ކުއްލި ހަބަރު
ފުރަތަމަ ސަފުހާ / ދުނިޔެ / ކުޅިވަރު / ސަންޑަލޭންޑް ބަލިކޮށް ގަދަ ހަތަރެއްގެ އުއްމީދު އާސެނަލްއިން އާކޮށްފި

ސަންޑަލޭންޑް ބަލިކޮށް ގަދަ ހަތަރެއްގެ އުއްމީދު އާސެނަލްއިން އާކޮށްފި

LONDON, ENGLAND – MAY 16: Alexis Sanchez of Arsenal celebrates scoring his sides second goal during the Premier League match between Arsenal and Sunderland at Emirates Stadium on May 16, 2017 in London, England. (Photo by Richard Heathcote/Getty Images)

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން ސަންޑަލޭންޑް ބަލިކުރުމަށްފަހު ލީގުގެ ގަދަ ހަތަރެކަށް އެރުމުގެ އުއްމީދު، އާސެނަލްއިންއާކޮށްފިއެވެ.

ރޭގެ މޮޅާއެކީ އާސެނަލް ވަނީ 72 ޕޮއިންޓާއެކީ، ލީގުގެ ފަސްވަނަ މަގާމަށްޖެހިލާފައެވެ. ލީގުގައި ބާކީ އާސެނަލްއަށް ދެން އޮތީ، އެންމެ މެޗެއްކަމަށްވާއިރު، ލީގުގެ ހަތަރަކުން،އާސެނަލްއަށްޖާގަލިބެންއޮތީ،ލީގުގެފަހު މެޗުން ލިވަޕޫލް އެއްވަރު ނުވަތަ ބަލިވެ، އާސެނަލްކުޅޭ މެޗުން އެޓީމު މޮޅުވެގެންނެވެ.

ލީގުގެ ހަތަރުވަނައިގައި ލިވަޕޫލް އޮތްއިރު، އެޓީމާއި އާސެނަލްއާ ދެމެދު، މިވަގުތު އިނީ އެންމެ ޕޮއިންޓެއްގެ ފަރަގެކެވެ.

ލީގުގެ ގަދަ ހަތަރަކުން ޖާގަ ނުލިބިއްޖެނަމަ، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން، އާސެނަލްއަށް ޖާގައެއް ނުލިބޭނެއެވެ.

އާސެނަލްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ، ފުރަތަމަ ހާފްގައިގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް، މި ހާފުގައި ގޯލްޖަހާނެ ގިނަފުރުސަތުތަކެއް، އާސެނަލް އިން ވަނީ ތަނަވަސްކޮށްފައެވެ. އެގޮތުން ޖިރޫޑްއާއި ރަމްސީ ފޮނުވާލި ހަމަލާތަށް، ރޭގެ މެޗުގައި މޮޅުކުޅުމެއް ދެއްކި، ސަންޑަލޭންޑްގެ ގޯލްކީޕަރު ޕިކްފޯޑް ވަނީދިފާއުކޮށްފައެވެ.

އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި ދެޓީމު އެއްވަރެއްގައި އޮވެ ފުރަތަމަ ހާފްނިމުނުނަމަވެސް ދެވަނަ ހާފްގައި އޮޒިލް ދިން ޕާހަކުން މެޗުގެ 72 ވަނަމިނެޓްގައި، އެލެކްސިސް ސަންޗޭޒް ވަނީ، ގޯލެއް ކާމިޔާބުކޮށް އާސެނަލްއަށްލީޑުނަގާދީފައެވެ. އަދި މެޗުގެ 81 ވަނަ މިނެޓްގައި،އާސެނަލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ ވެސް ސަންޗޭޒްއެވެ.

ރޭގެ މެޗުގައި ކާމިޔާބުކުރި ދެ ގޯލާއެކީ، ލީގުގައި ސަންޗޭޒް ކާމިޔާބުކުރިގޯލުގެ އަދަދު މިހާރު ވަނީ، 23 އަށް އަރާފައެވެ. އެހެންކަމުން ސަންޗޭޒްވަނީޕްރިމިއަރ ލީގުގެ ލަނޑު ލިސްޓުގެ ދެވަނައަށް އަރާފައެވެ.

އާއި ބެހޭ އިބްރާހިމް ރަޝީދު

😂👊

މިވެސް ކިއުއްވާލައްވާ

ކުރީގެ މަސްހޫރު ކުޅުންތެރިންނާއެކު ދަނބިދޫ ފުޓްސަލް ދަނޑު ހުޅުވުން މިރޭ!

މިނިސްޓަރީ އޮފް ޔޫތް، އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަދި ހައްދުންމަތީ ދަނބިދޫ ކައުންސިލް ގުޅިގެން ދަނބިދޫގައި ތަރައްޤީ ކުރި ޒަމާނީ …