ކުއްލި ހަބަރު
ފުރަތަމަ ސަފުހާ / ހަބަރު / މާންދޫ ކްލަސްޓަރ: ދަނބިދޫން ދެމީހަކު ފައްސިވެ ޑައިރެކްޓް ކޮންޓެކުޓްވި ފަރާތްތައް އެންގުމަށް އެދިއްޖެ!

މާންދޫ ކްލަސްޓަރ: ދަނބިދޫން ދެމީހަކު ފައްސިވެ ޑައިރެކްޓް ކޮންޓެކުޓްވި ފަރާތްތައް އެންގުމަށް އެދިއްޖެ!

ލ. މާންދޫ ކްލަސްޓަރ: މާންދޫގަައި ވަޒީފާ އަދާ ކުރަމުންދާ ދަނބިދޫ ދެމީހުން ނެގި ސުންކު ފައްސިވެފައިވާތީ އެދެމީހުންނާ ޑައިރެކްޓް ކޮންޓެކުޓް ވި ފަރާތްތައް އެންގުމަށް އެދިއްޖެ އެވެ.

“ލ.މާންދުއިން 22 އޭޕްރީލް ވަނަ ދުވަހު ދަނބިދުއަށް ދަތުރު ކުރި ދެމީހުން (އަލަމާގެ އަދި ދޫރިޔާގެ) ނެގި ސުންކު ފައްސިވެފައި ވާތީ އެންމެންގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ. މިދެމީހުންނާ ޑައިރެކްޓް ކޮންޓެކުޓް ވެފައިވާ ފަރާތެއްވާނަމަ ވީއެންމެ އަވަހަކަށް ޞިއްޙީ މަރުކަޒް ނުވަތަ ދަނބިދޫ  ކައުންސިލަށް އެންގެވުން އެދެމެވެ. އަދި 23 އޭޕްރީލް ވަނަ ދުވަހު ހުކުރަށް ދިޔަ ފަރާތްތަކުގެ ތެރެއިން ކޮވިޑްގެ އެއްވެސް އަލާމާތެއް ހުރި މީހުން! އޭގެ އިތުރުން ޑައިރެކްޓް ކޮންޓެކުޓްވި އެއްވެސް ފަރާތެއް ހުރިނަމަ ލަސްނުކުރައްވާ އެކަން އެންގެވުން އެދެމެވެ.” ދަނބިދޫ ކައުންސިލުން ބުނެފައިވެއެވެ.

ދަނބިދޫން ކޮވިޑު- 19 އަށް ދެމީހަކު ފައްސިވުމާ، ގުޅިގެން ދަނބިދޫ ސްކޫލްގެ ކިޔެވުންވެސް މިއަދު ވަނީ މެދުކަނޑާލައިފައެވެ.

މާންދޫން ކޮވިޑް-19ގެ ކޭސްއެއް ފުރަތަމަ ފެނިފައި ވަނީ އޭޕްރީލް 23 ވަނަ ދުވަހުއެވެ. އެއާ އެކު މާންދޫ ވަނީ މޮނިޓަރިންގއަށް ލައިފައެވެ. އޭގެ ފަހުން މިމަހުގެ 24 ވަނަ ދުވަހުގެ ރޭ ގަމުން މި ކްލަސްޓަރއާ ގުޅުން ހުރި ކޭސްއެއް ފެނި، ގަމާއި ފޮނަދޫ ވެސް ވަނީ މޮނިޓަރިންގއަށް ލާފައެވެ. އޭގެ ފަހުން ރޭ ފޮނަދޫންވެސް ވަނީ ރޭގެ ވަގުތެއްގައި ދެމީހަކު ފައްސި ވެފައިވެއެވެ.

މާންދޫ ކްލަސްޓާގެ ޖުމްލަ އަދަދު މިހާރު ވަނީ 148 އަށް އަރާފައެވެ. އަދި ނަތީޖާ ނުލިބި 413 ސާމްޕަލް ވާކަމުގައި ގަމު ރީޖަނަލް ހޮސްޕިޓަލުން ބުނެފައިވެއެވެ.

އާއި ބެހޭ އިބްރާހިމް ސިހާމް

މިވެސް ކިއުއްވާލައްވާ

ދަނބިދޫގައި ކޮވިޑް ފެތުރެނީ! މިހާތަނަށް ޖުމްލަ ނުވަ މީހަކު ފައްސިވެއްޖެ!

ލ.ދަނބިދޫ މި މަހުގެ 12 ވަނަދުވަހު ކޮވިޑުގެ އަލާމާތްތައް ހުރެގެން ނެގި ސުންކުގެ ނަތީޖާއިން ރަށުން މީހަކު ފައްސި ވުމާ …