ކުއްލި ހަބަރު
ފުރަތަމަ ސަފުހާ / ހަބަރު / ދަނބިދޫ ފުޓުބޯޅަ ދަނޑު ލެވެލް ކުރުމަށް ވެލި އެޅުމުގެ މަސައްކަތް މިއަދު ފަށައިފި!

ދަނބިދޫ ފުޓުބޯޅަ ދަނޑު ލެވެލް ކުރުމަށް ވެލި އެޅުމުގެ މަސައްކަތް މިއަދު ފަށައިފި!

ފުޓުބޯޅަ ދަނޑަށް ވެލި އަޅާފަ. ފޮޓޯ: ސިޔާމް

ތާރީޚީ ރީތި ވިނަދަނޑެއް އޮންނަ ދަނބިދޫ ފުޓުބޯޅަ ދަނޑުގެ ވެލިގަނޑު ލެވެލް ކުރުމަށްޓަކައި ދަނޑަށް ވެލި އެޅުމުގެ މަސައްކަތް މިއަދު ކުރަމުން އެބަގެންދެއެވެ.

ދަނބިދޫ ކައުންސިލް އަދި އެމް.ޓީ.ސީ.ސީ އަދި ޒުވާނުން ގުޅިގެން ފުޓުބޯޅަ ދަނޑަށް ވެލި އެޅުމުގެ މަސައްކަތް މިފެށީ ދަނޑުގައި ފުޓުބޯޅަ ކުޅެން އުނދަގޫވެ ވިއްސާރަވެ ވަާރޭވެހިއްޖެނަމަ ދަނޑުގައި ފެން ހިނދެން ގިނަދުވަސް ވާތީވެ ދަނޑު ލެވެލް ކުރުމަށްޓަކައެވެ.

ފޮޓޯ:އަހުމަދު

އަތޮޅު ފެންވަރުގެ ގިނަ މެޗް ތަކެެއް ކުޅެފައިވާ މި ދަނޑަކީ ލ. އަތޮޅުގައި އޮތް އެންމެ ރީތި ވިނަ ދަނޑު ލިސްޓުގެ ކުރީގައި ހިމެނޭނެ ދަނޑެއް ކަން ޔަގީނެވެ. އެންމެ ފުރަތަމަ މި ދަނޑުގައި ވިނަ އިންދީ އޭރުގެ ދަނބިދޫ ޒުވާނުންގެ ބުރަ މަސައްކަތުން ސައީދު (ހަކަތަ) އިސްނެގުމާއެކުގައެވެ.

ފޮޮޓޯ: އައިމަން

އޭރުގެ ރަށަށް އަންނަ ކޮންމެ މެހުމާނަކުވެސް އެންމެ ފުރަތަމަ ލޮލުގައި އަޅައިގަންނަނީ މި ރީތި ވިނަ ދަނޑެވެ. އެތައް ރަށެއްގައި އިންދުމަށް މި ދަނޑުން ވިނަ ގެންގޮސްފައިވެއެވެ. އަޅުގަނޑުގެ ހަނދާނަށް އައީ މީގެ ފަނަރަ އަހަރުކުރިން އާދެ 2003 ވަނަ އަހަރު އޭރުގެ ރައީސް އަލްއުސްތާޛު މަޢުމޫން ޢަބުދުލް ޤައްޔޫމް ދަނބިދުއަށް ކުރެއްވި ދަތުރުފުޅެއްގައި އެވަގުތު މަރުހަބާ ކިޔަން ތިބި މިހުންނާ ސަލާމް ކުރަމުން ދަނިކޮށް ދަނޑު ފެނިގެން ގޮސް ވިނަގަނޑުގައި ފައިންޕުޅުޖައްސުވައި “މިއީ ޕުލާސްޓިކް ތޯއެެވެ. ހާދަ ރީއްޗޭ” މިހެން ބުނުއްވި އެވެ.

ފޮޓޯ: ސިޔާމް

އަޅުގަނޑުމެންގެ އުންމީދަކީ އެފަދަ ރީތި ވިނަ ދަނޑެއްގައި ކުޅޭތަން ދެކުމެވެ. ރަށުގެ ފަޚުރަށްޓަކައެވެ. އަތޮޅުގައި މި ދަނޑަށް ލިބިފައިވާ ރީތިނަން ދެމެހެއްޓުމައްށެވެ. ދެން ހެދެން ވިނަގަނޑު ރީތިވެފައި ފުރިހަމަވާނެ ކަމަށް އުންމީދު ކުރަމެވެ.

އާއި ބެހޭ އިބްރާހިމް ސިހާމް

މިވެސް ކިއުއްވާލައްވާ

ގޯލްޑެން ފުޓްސަލްގެ ގައި ބައިވެރިވާ ދަނބިދޫ ފުޓްސަލް ޓީމަށް ޝާހް އެހީތެރިކަން ފޯރުކޮށްދީފި!

ގޯލްޑެން ފުޓްސަލް ޗެލެންޖް -2024 ގައި ބައިވެރިވާ ދަނބިދޫ ފުޓްސަލް ޓީމަށް ދަނބިދުއަށް އުފަން އިބްރާހިމް ޝާހް ކުޅިވަރުގެ ނަމުން …