ކުއްލި ހަބަރު
ފުރަތަމަ ސަފުހާ / ޓެކްނޮލޮޖީ / އެންޑްރޮއިޑް އޯ ގައި ފޯނު ހުޅުވަން ނަގާ ވަގުތު ދެބައި ކުޅަ އެއްބަޔަށް ކުޑަވާނެ

އެންޑްރޮއިޑް އޯ ގައި ފޯނު ހުޅުވަން ނަގާ ވަގުތު ދެބައި ކުޅަ އެއްބަޔަށް ކުޑަވާނެ

ފޯނު ހުޅުވަން ނަގާ ވަގުތަކީ ގިނަ މީހުނަށް މުހިންމު ނޫން ކަމަކަށް ވިޔަސް، ރޫޓުކޮށް ކަސްޓަމްސް ރޮމް އަޅާ ފަރާތްތަކަށް މިއީ ވަރަށް މުހިއްމު ކަމެކެވެ. މީގެ ކުރިން ނެރެފައިވާ އެންޑްރޮއިޑް ވާރޝަން ތަކުގައި ފޯނު ހުޅުވުން ލަސް ވިޔަސް އަލަށް ނެރުމަށް ޓެސްޓު ކުރަމުންދާ އެންޑްރޮއިޑް އޯ ގައި މިކަން ބަދަލު ކޮށްލާނެ ކަން ގޫގްލް އިން ވަނީ އިއުލާނު ކޮށްފައެވެ.

ގޫގްލް އިން މިކަން ހާސިލް ކުރަން އޮޕަރޭޓިންގް ސިސްޓަމައް ގެނައީ ކޮން ބަދަލެއްކަން ހާމަ ނުކުރިއަސް، ފޯނު ހުޅުވާ ސްޕީޑްގެ އިތުރުން. ފޯނުގައި ބޭނުންކުރާ އެޕްލިކޭޝަން ތަކުގެ ސްޕީޑްވެސް މި އަޕްޑޭޓާއިއެކު އަވަސްވާނެކަން ގޫގްލްއިން ވަނީ ހާމަ ކޮށްފައެވެ.

އާއި ބެހޭ އިބްރާހިމް ރަޝީދު

😂👊

2 ކޮމެންޓް

  1. އެންޑްރޮއިޑް ” އޯ ” އޭ މަށަށް ހީވަނީ އޯއެސް ހެން ރަނގަޅު ގޮތަކީ

    • އިބްރާހިމް ރަޝީދު

      އެންޑްރޮއިޑް އޯރިއޯ ވާރޝަން އައް ކުރުކޮށް ކިޔަނީ “އެންޑްރޮއިޑް އޯ”. ޢެވާހަކަ އަސްލު މީ.