ކުއްލި ހަބަރު
ފުރަތަމަ ސަފުހާ / ހަބަރު / ޑައިސްގެ ސްޕޯޓްސް އެކަޑަމީގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި!

ޑައިސްގެ ސްޕޯޓްސް އެކަޑަމީގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި!

ދަނބިދޫ ޔޫތް އެންޑް ކޮމިޔުނިޓީ އެމްޕަވާރމެންޓް – ޑަައިސްގެ ފަރާތުން ސްޕޯޓްސް އެކަޑަމީ ގައި ބައިވެރިވުމުގެ ފުރުސަތު އެ ޖަމިއްޔާ އިން މިއަދު ހުޅުވާލައިފި! ހަތް އަހަރާއި ސޯޅަ އަހަރުން ދަށުގެ އުމުރުފުރައިގެ ކުދިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ސްޕޯޓްސް އެކަޑަމީގެ ސަބަބުން ދަނބިދޫގައި ތިބި ފުޓްބޯޅަ އަށް ސައުގުވެރިވާ ކުދިންނަށް އިތުރަށް ކުރިއަށް ދިއުމުގެ މަގު ފަހިވެގެން ދާނެއެވެ.

ދަނބިދޫގައި ސްޕޯޓްސް އެކަޑަމީ އެއް އުފެދިގެން ދިއުމަކީ ރަށަށް އުފަން ފުޓްބޯޅަ ލޯބި ކުރާ އެތައް ބައެއްގެ ފޮނި ހުވަފެންތަކެކެވެ. މި ހުވަފެން ހަގީގަތަކަށް ހެދުމަށް ދަނބިދުއަށް އުފަން ދަރީންތަކެއްގެ އިސްނެގުމާއެކު މިއަދު މިވަނީ ޑައީސްގެ ނަމުގައި ނިކުމެ ކުލަޖައްސަން ތައްޔާރުވެފައެވެ. މި އުންމީދީ ކަންކަން ހާސިލް ކުރުމަށް އަތުކުރި އުޅާލައިފައެވެ. ޑައިސް ގެ އަމާޒަކީ މި ސްޕޯޓްސް އެކަޑަމީގެ ދަށުން ނިކުންނަ ކުދީންނަކީ ކުރިއަށް ދިއުމަށް ބޭނުންވާ ލަނޑުދަނޑިތައް ހާސިލްވެ ކުދީންގެ ހުނަރު ގޮތުން މޮޅު ގާބިލް ކުޅުންތެރިން ގޮތުގައި ކުރިމަގުގައި ފެނިގެން ދިއުމެވެ.

މި ސްޕޯޓްސް އެކަޑަމީގައި ތަމްރީނުތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ރަށަށް އުފަން އާތިފް މުހައްމަދު (އާތިކޯޗުގެ) މޭސްތެރިކަމުގައެވެ.

ޑައިސްގެ ފަރާތުން ދަނބިދޫ ގައި ފުޓްބޯޅަ ކުރިއަރުވާ ތަރައްޤީ ކުރުމުގެ ގޮތުން ފުޓްބޯޅައަށް މޮޅު ހުނަރުވެރި ވިދުންގަދަ ދަރިންތަކެއް އުފެއްދުމުގެ ގޮތުން ދެމެހެއްޓެނެވި ގޮތަކަށް ރަނގަޅު ފެންވަރުގެ ކުޅުންތެރިން ބިނާކުރުމުގެ މަގުސަދުގައި މި އެޅުނު ބިންގާގެ ސަބަބުން ދަނބިދޫ ފަސްގަނޑުން ހުނަރުވެރި އެތައް ދަރިންތަކެއް އުފެދިގެން ދާނެކަމާމެދު ސައްކެއް ނުކުރަމެވެ.

މި އެކަޑަމީ އަކީ ދަނބިދޫ ޖަމިއްޔާއެއް ކަމަށްވާ ދަނބިދޫ ޔޫތު އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް – ޑައިސްގެ ފަރާތުން ހިނގާ އެކަޑަމީ އެކެވެ.

ޑައިސްގެ ސްޕޯޓްސް އެކަޑަމީގައި ބައިވެރިކުރުމަށް ބޭނުންވާ ފަރާތްތަކުން 7779587 / 7779785 / 9902221 ގުޅައިގެން ނަން ނޯޓު ކުރެއްވުން އެދެމެވެ.

ޑައިސް ޖަމިއްޔާގެ ލޯގޯ

އާއި ބެހޭ އިބްރާހިމް ސިހާމް

މިވެސް ކިއުއްވާލައްވާ

ގޯލްޑެން ފުޓްސަލްގެ ގައި ބައިވެރިވާ ދަނބިދޫ ފުޓްސަލް ޓީމަށް ޝާހް އެހީތެރިކަން ފޯރުކޮށްދީފި!

ގޯލްޑެން ފުޓްސަލް ޗެލެންޖް -2024 ގައި ބައިވެރިވާ ދަނބިދޫ ފުޓްސަލް ޓީމަށް ދަނބިދުއަށް އުފަން އިބްރާހިމް ޝާހް ކުޅިވަރުގެ ނަމުން …