ކުއްލި ހަބަރު
ފުރަތަމަ ސަފުހާ / ހަބަރު / ދަނބިދޫ ކަނު އަނދިރީގައި!

ދަނބިދޫ ކަނު އަނދިރީގައި!

ލ. ދަނބިދުއަށް ކަރަންޓު ދެމުން އަންނަ ޖަނަރޭޓަރުތައް ހަލާކުވެ މުޅިރަށުން ކަރަންޓް ކެނޑިއްޖެ އެވެ. ކަރަންޓް ޙިދުމަތް ދެމުންދާ ތިން ޖަނަރޭޓަރ ހުންނައިރު މިވަގުތު ކަަރަންޓު ދެމެންދާ  160 ކިލޯވޯޓުގެ ޖަނަރޭޓަރ ހަލާކުވީ މިއަދު މެންދުރުގައެެވެ.

ދަނބިދޫ ކަރަންޓު ޚިދުމަތް ފޯރުކޮށްދެމުން ގެންދާ ފެނަކަ ކޯޕަރޭޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ދަނބިދޫގައި ކަރަންޓު ފޯރުކޮށްދެމުންދާ އިންޖީނުތަކުގެ ތެރެއިން 110 ކިލޯވޯޓުގެ ޖަނަރޭޓަރާއި 160 ކިލޯވޯޓުގެ ޖަނަރޭޓަރަށް މިއަދު ދިމާވި މެކޭނިކަލް މައްސަލައަކާއި ގުޅިގެން ރަށުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ. އަދި ދަނބިދޫ އަށް ވަގުތީ ގޮތުން ކަރަންޓު ދިނުމަށް އެ ކުންފުނީގެ ޓެކްނިކަލް ޓީމުން މަަަަަސައްކަތް ކުރަމުުުުން ގެންދާކަމުގަަަަައެވެެ. އަދި ރަށުުުގެ ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާލުމާއި ރައްޔިތުންގެ ކެތްތެރިކަމަށް ފެނަކައިން ޝުކުރު އަދާކުރެއެވެ.

 

 

 

އާއި ބެހޭ އިބްރާހިމް ސިހާމް

މިވެސް ކިއުއްވާލައްވާ

ގޯލްޑެން ފުޓްސަލްގެ ގައި ބައިވެރިވާ ދަނބިދޫ ފުޓްސަލް ޓީމަށް ޝާހް އެހީތެރިކަން ފޯރުކޮށްދީފި!

ގޯލްޑެން ފުޓްސަލް ޗެލެންޖް -2024 ގައި ބައިވެރިވާ ދަނބިދޫ ފުޓްސަލް ޓީމަށް ދަނބިދުއަށް އުފަން އިބްރާހިމް ޝާހް ކުޅިވަރުގެ ނަމުން …