރިއަށް ގެންދިއުމުގައި މިނިސްޓްރީ އޮފް ހެލްތް އަދި ލޯކަލް ކައުންސިލްތަކާއި ރަށްރަށުގެ ރައްޔިތުންގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުން އެސްޓީއޯއިން ޝުކުރުވެރިކަމާއެކު ފާހަގަކުރެއެވެ.

އާއި ބެހޭ އިބްރާހިމް ރަޝީދު

😂👊

މިވެސް ކިއުއްވާލައްވާ

ކުރީގެ މަސްހޫރު ކުޅުންތެރިންނާއެކު ދަނބިދޫ ފުޓްސަލް ދަނޑު ހުޅުވުން މިރޭ!

މިނިސްޓަރީ އޮފް ޔޫތް، އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަދި ހައްދުންމަތީ ދަނބިދޫ ކައުންސިލް ގުޅިގެން ދަނބިދޫގައި ތަރައްޤީ ކުރި ޒަމާނީ …