ކުއްލި ހަބަރު
ފުރަތަމަ ސަފުހާ / ހަބަރު / ދަނބިދޫ ފުޓުބޯޅަ ޓީމު ދަތުރުކުރި ޑިންގީއާއި އިތުރު ޑިންގީއެއް ޖެހި 5 މީހަކު ޒަހަމްވެއްޖެ

ދަނބިދޫ ފުޓުބޯޅަ ޓީމު ދަތުރުކުރި ޑިންގީއާއި އިތުރު ޑިންގީއެއް ޖެހި 5 މީހަކު ޒަހަމްވެއްޖެ

ދަނބިދޫ ފުޓުބޯޅަ ޓީމު ދަތުރުކުރި ޑިންގީއާއި އިތުރު ޑިންގީއެއް ޖެހި 5 މީހަކު ޒަހަމްވެއްޖެއެވެ. މިހާދިސާގައި ހިނގާފައިވަނީ އިސްދޫ ފުޓުބޯޅަ ޓީމާއި އެކު ކުޅުނު އެކުވެރިކަމުގެ މެޗަކަށްފަހު ރަށަށް އައި ދަތުރުމަތީގައި، މިއަދު އިރުއޮއްސުނު ވަގުތުގައެވެ.

ހާދިސާ ހިނގިއިރު ޑިންގީގައި ތިބި ބައެއް މީހުން ދީފައިވާ މައުލޫމާތެއް ބަލާއިރު މިއެކްސިޑެންޓް ހިނގާފައިވާކަމަށް ބޮޑަށް ލަފާ ކުރެވެނީ ދުއްވާފައިދިޔަ ދެ ޑިންގީގައިވެސް ބައްތިއެއް ދިއްލާފައިނެތުމުން އެއްބަޔަކަށް އަނެއްބަޔަކު ނުފެނުމުގެ ސަބަބުންނެވެ.

މަސްދަރު: ވަގުތު.އެމްވީ

ދެ ޑިންގީ ޖެހިގެން ކަނޑުމަތީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ގިނަ ބަޔަކަށް އަނިޔާވެއްޖެއެވެ.

މި އެކްސިޑެންޓުގައި ފަސް މީހަކަށް އަނިޔާ ލިބިފައިވާއިރު، އޭގެތެރެއިން ތިން މީހެއްގެ ޙާލު ސީރިއަސް ކަމަށް މަޢުލޫމާތު ލިބެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ލ. އަތޮޅު ކަލައިދޫ އިން ފުރައިގެން ދަނބިދޫއަށް ދަތުރުކުރަމުންދިޔަ ޑިންގީއަކާއި، ދަނބިދޫއިން ފުރައިގެން ދަތުރުކުރި ޑިންގީއެއް ޖެހިގެންނެވެ.

އެނގިފައިވާ ގޮތުގައި ކަލައިދޫއިން ފުރައިގެން ދަނބިދޫއަށް ދަތުރުކުރި ޑިންގީގައި ތިބީ ދަނބިދޫ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިންނެވެ. އެ ޑިންގީގައި ޓީމްގެ 15 މީހުން ތިބިއިރު، އަނެއް ޑިންގީގައި އިނީ ދުއްވަންހުރި މީހާ އެކަންޏެވެ.

ދަނބިދޫ ފުޓުބޯޅަ ޓީމް މިއަދު ކަލައިދޫއަށް ގޮސްފައވަނީ އެކުވެރިކަމުގެ މެޗެއް ކުޅުމަށެވެ.

މި އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރެއިން އެކަކު މިހާރު ލ. ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، ދެންތިބި މީހުން ތިބީ ލ. ދަނބިދޫ ސިއްޙީ މަރުކަޒުގައެވެ.

ކަނޑުގަދަވުމުގެ ސަބަބުން ދަނބިދޫގައި ތިބި މީހުން ގަމަށް ގެންދިއުމަށް ވަނީ ހުރަސް އެޅިފައި ކަމަށް ވެއެވެ.

ކަނޑުމަތީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓަށްފަހު އަނިޔާވި ބައެއް މީހުން ދަނބިދޫ ސިއްޙީ މަރުކަޒުގައި – ފޮޓޯ: އިބްރާހިމް ޝިހާމް
ގަމުން ސީއެމްބިއުލާންސެއް މިހާރު ދަނބިދޫއަށް ދިއުމަށްޓަކައި ދަތުރުކުރަމުންދާ ކަމަށް މަޢުލޫމާތު ލިބެއެވެ.

“ވަގުތު”އަށް އެނގިފައިވާ ގޮތުގައި ކަލައިދޫއިން ފުރައިގެންދިޔަ ޑިންގީ ދަތުރުކުރަމުންދިޔައީ އެއްވެސް އަލިކަމެއް ނެތިއެވެ. އަދި ދަނބިދޫއިން ފުރައިގެން އައި ޑިންގީ ފެނުމާއެކު ބައެއް މީހުން މޫދަށް ފުންމާލި ކަމަށްވެއެވެ.

“ވަގުތު”އަށް މަޢުލޫމާތު ދިން މީހަކު ބުނިގޮތުގައި މި އެކްސިޑެންޓުގައި “ދަނބިދޫއިން ދަތުރުކުރި ޑިންގީ އަނެއް ޑިންގީގައި ޖެހިފައި ވިއްސައިގެން ދިޔައީ އޭގެ މަތިން، އަނެއް ކޮޅަށް” ކަމަށެވެ

މިވެސް ކިއުއްވާލައްވާ

ގޯލްޑެން ފުޓްސަލްގެ ގައި ބައިވެރިވާ ދަނބިދޫ ފުޓްސަލް ޓީމަށް ޝާހް އެހީތެރިކަން ފޯރުކޮށްދީފި!

ގޯލްޑެން ފުޓްސަލް ޗެލެންޖް -2024 ގައި ބައިވެރިވާ ދަނބިދޫ ފުޓްސަލް ޓީމަށް ދަނބިދުއަށް އުފަން އިބްރާހިމް ޝާހް ކުޅިވަރުގެ ނަމުން …