ކުއްލި ހަބަރު
ފުރަތަމަ ސަފުހާ / ހަބަރު / ދަތުރު ފަތުރުގެ ނިޒާމު

ދަތުރު ފަތުރުގެ ނިޒާމު

 

14 November 2011

ދަތުރު ފަތުރުން މީހުން އުޅޭ ހުރިހާ ރަށެއް ގުޅާލުމަށްޓަކައި މެދު ދެކުނުޕްރޮވިންސް (ލާމު އަތޮޅާއި ތާ އަތޮޅު ) ށް އެއްގަމާއި ކަނޑުގެ ފެރީގެ ހިދުމަތް ދިނުމަށް ޓަކައި 07 އޮގަސްޓް 2009 ވީ ހުކުރު ދުވަހު ދޯނި ސަރވިސް އިން އެގްރީމެންޓް ގައި ސޮއި ކުރުމާއި ގުޅިގެން މި ދެ އަތޮޅުގެ ހުރިހާ ރައްޔިތުން ވެސް ތިބީ އުފަލުން ފޮޅިފައެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ކުރިން ބޮޑު އަގުގައި އެމް.ޓީ.ސީ.ސީ އިން ދެމުން ދިޔަ ހިދުމަތް ވަރަށް ކުޑަ އަގަކަށް ( 10ރުފިޔާ ) ކުރެވޭނެ މަގު ތަނަވަސް ވީއެވެ. ލާމު އިސްދޫ ނުވަތަ މާވަށު ގައި ހުންނަ މީހަކު ހެނދުނު ފެރީއިން ގޮސް ކައްދޫ ނުވަތަ ފޮނަދޫގެ ރެސްޓޯރަންޓަކުން ކާލައިގެން ހަވީރު ފެރީން ރަށަށް އާދެވޭނެ މަގު ތަނަވަސް ވީއެވެ.

ނަމަވެސް ހިދުމަތް ފަށައިގަތުމުން އުޖާލާވެފަވާ ރައްޔިތުންގެ މޫނުތަކަށް މާޔޫސްކަން ވެރިވާން ފެށިއެވެ. ދޭ ހިދުމަތުގެ ފެންވަރު ދަށް ކަމުންނެވެ. 01:30 މިނެޓަށްވުރެ ދިގު ދަތުރުތަކުގަ ވެސް ގިނަ ފަސިންޖަރުން އިށީނދެލާނެ ތަންކޮޅެއް ނެތި ކޮޅަށް ތިބެންޖެހި ދެ ދުވަހުން އެއްދުވަހު ތާ ނުވަތަ ލާމު ކޮންމެވެސް ފެރީ އެއްގެ އިންޖީނަށް ދިމާވާ މައްސަލަތަކުން އެއިން ދަތުރުކުރާ ފަސިންޖަރުންނަށް އެތަށް ދަތިތަކަކާއި ކުރިމަތިވެއެވެ. ފެރީތަކަށް ތެޔޮއެޅުމަށް ދަރަންޏަށް ތެޔޮ ދޫކުރާ ފަރާތްތަކަށް ލާރި ނުދޭތީވެ އެފަރާތް ތަކުން ތެޔޮ ނުދޫކުރުމުގެ ސަބަބުން ވެސް ބައެއް ދުވަސްދުވަހު ގެ ފެރީތަށް ކެންސަލް ވެއެވެ. އަދި ހަމައެހެންމެ ދޯނި ސަރވިސް ގެ މުވައްޒަފުންގެ ޝަކުވާ ވެސް ވަކި ކުޑައެއް ނޫނެވެ. މަސް ނިމިގެން އަނެއްމަހުގެ ފަހުކޮޅަށް ދާއިރު އާއި ބައެއް މުވައްޒަފުންނަށް އެއްވެސް ގޮތަކަށް މުސާރަ ނުދޭކަމުގެ ޝަކުވާ އެވެ.

ދޯނި ސަރވިސް އަށް ނުރުހުމާއި އެކު ކަޅިއަޅާލަ އަޅާލަ ތިބޭ މީހުންގެ ލިސްޓަށް ދަނީ ދުވަހެއް ދުވަހަކަށް ނަންތައް އިތުރުވަމުންނެވެ. މިހާރު ވެސް ދޯނި ސަރވިސްގައި މިދިޔަ އަހަރާއި އޭގެ ކުރީ އަހަރު މަސައްކަތް ކުރި ސުޕަވައިޒަރ އަކަށް 48000 ށް ވުރެ ގިނަ ދިވެހި ރުފިޔާ ދޯނި ސަރވިސް އިން ދޭން ޖެހެއެވެ. އަދި ދޯނިސަރވިސްގެ މާލެ އަށް ދަތުރުކުރާ ފެރީ ގެ އެންމެ ފަހު ދަތުރަށް ތެޔޮއެޅުމަށް ޓަކައި މުވައްޒަފެއްގެ އަތުގައި ހުރި މާބައިދޫ މީހެއްގެ 3000 ރުފިޔާ އާއި އިސްދޫ މީހެއްގެ 2000 ރުފިޔާ ވަނީ މާލެ ދިއުމުން އެ ފައިސާ އަނބުރާ ދޯނި ސަރވިސްގެ އޮފީހުން ލިބޭނެ ކަމަށް ބުނެ އެ ފައިސާ ވެސް ބޭނުންކޮށްފައެވެ. ނަމަވެސް މި މުވައްޒަފު ދޯނިސަރވިސް ގެ އޮފީހަށް ދިއުމުން ވަނީ ( އިންތި ) އެފައިސާ އަދި ދެވެންނެތް ކަމަށް ބުނެފައެވެ. މިފަދަ އެތައް އެތައް މައްސަލަތަކެއް ހުރިއިރު ގިނަ މުވައްޒަފުންތަކެއް ކޮށްފަވާ މަސައްކަތުގެ ހަލާލު ލާރިކޮޅު ގެ އިންތިޒާރުގައި އެބަތިއްބެވެ.

ގަން ފޮނަދޫގައި ދާދި މިދާކަށް ދުވަހު ފެށިގެން ދެމުންގެންދާ އެއްގަމު ފެރީގެ ހިދުމަތް ވެސް ކުރިއަށް ދަނީ އަމާ ބުނީތީ ފަރަށް ދާ އުސޫލުންނެވެ. ބަސްސޮޓޮޕް ތަކެއް ކަނޑައެޅިފައި ނެތް އިރު ހިދުމަތް ދިނުމަށް ބޭނުންކުރާ ވެހިކަލް ކުޑަވެފައި މީގެ ހާލަތުވެސް އެހާ ދަށެވެ. އޭސީ ތައް ބޭނުންނުކުރެވޭ ވަރުވެފައިވުމުން ކުދި ކުދި ފަންކާ ތަކެއް ހަރުކޮށްގެން ހިދުމަތް ދެމުންގެންދާއިރު މި ވެހިކަލް ގެ އިންޖީނަށް ވެސް ދެދުވަހުން އެއްދުވަހު އަންނަނީ މައްސަލަތައް ދިމާވަމުންނެވެ. ކަންމިހެން އޮތުމުން މެދު ދެކުނުޕްރޮވިންސް ގެ ދަތުރުފަތުރުގެ މުސްތަގްބަލް ފެންނަން އޮތީ ވަރަށް ބަނަކޮށެވެ.

މި ލިޔުމުގައި މިވާ މައުލޫމާތު ތަކަކީ ސީދާ އެ ހާދިސާ ތައް ދިމާވެފައިވާ ފަރާތްތަކުން ދީފައިވާ ހަގީގީ މައުލޫމާތެވެ.

 

 

އާއި ބެހޭ އިބްރާހިމް ރަޝީދު

😂👊

މިވެސް ކިއުއްވާލައްވާ

ދަނބިދޫ އިންޖީނުގޭ ގައި އަލިފާނުގެ ހާދިސާއެއް ހިނގައި ރަށުން ކަރަންޓު ކެނޑިއްޖެ!

މިރޭ ދަނބިދޫ އިންޖީނުގޭގައި ބޭނުން ކުރަމުން އަންނަ ދެ ޖެއިންޖީނުގައި އަލިފާނުުުުގެ ހާދިސާ އެއް ހިނގައި ރަށުން ކަރަންޓު ކެނޑިއްޖެ, …

Leave a Reply

Your email address will not be published. Required fields are marked *