ކުއްލި ހަބަރު
ފުރަތަމަ ސަފުހާ / ހަބަރު / ހައްދުންމަތީ 3 ސްކޫލެއްގެ ކެޑޭޓުން ހުވާ ކުރުމުގެ ރަސްމިއްޔާތުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން ބައިވެރިވެއްޖެ!

ހައްދުންމަތީ 3 ސްކޫލެއްގެ ކެޑޭޓުން ހުވާ ކުރުމުގެ ރަސްމިއްޔާތުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން ބައިވެރިވެއްޖެ!

ހުވާ ކުރުމަށް ބޭއްވުނު ރަސްމިއްޔާތު

ހައްދުންމަތީ ތިން ސްކޫލެއްގެ ކެޑޭޓުން ހުވާ ކުރުމުގެ ރަސްމިއްޔާތުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން ބައިވެރިވެއްޖެއެވެ.

އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން ބައިވެރިވެފައި ވަނީ ލ.ފޮނަދޫގައި ހުންނަ ލ.އަތޮޅު ތަޢުލީމީ މަރުކަޒު ކެޑޭޓުންނާއި ލ. ގަމު ހަމަދު ބިން ޚަލީފާ އަލްޘާނީ ސްކޫލުގެ އިތުރުން ލ. ގަމު އިހައްދޫ ސްކޫލުގެ ކެޑޭޓުން ހުވާކުރުމުގެ ރަސްމިއްޔާތުގައެވެ.

ލ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލުގައި ރޭ ކުރިއަށްދިޔަ މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ މަޤާމުގެ ކުރިއެރުން ލިބުނު ކެޑޭޓުންނަށް މަޤާމުގެ ކުރިއެރުން ހަވާލުކޮށްދެއްވީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ކޮމާންޑަރ، ކާނަލް އަޙްމަދު ފާތިޙްއެވެ.

މި ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނު، ސެންޓްރަލް އޭރިއާ ކޮމާންޑްގެ ކޮމާންޑަރ، ކާނަލް އަޙްމަދު ފާތިޙް ވަނީ ކެޑޭޓުންނާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.

މި ރަސްމިއްޔާތުގައި ކެޑޭޓުންނަށް ހަތިޔާރު ހަވާލުކޮށްދެއްވީ އެމްއެންޑީއެފް މެރިން ޑިޕްލޮއިމަންޓް ޔުނިޓް 7 (އެމްޑީޔޫ 7) ގެ އެކްޓިންގ ކޮމާންޑަރ، ފަސްޓް ލެފްޓިނަންޓް އިބްރާހީމް މަޒީޙްއާއި ސެންޓްރަލް އޭރިއާ ކޮމާންޑްގެ އެސް 2، ލެފްޓިނަންޓް ފަސީޙަތު އުމައްޔާއެވެ.

މި ރަސްމިއްޔާތުގައި ތިން ސްކޫލަކުން 79 ކެޑޭޓުން ބައިވެރިވެފައި ވެއެވެ. އަދި މި ރަސްމިއްޔާތުގައި ޤައުމީ ކެޑޭޓް ކޯރގެ ބައެއް މުދައްރިބުންނާއި ލ.އަތޮޅު ތަޢުލީމީ މަރުކަޒު، ހަމަދު ބިން ޚަލީފާ އަލްޡާނީ ސްކޫލާއި ލ. ގަމު އިހައްދޫ ސްކޫލުގެ ބައެއް އިސްވެރިން ވެސް ބައިވެރިވެފައި ވެއެވެ.

އާއި ބެހޭ އިނާ

މިވެސް ކިއުއްވާލައްވާ

ގޯލްޑެން ފުޓްސަލްގެ ގައި ބައިވެރިވާ ދަނބިދޫ ފުޓްސަލް ޓީމަށް ޝާހް އެހީތެރިކަން ފޯރުކޮށްދީފި!

ގޯލްޑެން ފުޓްސަލް ޗެލެންޖް -2024 ގައި ބައިވެރިވާ ދަނބިދޫ ފުޓްސަލް ޓީމަށް ދަނބިދުއަށް އުފަން އިބްރާހިމް ޝާހް ކުޅިވަރުގެ ނަމުން …