ކުއްލި ހަބަރު
ފުރަތަމަ ސަފުހާ / ހަބަރު / ހުއިފިލަނޑާ އާލާކުރުމުގެ މަސައްކަތްކުރުމަށް ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

ހުއިފިލަނޑާ އާލާކުރުމުގެ މަސައްކަތްކުރުމަށް ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

ފޮޓޯ: އިބްރާާހިމް ޝިހާމް
ފޮޓޯ: އިބްރާާހިމް ޝިހާމް

“މެރިކަލްޗަރ އެންޓަރޕްރައިޒް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް”ގެ ދަށުން ލ. އަތޮޅު ހަތަރު ރަށެއްގައި ހުއިފިލަނޑާ އާލާކުރުމުގެ މަސައްކަތް ކުރުމަށް ދޫކުރާ ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.އެ މަޝްރޫއަކީ ފިޝަރީޒް މިނިސްޓްރީ އާއި އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓާ (އިފާޑް) ގުޅިގެން ހިންގާ މަޝްރޫއެކެވެ،އެ މަސައްކަތް ކުރުމަށް ހުޅުވާލާފައިވާ ހަތަރު ރަށަކީ ލ.މާބައިދޫ، ދަނބިދޫ، އިސްދޫ އާއި ކަަލައިދޫގައެވެ،މިހާރުވެސް އެ މަސައްކަތް ކުރަމުންދާ ދަނބިދޫ އަދި ކަލައިދޫ ގެ އިތުރުން އިސްދޫ އަދި މާބައިދޫ މި ހަތަރު ރަށުގެ ރައްޔިތުންނަށް މިކަމުގެ ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން އަންނަމަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަަލަށެވެ.

މިމަޝްރޫއުގައި ލ. އަތޮޅުން ޖުމްލަ 150 ފަރާތަށް ބައިވެރިވެވޭނެއެވެ. ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ، އަނެއްކާ ދެވަނަ ފަހަރަށް މިކަމަށް ހެދި ހުޅުވާލީ އިތުރު ޖާގަ އޮތުމުން ކަމަށެވެ.

ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ، މި މަސައްކަތް ކުރުމަށް ލޯނުގެ ގޮތުގައި ދޫކުރެވޭނީ ނަގުދު ފައިސާގެ ބަދަލުގައި ލޯނުގެ އަގަށްވާ މައިގަނޑު ތަކެތިކަމަށާއި، އޭގެ ތެރޭގައި މަސައްކަތް ފަށައިގަތުމަށް ބޭނުންވާ ކޮށިއެޅުމަށް ބޭނުންވާ ތަކެއްޗާއި ކުދި ހުއިފިލަނޑާ ކަމަށެވެ. މި  ލޯނު އަދާކުރުމަށް ހަމަޖެހިފައިވަނީ ނަގުދު ފައިސާއިންނެވެ.

މަސްދަރު: ވަގުތު ނޫސް

އާއި ބެހޭ އިބްރާހިމް ސިހާމް

މިވެސް ކިއުއްވާލައްވާ

ކުރީގެ މަސްހޫރު ކުޅުންތެރިންނާއެކު ދަނބިދޫ ފުޓްސަލް ދަނޑު ހުޅުވުން މިރޭ!

މިނިސްޓަރީ އޮފް ޔޫތް، އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަދި ހައްދުންމަތީ ދަނބިދޫ ކައުންސިލް ގުޅިގެން ދަނބިދޫގައި ތަރައްޤީ ކުރި ޒަމާނީ …