ކުއްލި ހަބަރު
ފުރަތަމަ ސަފުހާ / ހަބަރު / ކަލައިދޫއާއި ދަނބިދޫގައި ހުއިފިލަނޑާ ބޮޑުކުރުމުގެ މަސައްކަތްކުރުމަށް ލޯނު ދޫކުރަނީ

ކަލައިދޫއާއި ދަނބިދޫގައި ހުއިފިލަނޑާ ބޮޑުކުރުމުގެ މަސައްކަތްކުރުމަށް ލޯނު ދޫކުރަނީ

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރާއި އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) ގުޅިގެން ހިންގާ “މެރިކަލްޗަރ އެންޓަރޕްރައިޒް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް”ގެ ދަށުން ލ.ދަނބިދުއާއި ކަލައިދޫގައި ހުއިފިލަނޑާ ބޮޑުކުރުމުގެ މަސައްކަތް ކުރުމަށް ދޫކުރާ ލޯނަށް އެދުމުގެ ފުރުސަތު 16 އޮކްޓޫބަރު ފެށިގެން 2 ނޮވެމްބަރު އަށް ހުޅުވާލައިފިއެވެ.

މިކަމަށް އެދި ލޯނަށް އެދޭ ފޯމާއި، ލޯނާބެހޭ މަޢުލޫމާތު މިނިސްޓްރީގެ ވެބްސައިޓް، www.fishagri.gov.mv  އިންނާއި ލޯނު އަމާޒުކުރެވޭ ދެ ރަށުގެ ކައުންސިލްގެ އިދާރާތަކުން ލިބެން ހުންނާނެ ކަމަށް ފިޝަރީޒް މިނިސްޓްރީ އިން ވިދާޅުވެއެވެ.

ފިޝަރީޒް މިނިސްޓްރީ އިން ވިދާޅުވީ ހުއިފިލަނޑާ ބޮޑުކުރުމުގެ މަސައްކަތް އަޖުމަ ބެލުމުގެ ގޮތުން މި ދެ ރަށުގައި ކުރާއިރު މި ދެ ރަށުން ޖުމުލަ 100 ފަރާތަށް ފުރުސަތު ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި ފަށައިގަތުމުގެ ގޮތުން ކޮންމެ ރަށަކުން 15 ފަރާތަށް ވަނީ ފުރުސަތު ދީ، ކުދި ހުއިފިލަނޑައާއެކު ކޮށިތައް ހަވާލުކުރެވިފައެވެ.

މީގެ އިތުރުން 70 ފުރުސަތު ދޭން ނިންމާފައިވަނީ މި ދެ ރަށުގެ ތެރެއިން ކޮންމެ ރަށަކުން 35 ފަރާތަށެވެ. މި މަސައްކަތް ކުރުމަށް ލޯނުގެ ގޮތުގައި ދޫކުރެވޭނީ ނަގުދު ފައިސާގެ ބަދަލުގައި ލޯނުގެ އަގަށްވާ މައިގަނޑު ތަކެއްޗެވެ. އެއީ މަސައްކަތް ފަށައިގަތުމަށް ބޭނުންވާ ކޮށްޓާއި ކުދި ހުއިފިލަނޑައެވެ. ލޯނު އަދާކުރުމަށް ހަމަޖެހިފައިވަނީ ނަގުދު ފައިސާއިންނެވެ.

ކަލައިދޫއާއި ދަނބިދޫގެ ރައްޔިތުން ލޯނަށް އެދި ފޯމު ހުށަހަޅާނީ، އެ މީހަކު ދިރިއުޅޭ ރަށެއްގެ ކައުންސިލްގެ އިދާރާއަށެވެ. ލޯނަށް އެދި ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ ނޮވެންބަރު 2 ވަނަ ދުވަހުގެ 10:00 އެވެ. ލޯނަށް އެދުމުގެ މުއްދަތު ހަމަވުމުން، ޝަރުޠު ހަމަވާ ފޯމުތައް ވަޒަންކޮށް، ފޯމު ހުށަހެޅި ހުރިހާ ފަރާތްތަކަށް ޖަވާބުދެވޭނެ ކަމަށް މިނިސްޓްރީ އިން މައުލޫމާތު ދެއްވައެވެ.

ލޯނު ދޫކުރުމުގެ މަރުޙަލާގައި ކޮންމެ ރަށަކުން ހޮވޭ 35 ފަރާތް ހޮވުމަށް ހަމަޖެހިފައިވަނީ ފޯމު ހުށަހަޅާފައިވާ ފަރާތްތައް މިނިސްޓްރީ އިން ކަނޑައަލާފައިވާ މިންގަނޑުތަކުން ވަޒަންކުރުމަށް ފަހު އެންމެ މަތިން ޕޮއިންޓް ލިބޭ 35 ފަރާތް ހޮވާގޮތަށެވެ. އެމިންގަނޑު މިނިސްޓްރީ އިން ވަނީ މިހާރު އާންމުކޮށް އިއުލާން ކޮށްފައެވެ.

ހުއިފިލަނޑާ ބޮޑުކުރުމުގެ މި މަސައްކަތަށް ދޫކުރާ ލޯނު ހޯދުމަށް އެދި ހުށަހަޅާ ފަރާތަކީ ބޭންކް އޮފް މޯލްޑިވްސްއިން ނަގާފައިވާ ލޯނެއް މިވަގުތު އަދާކުރަމުންދާ ފަރާތެއްނަމަ، މުޅި ލޯނުގެ %50 އަދާކޮށްފައިވާ ފަރާތެއްކަމުގައިވާން ޖެހެއެވެ. އަދި އުމުރުން 18 އަހަރު ފުރިފައިވާ މީހަކަށް ވެސް ވާން ޖެހެއެވެ.

އާއި ބެހޭ އިބްރާހިމް ރަޝީދު

😂👊

މިވެސް ކިއުއްވާލައްވާ

ގޯލްޑެން ފުޓްސަލްގެ ގައި ބައިވެރިވާ ދަނބިދޫ ފުޓްސަލް ޓީމަށް ޝާހް އެހީތެރިކަން ފޯރުކޮށްދީފި!

ގޯލްޑެން ފުޓްސަލް ޗެލެންޖް -2024 ގައި ބައިވެރިވާ ދަނބިދޫ ފުޓްސަލް ޓީމަށް ދަނބިދުއަށް އުފަން އިބްރާހިމް ޝާހް ކުޅިވަރުގެ ނަމުން …