ކުއްލި ހަބަރު
ފުރަތަމަ ސަފުހާ / ހަބަރު / އަލަށް އިންތިޚާބު ވެވަޑައިގެންނެވި ދަނބިދޫ ކައުންސިލްގެ މެންބަރުން ހުވާކުރައްވައިފި!

އަލަށް އިންތިޚާބު ވެވަޑައިގެންނެވި ދަނބިދޫ ކައުންސިލްގެ މެންބަރުން ހުވާކުރައްވައިފި!

 

ފޮޓޯ: ދަނބިދޫ ކައުންސިލް މެންބަރުން ހުވައި ކުރައްވަނީ.

މިއަދު ހެނދުނު 11:00 ގައި ދަނބިދޫ ސްކޫލުގައި ބޭއްވި ހުވާކުރެއްވުމުގެ ދަރުބާރު ޞަލަވާތުގެ ބަރަކާތުން ފައްޓަވައި ދެއްވީ ދަނބިދޫ މުދިމު އަލްފާޟިލް އުމަރު ޔޫސުފްވެ. މިދަރުބާރު ތަޢާރުފް ކޮށްދެއްވީ ލ. ދަނބިދޫ ކައުންސިލް އިދާރާގެ ސީނިއަރ ޕްލޭނިންގ އޮފިސަރ އަބުދުއްލަތީފް މުޙައްމަދު އެވެ.

ކައުންސިލް މެންބަރުންނަށް ހުވައި ލައިދެއްވީ ދަނބިދޫ މެޖިސްޓްރޭޓްގެ އިސް ގާޒީ އަލްއުސްތާޛް އަޙްމަދު ޝަރީފްއެވެ. ހުވާ ކުރެއްވުމަށްފަހު ހުވައިގެ އިޤްރާރުގައި ހުރިހާ މެމްބަރުން ސޮއި ކުރެއްވި އެވެ.

ދަނބިދޫ ކައުންސިލްގެ ތިންވަނަދައުރަށް އިންތިޚާބުވެފައިވަނީ:

  • އަލްފާޟިލްޙުސެއިން ފަޒީލް އަލިވާ ލ.ދަނބިދޫ (ޕީޕީއެމް).
  • އަލްފާޟިލް އަޙުމަދު ޝަރީފް ދެރަހާ ލ.ދަނބިދޫ (އަމިއްލަ).
  • އަލްފާޟިލް ޙުސައިން އަޝްރަފް ކަނީރުމާގެ ލ.ދަނބިދޫ (އެމްޑީޕީ).

ޤައުމީސަލާމުން ނިމުނު މިރަސްމިއްޔާތުގައި ،ދަނބިދޫ ކައުންސިލްގެ ވޭތުވެ ދިޔަ ދައުރުގެ މެންބަރުންނާއި، ސަރުކާރު އޮފީސްތަކުގެ މުވައްޒަފުންނާއި، އަލަށް އިންތިޚާބުވި މެމްބަރުންގެ ޢާއިލާ މެންބަރުންނާއި ބައެއް ޢާންމުން ބައިވެރިވިއެވެ.

އާއި ބެހޭ އިބްރާހިމް ސިހާމް

މިވެސް ކިއުއްވާލައްވާ

ދަނބިދުއަށް އުފަން މުޅި ރާއްޖެ ފަޚުރުވެރިވާ ދަރިއެއް އޭރުގެ ޖަމާޢަތުގެ ސިއްޙީ އެހީތެރިއާ ޙަސަން މޫސާ

ފޮޓޯ:ސިހާމް އަޅުގަނޑު ޚާއްޞަ ކޮށްމިލަނީ އެ ބޭފުޅަކަށްޓަކައި އަޅުގަނޑު ފަޚުރުވެރިވާ ލ.ދަނބިދުއަށް ުުއުފަން ޖަމާޢަތުގެ ސިއްޚީ އެހީތެރިޔާ ޙަސަން މޫސާ …

Leave a Reply

Your email address will not be published. Required fields are marked *