ކުއްލި ހަބަރު
ފުރަތަމަ ސަފުހާ / ހަބަރު / ދަނބިދޫ ސްކޫލުގައި ކާބޯތަކެތީގެ މައުރަޒެއް ބާއްވައިފި

ދަނބިދޫ ސްކޫލުގައި ކާބޯތަކެތީގެ މައުރަޒެއް ބާއްވައިފި

08 ޖޫން 2013 ވީ ހޮނިހިރު ދުވަހު ( މިއަދު ) ދަނބިދޫ ސްކޫލްގެ ސްޓޫޑެންޓްސް އެސޯސިއޭޝަނުގެ ފަރާތުން ބެލެނެވިރިންނާއި އާންމުންނަށް ހުޅުހުވާލައިގެން ކާބޯތަކެތީގެ މަޢުރަޒެއް ބާއްވައިފިއެވެ. ހެނދުނު 09:00 ން ފެށި މި މައުރަޒު މިއަދު ހަވީރު 05:30 އާއި ހަމައަށް ކުރިއަށް ދާ މި މައުރަޒުގައި އެންމެ ޕޮޕިއުލާރ ސްޓޯލެއް ހޮވުމަށް ވޯޓުލުމުގެ ފުރުސަތުވެސް ހުޅުވާލެވިފައިވެއެވެ.

އަދި މި މައުރަޒާއި އެކު ހުރިހާ އުމުރުފުރާތަކަކަށް ބައިވެރިވެވޭ ގޮތަށް ކުޅިވަރު ސްޓޯލްތަކެއްވެސް ކުރިއަށް އެބަދެއެވެ. މީގެތެރޭގައި ވީޑިއޯ ގޭމާއި ބޯވްލިން، ފުޓް ވޮލީ ފަދަ ކުޅިވަރުތައް ހިމެނެއެވެ. އަދި ރުފިޔާގުޅި އަކީވެސް އެންމެންގެ މެދުގަ ވަރަށްބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމެކެވެ. ރުފިޔާ ގުޅީގަ ހުރި އަދަދު ހިތުލަފައަށް ދިމާކުރާ މީހަކަށް ގުޅީގަ ހުރި ހުރިހާ ރުފިޔާއެއް ދޭގޮތަށް ވަނީހަމަޖެހިފައެވެ. މި ރުފިޔާގުޅި ގުނުން ކުރިއަށް ދާނީ މައުރަޒު ނިންމާލުމަށްފަހު 05:30 ގައެވެ.

އާއި ބެހޭ އިބްރާހިމް ރަޝީދު

😂👊

މިވެސް ކިއުއްވާލައްވާ

ގޯލްޑެން ފުޓްސަލްގެ ގައި ބައިވެރިވާ ދަނބިދޫ ފުޓްސަލް ޓީމަށް ޝާހް އެހީތެރިކަން ފޯރުކޮށްދީފި!

ގޯލްޑެން ފުޓްސަލް ޗެލެންޖް -2024 ގައި ބައިވެރިވާ ދަނބިދޫ ފުޓްސަލް ޓީމަށް ދަނބިދުއަށް އުފަން އިބްރާހިމް ޝާހް ކުޅިވަރުގެ ނަމުން …