ކުއްލި ހަބަރު
ފުރަތަމަ ސަފުހާ / ހަބަރު / ދަނބިދޫ މެޖިސްޓްރޭޓް ކޯޓު އިމާރާތް އެޅުމަށް ބަޔަކާއި ހަވާލުކޮށްފި

ދަނބިދޫ މެޖިސްޓްރޭޓް ކޯޓު އިމާރާތް އެޅުމަށް ބަޔަކާއި ހަވާލުކޮށްފި

ލ.ދަނބިދޫ މެޖިސްޓްރޭޓް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރުމަށްޓަކައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ މެޖިސްޓްރޭޓް ކޯޓް ޢިމާރާތް ކުރުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ.

މި ރަސްމިއްޔާތު އޮތީ އިއްޔެ ލ.ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގައިއެވެ.

މިމަސައްކަތް ޙަވާލުކޮށްފައިވަނީ މައްސާހު ކޮންސްޓްރަކްޝަން  އާއެވެ. މައްސާހު ކޮންސްޓްރަކްޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖަރ ސާމިރު އަބޫބަކުރެވެ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ  ލ. އަތޮޅުގެ ކޯޓް އެޑްމިނިސްޓްރޭޓަރ މުޙައްމަދު ހަމީދެވެ.

ދަނބިދޫ ގައި ޢިމާރާތްކުރެވޭ މެޖިސްޓްރޭޓް ކޯޓް އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ ދަނބިދޫ މެޖިސްޓްރޭޓް ކޯޓް ގެ އިމާރާތް އެޅުމަށް ދަނބިދޫ ކައުންސިލުން ހަމަޖައްސަވައިދެއްވި  10000 އަކަފޫޓް ގެ ބިމެއްގައެވެ.

އާއި ބެހޭ އިބްރާހިމް ރަޝީދު

😂👊

މިވެސް ކިއުއްވާލައްވާ

ދަނބިދޫ- ކަލައިދޫ ކޯޒުވޭ އަކުން ގުޅާލުމަށް އެމްޓީސީސީ އާ ހަވާލު ކޮށްފި!

ލ.ދަނބިދޫ – ކަލައިދޫ ކޯޒްވޭ އަކުން ގުޅާލަން މޯލްޑްިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ލިމިޓެޑް (އެމްޓީސީސީ) އާއި ހަވާލުކޮށްފި އެވެ. …