ކުއްލި ހަބަރު
ފުރަތަމަ ސަފުހާ / ހަބަރު / އަލްޚާ ޢީދު ފާހަގަކުރުމަށް ބާއްވާ ބައްދަލުވުން މިރޭ!

އަލްޚާ ޢީދު ފާހަގަކުރުމަށް ބާއްވާ ބައްދަލުވުން މިރޭ!

1440 ވަނަ އަހަރުގެ އަލްޚާ ޢީދު ފާހަގަ ކުރުމަށް ބާއްވާ ބައްދަލުވުން މިރޭ އޮންނާނެ ކަމަށް ދަނބިދޫ ކައުންސިލް އިން ބުނެފިއެވެ. މިރޭ 08:30 ގައި ބައްދަލުކުރުން އޮންނާނީ ދަނބިދޫ ކައުންސިލް އިދާރާ ކުރިމަތީގައި ހުންނަ އަނބުގަސްދަށުގައެވެ.

އަލްޚާ ޢީދު ކުލަގަދަކޮށް ރަށުފެންވަރުގަ ފާހަގަ ކުރުމަށް ބޭނުންވާތީ މި ބައްދަލުވުމުގައި ޢީދު ކޮމެޓީ އެކުލަވާލުން އޮންނާނެއެވެ. އަދި ރަށު ފުޓުބޯޅަ ދަނޑު އަދި ފުޓްސަލް ދަނޑާ ބެހޭގޮތުން މަސްވަރާކުރުން އޮންނާނެކަމަށް ދަނބިދޫ ކައުންސިލުން މަޢުލޫމާތު ދެއެވެ. މި ބައްދަލުވުމަށް ރަށުގެ ދެޖިންސުގެ ޒުވާނުން ވަޑައިގެންދެއްވުމަކީ ކައުންސިލް ގެ ވަރަށް ބޮޑު އެދުމެކެވެ.

ދަނބިދުއަކީ ތާރީޚީ ޘަޤާފަތުގައި ފާހަގަކޮށްލެވޭ އަދި ޒަމާނުންސުރެން ކުލަގަދަކޮށް ޢީދު ފަހަގަކުރާ ރަށެކެވެ. އެގޮތުން ފާހަގަކޮށްލެވޭ ހާއްސަ ކުޅިވަރު ތަކުގެތެރޭގައި ބިލެއްދަފި، ފިރިހެން އަދި އަންހެނުންގެ ބޭންޖެހުން، ބޮޑުބުޑި، ފޯރިގަދަ ސުޓޭޖް ޝޯ އަދި ބޮޑުމަސް ދުއްވުން ހިމެނެއެވެ.

އާއި ބެހޭ އިބްރާހިމް ސިހާމް

މިވެސް ކިއުއްވާލައްވާ

ދަނބިދޫ އިންޖީނުގޭ ގައި އަލިފާނުގެ ހާދިސާއެއް ހިނގައި ރަށުން ކަރަންޓު ކެނޑިއްޖެ!

މިރޭ ދަނބިދޫ އިންޖީނުގޭގައި ބޭނުން ކުރަމުން އަންނަ ދެ ޖެއިންޖީނުގައި އަލިފާނުުުުގެ ހާދިސާ އެއް ހިނގައި ރަށުން ކަރަންޓު ކެނޑިއްޖެ, …

އެއް ކޮމެންޓް

  1. ދަނބިދޫ މީހާ

    ސިހާމް ތިކުރަަށްވާާ މަސައްކަތަށް ހަމަ ސާބަަަަސް ދެން ރަށުގެ ހަބަރުުތައް ލިިބޭތީީ ވަރަށް އުފާވޭ

Leave a Reply

Your email address will not be published. Required fields are marked *