ކުއްލި ހަބަރު
ފުރަތަމަ ސަފުހާ / ހަބަރު / އިސްދޫ އާއި ދަނބިދޫގެ ކޯޒުވޭއިން ގުޅާލުމުގެ މަސައްކަތަށް އަލުން ހުޅުވާލައިފި

އިސްދޫ އާއި ދަނބިދޫގެ ކޯޒުވޭއިން ގުޅާލުމުގެ މަސައްކަތަށް އަލުން ހުޅުވާލައިފި

ލ. އިސްދޫ ދަނބިދޫ ކޯޒްވޭއަކުން ގުޅާލުމުގެމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ލ. އިސްދޫ ދަނބިދޫ ކޯޒްވޭއަކުން ގުޅާލުމުގެމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން މީގެ ކުރިން ކުރެވުނު އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާކަމަށާއި، އެހެންކަމުން މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލާކަމަށެވެ.

އެ މިނިސްޓްރީން ބުނީ މި ބީލަމުގައި ބައިވެރިވުމަށް 1500ރުފިޔާގެ ރީފަންޑަބަލް ރަޖިސްޓްރޭޝަން ފީ އެއް ދައްކަވަންޖެހޭނެކަމަށެވެ. އަދި އެފައިސާ ބަލައިގަންނާނީ މިއަދުން ފެށިގެން 19 ޖަނަވަރީ ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 13:30 އަށް އެ މިނިސްޓްރީންކަމަށެވެ.

އަދި އޭގެ އިތުރުން ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި  60,000 ރުފިޔާ ހުށަހަޅަން ޖެހޭނެކަމަށާއި، ބިޑް ސެކިޔުރިޓީގެމުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަސްކަމަށްވެސް އެ އިއުލާނުގައި ވެއެވެ. އަދި ޕާރފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓްގެ އަގުގެ ފަސް ޕަސެންޓްކަމަށްވެސް ވެއެވެ. އަދި އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓްގެ އަގުގެ 15 ޕަސެންޓް އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެކަމަށްވެސް ވެއެވެ.

އާއި ބެހޭ އިބްރާހިމް ރަޝީދު

😂👊

މިވެސް ކިއުއްވާލައްވާ

ގޯލްޑެން ފުޓްސަލްގެ ގައި ބައިވެރިވާ ދަނބިދޫ ފުޓްސަލް ޓީމަށް ޝާހް އެހީތެރިކަން ފޯރުކޮށްދީފި!

ގޯލްޑެން ފުޓްސަލް ޗެލެންޖް -2024 ގައި ބައިވެރިވާ ދަނބިދޫ ފުޓްސަލް ޓީމަށް ދަނބިދުއަށް އުފަން އިބްރާހިމް ޝާހް ކުޅިވަރުގެ ނަމުން …