ކުއްލި ހަބަރު

TimeLine Layout

December, 2023

  • 13 December

    ގިނަ އަދަދެއްގެ މުދަލާއެކު ބަސްމަލާ ބޯޓް ބެންމާދަނޑު ނެރުމައްޗަށް އަރައިފި!

    މާލެއިން ފުރައިގެން ލާމަށް ދަތުރުކުރަމުންދިޔަ ލ.ދަނބިދޫ ބަސްމަލާ ބޯޓް ބެންމާދަނޑު ނެރުން ވަންނަން އުޅުމުގެ ތެރޭގައި ނެރުމައްޗަށް އަރައިފި އެވެ. ގިނަ އަދަދެއްގެ މުދަލާއެކު ނެރުމައްޗަށް އެރިކަމަށް ލަފާކުރެވެނީ ހެނދުނު 6:15 ގެ ވަގުތެއްގައެވެ. ދަނބިދޫ ރައްޔިތުން މިވަގުތު ބަސްމަލާ ބޯޓްގަ ހުރި މުދާތައް ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންގެންދާަކަމަށް މައުލޫމާތު ލިބެ އެވެ. އަދި މުދާތައް ޑިންގީތަކުގައި ދަނބިދޫ އަށް ހުސްކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން! މިވަގުތު …

    އިތުރަށް ކިޔުމަށް
  • 9 December

    ހައްދުންމަތީ 3 ސްކޫލެއްގެ ކެޑޭޓުން ހުވާ ކުރުމުގެ ރަސްމިއްޔާތުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން ބައިވެރިވެއްޖެ!

    ހުވާ ކުރުމަށް ބޭއްވުނު ރަސްމިއްޔާތު ހައްދުންމަތީ ތިން ސްކޫލެއްގެ ކެޑޭޓުން ހުވާ ކުރުމުގެ ރަސްމިއްޔާތުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން ބައިވެރިވެއްޖެއެވެ. އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން ބައިވެރިވެފައި ވަނީ ލ.ފޮނަދޫގައި ހުންނަ ލ.އަތޮޅު ތަޢުލީމީ މަރުކަޒު ކެޑޭޓުންނާއި ލ. ގަމު ހަމަދު ބިން ޚަލީފާ އަލްޘާނީ ސްކޫލުގެ އިތުރުން ލ. ގަމު އިހައްދޫ ސްކޫލުގެ ކެޑޭޓުން ހުވާކުރުމުގެ ރަސްމިއްޔާތުގައެވެ. ލ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލުގައި ރޭ ކުރިއަށްދިޔަ މި …

    އިތުރަށް ކިޔުމަށް
  • 6 December

    ދަނބިދޫ ލޯމާފާނު ހޭންޑްބޯލް މުބާރާތް ހުކުރު ދުވަހުގެ ރޭ ފަށަނީ!

    ހައްދުންމަތި ދަނބިދޫ ކައުންސިލުން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ ދަނބިދޫ ލޯމާފާނު ހޭންޑްބޯލް މުބާރާތް 2023 މި މަހުގެ 8 ވަނަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ. ދަނބިދޫގެ އަންހެން ކަނބަލުންނަށް ހާއްސަ ކޮށްގެން ކުރިއައް ގެންދިއުމަށް ހަމަ ޖެހިފައިވާ މި މުބާރުގައި ބައިވެރި ވުމުގެ ފުރުސަތު މި މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ހަމަވެފައިވާ އިރު ޖުމްލަ 4 ޓީމަކުން ވަނީ މުބާރާތުގައި ބައިވެރިވެފަ އެވެ. …

    އިތުރަށް ކިޔުމަށް

October, 2023

  • 20 October

    ކުރީގެ މަސްހޫރު ކުޅުންތެރިންނާއެކު ދަނބިދޫ ފުޓްސަލް ދަނޑު ހުޅުވުން މިރޭ!

    މިނިސްޓަރީ އޮފް ޔޫތް، އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަދި ހައްދުންމަތީ ދަނބިދޫ ކައުންސިލް ގުޅިގެން ދަނބިދޫގައި ތަރައްޤީ ކުރި ޒަމާނީ ފެންވަރުގެ ފުޓްސަލް ދަނޑު ހުޅުވުމުގެ ރަސްމިއްޔާތު މިރޭ ބާއްވާގޮތަށް ހަމަ ޖެހިއްޖެ. ދަނބިދޫ ފުޓްބޯޅަ ދަނޑުން،އަދި އަތޮޅު ފެންވަރުގަ ވިދާލި ކުރީގެ މަސްހޫރު ގިނަ ކުޅުންތެރިންނާއެކު މިރޭގެ ބާއްވާ ރަސްމިއްޔާތު ފެށުމަށް ހަމަޖެހިފައިވަނީ 9ޖަހާއިރު ދަނބިދޫ ސްޕޯރޓްސް އެރީނާ ގައެވެ. މިރޭ ބައްދަލު ކުރާ ދެ ޓީމް މިރޭގެ …

    އިތުރަށް ކިޔުމަށް

February, 2023

  • 2 February

    ޤަވައިދުން ކަސްރަތު ކުރުން މުހިންމު!

    ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ކަސްރަތު ކުރުމުގެ ބޭނުމަކީ މީހާގެ ބަރުދަން ލުއިކުރުމާއި ހަށިގަނޑުގެ މަސްތައް ވަރުގަދަކޮށް، މީހާގެ ބާރުގަދަ ކުރުމެވެ. ނަމަވެސް ކަސްރަތު ކުރުމުން ލިބޭ ހަމައެކަނި ފައިދާއަކީ އެއީއެއް ނޫނެވެ. ގިނައިން ހެލިފެލިވެ އުޅެ، ގަވާއިދުން ކަސްރަތު ކުރުމަކީ، އިންސާނާ ތަފާތު ބަލިމަޑުކަކުން ސަލާމަތްވެ، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ ބިންގަލެއް ވެސް މެ އެވެ. ދުޅަހެޔޮ ސިއްހަތެއްގައި ދުނިޔޭގައި ގިނަ ދުވަހު ހުރުމަށް ގަވާއިދުން ކަސްރަތު ކުރުން …

    އިތުރަށް ކިޔުމަށް

January, 2023

  • 22 January

    ދަނބިދޫ- ކަލައިދޫ ކޯޒުވޭ އަކުން ގުޅާލުމަށް އެމްޓީސީސީ އާ ހަވާލު ކޮށްފި!

    ލ.ދަނބިދޫ – ކަލައިދޫ ކޯޒްވޭ އަކުން ގުޅާލަން މޯލްޑްިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ލިމިޓެޑް (އެމްޓީސީސީ) އާއި ހަވާލުކޮށްފި އެވެ. މިއަދު އެ މިނިސްޓްރިީގައި ބޭއްވި ރަސްމިއްޔާތުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓާރ ޖެނެރަލް ޝަނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ. ދަނބިދޫ- ކަލައިދޫ ކޯޒުވޭޭ މި މަޝްރޫއުއަށް 155.9 މިލިއަން ރުފިޔާގެ ހަރަދު ވާއިރު 550 ދުވަހުގެ ތެރޭގައި މަސައްކަތް …

    އިތުރަށް ކިޔުމަށް

January, 2022

  • 21 January

    ދަނބިދޫގައި ކޮވިޑް ފެތުރެނީ! މިހާތަނަށް ޖުމްލަ ނުވަ މީހަކު ފައްސިވެއްޖެ!

    ލ.ދަނބިދޫ މި މަހުގެ 12 ވަނަދުވަހު ކޮވިޑުގެ އަލާމާތްތައް ހުރެގެން ނެގި ސުންކުގެ ނަތީޖާއިން ރަށުން މީހަކު ފައްސި ވުމާ ގުޅިގެން އޭގެ ފަހުން ކޮވިޑުގެ އަލާމާތްތައް ހުރެގެން އިތުރު ހަ ފަރާތެއް ފައްސިވެ އިތުރަށް ނެގި ސުންކުތަކުން މިރޭ ތިން ފަރާތެއްވަނީ ފައްސިވެފަ! މިހާތަަނަށް ދަނބިދޫން ޖުމްލަ ނުވަ ފަރާތެއް ފައްސިވެފާ ވާކަމަށް ދަނބިދޫ ކައުންސިލް އިން މައުލޫމާތުދެއެވެ. މިވަގުތު ކަރަންޓީން ކުރެވިފައިވާ ގެތަކުގެ ލިސްޓް އަދި މީގެ …

    އިތުރަށް ކިޔުމަށް
  • 19 January

    ޑިޕްރެޝަން ހުންނަ މީހަކަށް އެހީ ވާނީ ކިހިނެތް؟

     ބަލި ހުންނަ ދުވަސްވަރު ބަލި މީހާ އެކި ތަފާތު ވާހަކަތައް ދެއްކުން އެކަށޭނައެވެ. ނަމަވެސް އެމީހުން ދައްކާ ވާހަކައަށް ރައްދު ދީ، “ތިފަދަ އެއްޗިހި ބުނާކަށް ނުވާނެ” އޭ ފަދަ ޖަވާބުތައް ނުދިނުމަށް ސަމާލުވާންވާނެއެވެ. އެހެން ހެދުމުން ބަލި މީހާއަށް ކުރެވޭ އިހްސާސްތަކަކީ އޭނާއަށް ކުރެވިގެން ނުވާނޭ އިހްސާސްތަކެއް ކަމަށް ވިސްނޭނެއެވެ. އަދި ބަލި މީހާގެ އިހްސާސްތައް ދަންނަ މީހަކު ނެތް ކަމަށް ހީވެ އެކަނިވެރިކަން އިހްސާސްކުރެވި އިތުރަށް ކަންބޮޑުވުމާއި …

    އިތުރަށް ކިޔުމަށް

May, 2021

  • 26 May

    ދަނބިދުއަށް އުދަ އަރަނީ

    މިހާރު ރާއްޖެއަށް ކުރަމުން މިދާ ހުޅަނގު މޫސުމީ ވިއްސާރާގައި މޫސުން ގޯސްވެ ކަނޑު ގަދަވުމުގެ ސަބަބުން، ލ.ދަނބިދުއަށް އުދަ އަރަމުން އެބަދެއެވެ. ރަށުން ދަނބިދޫ.ކޮމް އާއި ވާހަކަދެއްކި ފަރާތަކުން މަޢުލޫމާތު ދިންގޮތުގައި، ރަށުގެ ހުޅަނގު ފަރާތުން އުދަ އަރައި ރަށުގެ އަތިރިމައްޗާއި ރަށުގެ ބޮޑުތަކުރުފާނު މަގުގައި ވަނީ ވަރަށް ބޮޑަށް ފެން ބޮޑުވެފައެވެ. މީގެ އިތުރުން ރަށުގެ ބައެއް ގޯތިތެރެއަށް ލޮނުގަނޑު ވަދެފައިވާކަމަށް އެފަރާތުން މަޢުލޫމާތު ދީފައިވެއެވެ. އުދަ އަރަމުންދާ …

    އިތުރަށް ކިޔުމަށް
  • 17 May

    އަލަށް އިންތިޚާބު ވެވަޑައިގެންނެވި ދަނބިދޫ ކައުންސިލްގެ މެންބަރުން ހުވާކުރައްވައިފި!

    ކައުންސިލްގެ 5 މެންބަރ މިއަދު ހެނދުނު 10:30 ގައި ދަނބިދޫ ސްކޫލުގައި ބޭއްވި ދަނބިދޫ ކައުންސިލަރުން ހުވާކުރުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުން އިޤްރާރުވުމުގެ ދަރުބާރުގައި ޤުރްއާންގެ ބަރަކާތުން ފައްޓަވައި ދެއްވީ ދަނބިދޫ ކައުންސިލްގެ އެޑްމިނިސްޓުރޭޓިވް އޮފިސަރ ފާތިމަތު ހަމްދާއެވެ. މިދަރުބާރު ތަޢާރުފް ކޮށްދެއްވީ ލ. ދަނބިދޫ ކައުންސިލް އިދާރާގެ ވަގުތީ ސެކްރެޓަރީ ޖެނަރަލް އިބްރާހިމް ރަޝީދެވެ. ކައުންސިލް މެންބަރުންނަށް ހުވައި ލައިދެއްވީ ލ.މާބައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް …

    އިތުރަށް ކިޔުމަށް