ކުއްލި ހަބަރު
ފުރަތަމަ ސަފުހާ / ހަބަރު / މާރޗް 20ގައި ލ.ދަނބިދޫ ބަނދަރު ހަދަން ފަށަނީ

މާރޗް 20ގައި ލ.ދަނބިދޫ ބަނދަރު ހަދަން ފަށަނީ

 

ހައުސިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ސޮއިކޮށްފައި ވަނީ އުތީމުގެ އިތުރުން ލ. ދަނބިދޫ އަދި ލ. މާވަށުގެ ބަނދަރު ހެދުމުގެ އެއްބަސްވުމުގަ އެވެ.

ލ. ދަނބިދޫގައި މިހާރު އޮތް ބަނދަރު ހަލާކުވެފައި ވާތީ އެ ރަށުގައި އަލުން ހެދުމަށް ހަމަޖެހިފައިވާ 450 ފޫޓް ދިގު، 250 ފޫޓް ފުޅާ ބަނދަރުގެ މަސައްކަތް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް، 29.7 މިލިޔަން ރުފިޔާގެ އަގަކަށް ހަވާލުކޮށްފައި ވަނީ އެމްޓީސީއާ އެވެ. އެ މަސައްކަތުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޑރ. އަހުމަދު އާދްހަމް އަބުދުﷲ އެވެ. އެ ބަނދަރުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ މާޗް 20 ގަ އެވެ.

އާއި ބެހޭ އިބްރާހިމް ރަޝީދު

😂👊

މިވެސް ކިއުއްވާލައްވާ

ދަނބިދޫ އިންޖީނުގޭ ގައި އަލިފާނުގެ ހާދިސާއެއް ހިނގައި ރަށުން ކަރަންޓު ކެނޑިއްޖެ!

މިރޭ ދަނބިދޫ އިންޖީނުގޭގައި ބޭނުން ކުރަމުން އަންނަ ދެ ޖެއިންޖީނުގައި އަލިފާނުުުުގެ ހާދިސާ އެއް ހިނގައި ރަށުން ކަރަންޓު ކެނޑިއްޖެ, …

Leave a Reply

Your email address will not be published. Required fields are marked *