ކުއްލި ހަބަރު
ފުރަތަމަ ސަފުހާ / ހަބަރު / ޢީދު ދުވަހު އެ ނެގި ފޯރި, ވަރަށް ހަނދާންވޭދޯ؟

ޢީދު ދުވަހު އެ ނެގި ފޯރި, ވަރަށް ހަނދާންވޭދޯ؟

ފިޠުރު ‏ޢީދު ދުވަހު ދަަނބިިދޫޫގައި އެއް ޖަމާޢަތެއްގައި ޢީދު ނަމާދު ކުރުމަށްފަހު އެންމެން އެކީ އެއްތަނެއްގައި ތިބެ ސައި ބުއިމަށްފަހު އެލިބެނީ ހާދަ ބޮޑު ހިތްހަމަ ޖެހުމެކެވެ. ކުޑެއް ބޮޑެއް ނެތި ރަށުގެ ހުރިހާ އެންމެންވެސް ބައިވެރިވާނީ އުފަލާއެކުގަ އެވެ. ދެން މި އޮތީ އެއްގެއިން އަނެއް ގެޔަށް ސައިބުއިމުގެ ކަންތަށް ފެށިފައެވެ.

ކޮންމެ އަހަރެއްގަ ވެސް ޢީދުގައި ބޮޑު ދައިތަމެންގޭގައި އަބަދުވެސް ހެނދުނުގެ ސައި ލިބެން ހުންނާނެ އެވެ. އެގެއިން ކޮންމެހެންވެސް ސައި ނުބޮއެ ހިތްހަމަ ނުޖެހޭނެއެވެ. ޢާއިލާގެ ގާތް ތިމާގެ ގޭގެ އަށް ޒިޔާރަތް ކޮށް, ޢީދު ސަލާމް ކޮށް އަވަދިވެ ވޭއިރު އޮންނާނީ ނެވައެއް ޖަހާ ބޮޑުވެފަ އެވެ. ދެން ދުއްވައި ގަނެެެވޭނީ ދުވަހުގެ ޚާއްސަ ކުޅިވަރުތައް ކުުޅުމަށްށެވެ. ކުޅިވަރުތައް ކުޅުމުގައި ޅަފުރައިގެ ޒުވާން ކުދި ބޮޑު އެންމެން ބައިވެރިވާނެއެވެ. އޭގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވެނީ “އިނދެ, ނީންދެ” (ކައިވެނިކޮށްގެން އުޅޭ މީހުންނާއި, ކައިވެނި ނުކޮށް ހުއްސަރި ބައިކޮށް ތިބޭ މީހުން) ގެ ވޮލީ އަދި ތިންމުގޯލިީގެ ވާދަވެރިި މެޗްތަކެވެ. އެކި ދިމާލުން ހަން އެއްކޮށްގެން ބޮސް ކުޅޭ ކުދިންނާއި, ވަޅަށް ބޯޅަލާގެ ފޯރިގަދަވެ ރަށުގެ އެކި ދިމާލުން މީހުން ގަޔަށް ވެލިޖެހުމަށް ފަހު އެކަކު އަނެކަކާ އަތުނުވުމަށް ދުވާތަން ފެނެއެވެ.

އަހަރެންވެސް އަތުގައި އޮންނަ ކެމެރާ ހިފައިގެން ބަލަނީ ކުޅޭ ކުޅިވަރުތަކުގެ ރީތި ފޮޓޯތައް ނެގޭތޯއެވެ. އަހަރެންގެ ވާޖިބަކީ އެކި ސަބަބުތަކާ ހެެދި ރަަށަށް ނާދެވުނު މީހުނަށް ރަށުގައި ކުޅޭ ޢީދު ކުޅިވަރުތަކުގެ ފޮޮޓޯތަކާއި, ވީޑިއޯ ނަގައި މީސްމީޑިޔާ އަށް ދޫކޮށްލުމެވެ. މެންދުރު ނަމާދު ބަންގި އަށް ކުޅިވަރުތަށް ނިމެއެވެ. ދެން މިއޮތީ މެންދުރު ނަމާދު ކޮށްގެން ގޭގެއަށް ކާން ދިޔުމެވެ. އެއްގެއިން ކައިގެން އަނެއްގެޔަށްށެވެ. ދެގެޔަކުން ކެވޭއިރަށް ހުންނާނީ ބަނޑު ފުރި ހިރީ ނުލެވޭ ވަރުވެފައެވެ. އިނދެ,ނީންދެ ފިރިހެނުންގެެ ފުޓުބޯޅަ މެޗެއް ހަވީރު ކުޅޭނެއެވެ. މި މެޗުގައި ކުރީގެ ރަށުގައި ނަން ވިދާލާފަަަަަަަަައި ތިބި ފުޓުބޯޅަ ކުޅުންތެރިންގެ ކުޅުންވެސް ފެނިގެންދާނެވެ.

ބައެއް ރަށްތަކުގައި ޢީދުގައި ކުލަ ޖަހާ މަޖާނެގި ކަމުގައިވިޔަސްް ދަނބިދޫގައި އެހެން ރަށްތަކަައި ޚިލާފަަށް ފެންކުޅި ކުޅޭނީ ޝައްވާލު މަހުގެ ހަރޯދަ ނިމި އެއާ ވިދިގެން އަންނަ ދުވަހުގައެވެ. ފިޠުރު ޢީދުގައި ކުޅިވަރުގެ ގިނަ ހަރަކާތްތަކެއް ނެތްކަމުގައިވިޔަސް އަލްޚާ ޢީދުގައި ފޯރިގަދަވެފަ މަޖާވާނެއެވެ.

ކޮވިޑު ނަވާރައިގެ ސަބަބުން މިޢީީީދުގައިި ބައެއް އާދަތައް ވަނީ ބަަަަަަަަަަަަަަަަދަލުވެފައެވެ. ކުޅިވަރު ތަކާއި ސުޓޭޖު ސޯޯ ނުބޭއްވުނުު ކަމުގައި ވިޔަސް މި ހާލުތުގައި ޢީދު ފާހަގަ ކުރަން ޖެހިފައި މިވަނީ ގޭގައި ތިބެއެވެ.

އާއި ބެހޭ އިބްރާހިމް ސިހާމް

މިވެސް ކިއުއްވާލައްވާ

ގޯލްޑެން ފުޓްސަލްގެ ގައި ބައިވެރިވާ ދަނބިދޫ ފުޓްސަލް ޓީމަށް ޝާހް އެހީތެރިކަން ފޯރުކޮށްދީފި!

ގޯލްޑެން ފުޓްސަލް ޗެލެންޖް -2024 ގައި ބައިވެރިވާ ދަނބިދޫ ފުޓްސަލް ޓީމަށް ދަނބިދުއަށް އުފަން އިބްރާހިމް ޝާހް ކުޅިވަރުގެ ނަމުން …