
ރާއްޖޭގައި ބާއްވަމުން އަންނަ އެންމެ ގިނަދުވަސްވީ ފުޓްސަލް މުބާރާތް ކަމުގައިވާ ކުލަބް މޯލްޑިވުސްކަޕް މިއަހަރު ފަށާއިރު ޒުވާން ކޯޗު އާތިފް މުހައްމަދު (އާތި) މިމަހު ގައި ވަނީ މިމުބާރާތުގައި ބައިވެރިވާ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ ޕްރިޒަން ކްލަބުގެ ކޯޗުކަމާ ހަވާލުވެފައެވެ

އާތިފް މުހައްމަދު (އާތި) އަކީ ލ.އަތޮޅު ދަނބިދުއަަށް އުފަން މީހެކެވެ. ނަމަވެސް އާތި އަކީ މިހާރުވެސް ރާއްޖޭގައި ބާއްވާ ގައުމީ ފެންވަރުގެ ފުޓްސަލް މުބާރާތް ތަކުގައި ރެފްރީކަންވެސް ކުރަމުންދާ މީހެކެވެ. އާތި ރެފްރީ ކަމުގެ ތެރެއަށް ވަދެފައިވަނީ 2009 ވަނަ އަހަރު އެފް.އޭ.އެމް އިން ބޭއްވި ފުޓްސަލް ރެފްރީ ކޯހުންނެވެ.

އޭގެ ފަހުން 2010 ވަނަ އަހަރު އެފް.އޭ.އެމް އިން ބޭއްވި “ސީ” ލައިސަންސް ކޯސް ނިންމުމަށްފަހު ޕޮލިސް ކުލަބުގެ ފުޓުބޯޅަ އަދި ފުޓްސަލް ޓީމް ތަކުގައި ކޯޗިން ސްޓާފުންގެ ގޮތުގައި ހަރަކާތްތެރި ވިއެވެ.

އާތި އަކީ މޯލްޑިވްސް ޕޮލިސް ސާރވިސް ގައި މަސައްކަތް ކުރަމުން ދާ ހީވާގި މުވައްޒަފަކެވެ. އޭގެ ފަހުން 2012 ވަނަ އަހަރު ރާއްޖޭގައި ބޭއްވުނު ފުރަތަމަ އޭ.އެފް.ސީ ފުޓްސަލް ކޯޗިން ކޯހުގައި ބައިވެރިވެ ލައިސަންސް ޚާސިލް ކޮށްފައިވާ ރާއްޖޭގައި މިވަގުތު ތިބި މަދު ފުޓްސަލް ކޯޗުންގެ ތެރޭގައި ހިމެނޭ ކޯޗުވެސްމެއެވެ. އެގޮތުން ޖެހިގެން އައި 2013 ވަނަ އަހަރު ކުލަބް މޯލްޑިވްސްގެ ޕޮލިސް ކުލަބުގެ ފިރިހެން ފުޓްސަލް ޓީމްގެ ހެޑް ކޯޗުކަމަށް ހަމަޖެއްސިއެވެ. އަދި އޭގެ ފަހުން އާތި އައީ ޕޮލިސް ކުލަބުގެ އަންހެން ފިރިހެން ފުޓްސަލް ޓީމް ތަކުގައި މަސައްކަތް ކުރަމުންނެވެ. އާތި އެންމެ ފަހުން ޕޮލިސް ކުލަބުގައި މަސައްކަތް ކޮށްފައިވަނީ 2017 ވަނަ އަހަރު އެފް.އޭ.އެމް ޕްރެސިޑެންޓް ފުޓްސަލް މުބާރާތުގެ ސެމީފައިނަލްގައެވެ.

ހުސްވި 2018 ވަނަ އަހަރު އިންޓަރ ރިސޯޓް ފުޓްސަލް މުބާރާތުގައި އިރުސާދު ދީފައިވަނީ ކޮންރަޑް މޯލްޑިވްސްގެ ފުޓްސަލް ޓީމަށްށެވެ. އަދި އެފަހަރު އެޒޯންގެ ރަނަރަޕްކަން ހޯދައިފައިވަނީ ކޮންރަޑްއެވެ.

މިހާރު އާތިގެ އަމާޒަކީ ފުޓްސަލް ކޯޗިން ލެވެލްގަަަައިި މިިިިިހާރަަށްވުުރެ އުސް ހަރުފަތަށް ދިޔުމެވެ. އެހެންނަަަަމަވެސް މިިިވަގުތު އެންމެ އިސްކަމެއް ދޭންބޭނުން ވަނީ އެންމެ ފަހުން ހަވާލުވި ޕުރިޒަން ކުލަބް،މިއަހަރު ކުލަބް މޯލްޑިވްސްކަޕުގައި ރަނގަޅު ހިސާބަކަށް ގެންގޮސް ދިނުމެވެ. އަޅުގަނޑުމެން އެދެނީ އާތި ތިކުރާ މަސައްކަތަށް އައްސަރިބަހާ ސާބަސް ދެމުން އަދި އިތުރު ކާމިޔާބަށް އެދެމެވެ.





އާތިފް އަކީ އަޅުގަނޑުމެން ފަޚުރުވެރި ވާ ދަރި އެއް
ލިޔުންތެރިޔާ އަށް ބުނެލަން ބޭނުމީ އަދިވެސް އިތުރު ލިޔުންތައް ފެންނާނެ ކަމަށް އުންމީދުކުރަމޭ.
އާތި އަަށް ހަމަ ޝާބަސް