ދަނބިދޫ ސްކޫލްގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގެ ތެރެއިން – ވަގުތު އިމޭޖްސް : އިބްރާހިމް ޝާބިލް
ދަނބިދޫ ސްކޫލްގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގެ ތެރެއިން – ވަގުތު އިމޭޖްސް : އިބްރާހިމް ޝާބިލް

(‎ލ.ދަނބިދޫ) މިރަށު ސުކޫލްގެ މިދިޔަ އަހަރުގެ އެންމެ މޮޅު ދަރިވަރަކަށް އަަމާނީ އަހުމަދު ހޮވިއްޖެއެވެ.

މިރޭ ދަނބިދޫ ސްކޫލް ހޯލުގައި ބޭއްވި ޖަލްސާގައި ލ.އަތޮޅު މަދަރުސާގެ ޕްރިންސިޕަލް ޝަރީފާ އަބްދުﷲ އާއި އިސްދޫ ދާއިރާ މެންބަރު އަހުމަދު ރަޝީދު އިބްރާހިމާއި، ރަށުގެ ކައުންސިލް މެންބަރުންނާއި، ބައެއް މުއައްސަސާތަކުގެ އިސްވެރިންނާއި، މިރަށު ސްކޫލާއި އެހެން ރަށްރަށުގެ ސްކޫލްތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ދަނބިދޫ ސްކޫލްގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގެ ތެރެއިން – ވަގުތު އިމޭޖްސް : އިބްރާހިމް ޝާބިލް
ދަނބިދޫ ސްކޫލްގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގެ ތެރެއިން – ވަގުތު އިމޭޖްސް : އިބްރާހިމް ޝާބިލް

‎މި ޖަލްސާގައި ވޭތުވެދިޔަ އަހަރު ނަތީޖާއަށް ބަލައި، ޖެނެރަލް ޕްރޮފެސަންސީ، އޮނަލިސްޓެޑް އެވޯޑް، ސަބްޖެކްޓް ޕްރައިޒް، ކްލާސް ޕްރައިޒް، ކްލާސް ޕްރޮގްރެސް ޕްރައިޒް ފަދަ ވަނަތަކަށް ހޮވުނު ދަރިވަރުންނަށް އިނާމާއި ސެޓްފިކެޓް ވަނީ ދީފައެވެ.

‎މި ޖަލްސާގެ ތެރެއިން މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާން ތަކުން ފަސް މާއްދާއަށްވުރެ ގިނަ މާއްދާތަކުން ފާސްވެ އެންމެ މޮޅު ހަތަރު ދަރިވަރުންނަށް ވެސް ޓްރޮފީ އާއި ސެޓްފިކެޓް ވަނީ ހަވާލުކޮށްފައެވެ.

ދަނބިދޫ ސްކޫލްގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގެ ތެރެއިން – ވަގުތު އިމޭޖްސް : އިބްރާހިމް ޝާބިލް
ދަނބިދޫ ސްކޫލްގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގެ ތެރެއިން – ވަގުތު އިމޭޖްސް : އިބްރާހިމް ޝާބިލް

‎މިރޭގެ ޖަލްސާގެ ތެރެއިން ހަތަރު ޓީޗަރަކަށް ވަނީ އެ ޓީޗަރުން މިދިޔަ އަހަރުގެ އޯލެވެލް ހަތަރު މާއްދާއަކުން 10 އިންސައްތަގެ ކުރިއެރުމެއް ހޯދުމަށް ކުރި މަސައްކަތުގެ އަގު ވަޒަންކޮށް ޝީލްޑާއި ސެޓްފިކެޓް ހަވާލުކޮށްފައެވެ.

މިރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ޝަރަފްވެރި މެހުމާން ލ.އަތޮޅު މަދަރުސާގެ ޕްރިންސިޕަލް ޝަރީފާ އަބްދުﷲ ވަނީ، ސްކޫލް ދަރިވަރުން ކާމިޔާބު ހޯދުމަށް ގަދައަޅާ މަސައްކަތް ކުރުމަށް ނަސޭހަތްތެރިވެފައެވެ. އަދި ދަރިވަރުން ކާމިޔާބަށް ވާސިލްވުމަށް ބެލެނެވެރިންނާއި ޓީޗަރުން ކޮށްދޭންވީ ކަންތައްތަކާއި، ކޮށްދެެއްވަމުންގެންދަވާ ކަންތައްތަކަށް އަލިއަޅުވާލައްވާ ވަނީ ވާހަަކަދައްކަވާފައެވެ.

މަސްދަރު: ވަގުތު ނޫސް