ތާރީޚީ ރީތި ވިނަދަނޑެއް އޮންނަ ދަނބިދޫ ފުޓުބޯޅަ ދަނޑުގެ ވެލިގަނޑު ލެވެލް ކުރުމަށްޓަކައި ދަނޑަށް ވެލި އެޅުމުގެ މަސައްކަތް މިއަދު ކުރަމުން އެބަގެންދެއެވެ.
ދަނބިދޫ ކައުންސިލް އަދި އެމް.ޓީ.ސީ.ސީ އަދި ޒުވާނުން ގުޅިގެން ފުޓުބޯޅަ ދަނޑަށް ވެލި އެޅުމުގެ މަސައްކަތް މިފެށީ ދަނޑުގައި ފުޓުބޯޅަ ކުޅެން އުނދަގޫވެ ވިއްސާރަވެ ވަާރޭވެހިއްޖެނަމަ ދަނޑުގައި ފެން ހިނދެން ގިނަދުވަސް ވާތީވެ ދަނޑު ލެވެލް ކުރުމަށްޓަކައެވެ.
އަތޮޅު ފެންވަރުގެ ގިނަ މެޗް ތަކެެއް ކުޅެފައިވާ މި ދަނޑަކީ ލ. އަތޮޅުގައި އޮތް އެންމެ ރީތި ވިނަ ދަނޑު ލިސްޓުގެ ކުރީގައި ހިމެނޭނެ ދަނޑެއް ކަން ޔަގީނެވެ. އެންމެ ފުރަތަމަ މި ދަނޑުގައި ވިނަ އިންދީ އޭރުގެ ދަނބިދޫ ޒުވާނުންގެ ބުރަ މަސައްކަތުން ސައީދު (ހަކަތަ) އިސްނެގުމާއެކުގައެވެ.
އޭރުގެ ރަށަށް އަންނަ ކޮންމެ މެހުމާނަކުވެސް އެންމެ ފުރަތަމަ ލޮލުގައި އަޅައިގަންނަނީ މި ރީތި ވިނަ ދަނޑެވެ. އެތައް ރަށެއްގައި އިންދުމަށް މި ދަނޑުން ވިނަ ގެންގޮސްފައިވެއެވެ. އަޅުގަނޑުގެ ހަނދާނަށް އައީ މީގެ ފަނަރަ އަހަރުކުރިން އާދެ 2003 ވަނަ އަހަރު އޭރުގެ ރައީސް އަލްއުސްތާޛު މަޢުމޫން ޢަބުދުލް ޤައްޔޫމް ދަނބިދުއަށް ކުރެއްވި ދަތުރުފުޅެއްގައި އެވަގުތު މަރުހަބާ ކިޔަން ތިބި މިހުންނާ ސަލާމް ކުރަމުން ދަނިކޮށް ދަނޑު ފެނިގެން ގޮސް ވިނަގަނޑުގައި ފައިންޕުޅުޖައްސުވައި “މިއީ ޕުލާސްޓިކް ތޯއެެވެ. ހާދަ ރީއްޗޭ” މިހެން ބުނުއްވި އެވެ.
އަޅުގަނޑުމެންގެ އުންމީދަކީ އެފަދަ ރީތި ވިނަ ދަނޑެއްގައި ކުޅޭތަން ދެކުމެވެ. ރަށުގެ ފަޚުރަށްޓަކައެވެ. އަތޮޅުގައި މި ދަނޑަށް ލިބިފައިވާ ރީތިނަން ދެމެހެއްޓުމައްށެވެ. ދެން ހެދެން ވިނަގަނޑު ރީތިވެފައި ފުރިހަމަވާނެ ކަމަށް އުންމީދު ކުރަމެވެ.
އެއް ކޮމެންޓް
Pingback: ދަނބިދޫ ޒުވާނުންގެ އުންމީދު: ފުޓްބޯޅަ ދަނޑުގައި ކުޅެވޭނެ ގޮތްވުން! – ދަނބިދޫ.ކޮމް