ކުއްލި ހަބަރު
ފުރަތަމަ ސަފުހާ / ހަބަރު / ގޯލްޑެން ފުޓްސަލްގެ ގައި ބައިވެރިވާ ދަނބިދޫ ފުޓްސަލް ޓީމަށް ޝާހް އެހީތެރިކަން ފޯރުކޮށްދީފި!

ގޯލްޑެން ފުޓްސަލްގެ ގައި ބައިވެރިވާ ދަނބިދޫ ފުޓްސަލް ޓީމަށް ޝާހް އެހީތެރިކަން ފޯރުކޮށްދީފި!

ގޯލްޑެން ފުޓްސަލް ޗެލެންޖް -2024 ގައި ބައިވެރިވާ ދަނބިދޫ ފުޓްސަލް ޓީމަށް ދަނބިދުއަށް އުފަން އިބްރާހިމް ޝާހް ކުޅިވަރުގެ ނަމުން ނަމަ ބަކާ ދަނބިދޫ ޓީމްގެ ކުޅުންތެރިންނަށް ބޫޓް ހަދިޔާ ކޮށްފިއެވެ.

ކުރިން ދަނބިދޫ ކައުންސިލަރު ކަންވެސް ކޮށްފައިވާ ޝާހްގެ މި އެހީތެރިކަމުގެ ސަބަބުން ޓީމްގެ ބައެއް ކުޅުންތެރިންނަށް އިތުރު ލުއިތަކެއް ވެގެންދާނެކަމަށް އުންމީދު ކުރަމެވެ. ދަނބިދޫ ޑޮޓްކޮމް އިން ކުރި ސުވާލަކަށް ޖަވާބު ދެމުން ޝާހް ބުނީ އުފަން ރަށުގަ މޮޅު ފުޓްބޯޅަ ކުޅުންތެރިން އުފެދިގެން އަންނަކަމަށާއި، މި ކުޅުންތެރިންނަކީ ރަށަށް ރީތިނަން ހޯދާދޭނެ ކުޅުންތެރިންނަށް ވުމާއެކު ރަށަށް ލޯބި ހުންނާތީވެ، ރަށު ކުދިން ވުމާއެކު އަަބަދުވެސް އެހީވާން ބޭނުންވާކަމަށެވެ.

މީގެ ކުރިން ރަށުގެ ބެއެއް ކަންކަމުގައި ޝާހްގެ އެހީ އަންނަނީ ލިބެމުންނެވެ. ވަރަށް ފަހުން ޝާހް ވަނީ ރ.އަތޮޅު ފުޓްސަލް މުބާރާތުގެ ގައި ވާދަ ކުރި އުނގޫފާރު ޓީމަށް ވެސް އެހީތެރިކަން ފޯރުކޮށްދީފައެވެ.

އާއި ބެހޭ އިބްރާހިމް ސިހާމް

މިވެސް ކިއުއްވާލައްވާ

ޓީޗަރުން ހަމަނުވެ ދަނބިދޫ ސްކޫލްގައި ކިޔަވައިދޭތީވެ ބެލެނެވެރިން ނިކުމެ ސްކޫލް ބަންދު ކޮށްފި!

ވޭތުވެދިޔަ 5އަހަރު ދަނބިދޫ ސްކޫލްގައި ކިޔަވައިދެމުން އަންނަ ޓީޗަރުން ހަމަ ނުވާތީވެ ބެލެނެވެރިން ނިކުމެ މިއަދު ދަނބިދޫ ސްކޫލް ބަންދުކޮށްފި! …