ކުއްލި ހަބަރު
ފުރަތަމަ ސަފުހާ / ހަބަރު / ގޯލްޑެން ފުޓްސަލް ޗެލެންޖް- 2024 ގައި ވާދަ ކުރާ ދަނބިދޫ ސްޕޯޓްސް ކްލަބުގެ ކޯޗަކަށް އާކޭ ހަމަ ޖައްސައިފި!

ގޯލްޑެން ފުޓްސަލް ޗެލެންޖް- 2024 ގައި ވާދަ ކުރާ ދަނބިދޫ ސްޕޯޓްސް ކްލަބުގެ ކޯޗަކަށް އާކޭ ހަމަ ޖައްސައިފި!

ކޯޗް އާކޭ އަދި މިރްސާލު އާރިފް

ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް ގޯލްޑެން ފުޓްސަލް ޗެލެންޖް-2024 ގައި ބައިވެރިވާ ދަނބިދޫ ސްޕޯޓްސް ކުލަބުގެ ކޯޗްއަކަށް ކުރީގެ މަސްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަހްމަދު ނާޒް (އާކޭ) ހަމަޖައްސައިފިއެވެ

އެގޮތުން މިރޭ ޒީރޯ ޓޮލަރެންސް ކެފޭގައި ބޭއްވި ޓީމުގެ ކޯޗް ހަމަޖެއްސުމާއި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދަނބިދޫ ސްޕޯޓްސް ކުލަބުގެ ޓީމުގެ ކޯޗްކަމާއި ހަވާލުވެ އަހުމަދު ނާޒް (އާކޭ) ވަނީ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ. ކުރީގެ މަސްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ، ކުރީގެ ޤައުމީ ފުޓްބޯޅަ ޓީމަށް ކުޅެފައިވާ އަހްމަދު ނާޒް (އާކޭ) އަކީ ފުޓްބޯޅަ ދަނޑުގައި ފާހަގަ ކޮށްލެވުނު މޮޅު ކުޅުންތެރިއެކެވެ. ކުޅުންތެރިން ބިނާކުރުމުގައި އިސްދައުރެއް އަދާކުރަމުން ދާއިރު މިހާރު ފާހަގަ ކޮށްލެވެނީ ކާމިޔާބު ކޯޗުގެ ގޮތުގައެވެ. މިރޭގެ ރަސްމިއްޔާތުގައި ދަނބިދޫ ސްޕޯޓްސް ކުލަބް އަދި ޑައިސް ފަރާތުން ސޮއި ކުރެއްވީ އަހްމަދު މުއާޒު އަދި މިރްސާލް އާރިފް އެވެ. އަދި މިރަސްމިއްޔާތުގައި ދަނބިދޫ ސްޕޯޓްސް ކުލަބް ޕްރެކްޓިސް ގައި ބޭނުން ކުރާނެ ޖޯޒީ ވަނީ ތައާރަފްކޮށްފަ އެވެ.

މިރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

މިރަސްމިއްޔާތުގައި ދަނބިދޫ ސްޕޯޓްސް ކުލަބުގެ މެއިން ސްޕޮންސަރ އިސްމާއީލް ޝަފީއު ބައިވެރިވެ ޓީމަށް ހިތްވަރު ދެއްވާފައިވެއެވެ.އަދި މީގެ އިތުރުން މި ރަސްމިއްޔާތުގައި ދަނބިދޫގެ ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވެފައިވެއެވެ.

ދަނބިދޫ ސްޕޯޓްސް ކުލަބާއި ޑައިސް ގުޅިގެން މިމުބާރާތުގައި ބައިވެރިވާއިރު ދަނބިދޫ ސްޕޯޓްސް ކުލަބުގެ މިފަހަރުގެ މެއިން ސްޕޮންސަރަކީ ލ.ކަލައިދޫ ފެހިވިނަ، އިސްމާއިލް ޝަފީއުއެވެ.

އާއި ބެހޭ އިބްރާހިމް ސިހާމް

މިވެސް ކިއުއްވާލައްވާ

ގޯލްޑެން ފުޓްސަލްގެ ގައި ބައިވެރިވާ ދަނބިދޫ ފުޓްސަލް ޓީމަށް ޝާހް އެހީތެރިކަން ފޯރުކޮށްދީފި!

ގޯލްޑެން ފުޓްސަލް ޗެލެންޖް -2024 ގައި ބައިވެރިވާ ދަނބިދޫ ފުޓްސަލް ޓީމަށް ދަނބިދުއަށް އުފަން އިބްރާހިމް ޝާހް ކުޅިވަރުގެ ނަމުން …