ކުއްލި ހަބަރު
ފުރަތަމަ ސަފުހާ / ހަބަރު / ދަނބިދުއަށް އުފަން މުޅި ރާއްޖެ ފަޚުރުވެރިވާ ދަރިއެއް އޭރުގެ ޖަމާޢަތުގެ ސިއްޙީ އެހީތެރިއާ ޙަސަން މޫސާ

ދަނބިދުއަށް އުފަން މުޅި ރާއްޖެ ފަޚުރުވެރިވާ ދަރިއެއް އޭރުގެ ޖަމާޢަތުގެ ސިއްޙީ އެހީތެރިއާ ޙަސަން މޫސާ

ފޮޓޯ:ސިހާމް

އަޅުގަނޑު ޚާއްޞަ ކޮށްމިލަނީ އެ ބޭފުޅަކަށްޓަކައި އަޅުގަނޑު ފަޚުރުވެރިވާ ލ.ދަނބިދުއަށް ުުއުފަން ޖަމާޢަތުގެ ސިއްޚީ އެހީތެރިޔާ ޙަސަން މޫސާ އައްށެވެ.
އާދެ އެއީ 1977 ވަނަ އަހަރު ލ.އަތޮޅުގަ ޖަމާޢަތުގެ ސިއްޚީ އެހީތެރިޔާ ޙަސަން މޫސާ އޭރު އޭނާ ހުންނެވީ އަތޮޅު ތެރެއަށް ކުރައްވަމުން ގެންދެވި ރަސްމީ ދަތުރެއްގައެވެ. އެ ދުވަސްވަރަކީ މުއާސަލާތު ކުރަން ތަރައްޤީ ޒަމާނެއް ނުންކަމުން މުއާސަލާތު ކުރުމަށް ބޭނުންކުރަމުން އައީ ” ވޯކީޓޯކީ”އެވެ.
ކޮންމެއަކަސް އެދުވަސްވަރު ވޯކީޓޯކީއިން ލިބިގެން ކުއްލި ޚަބަރަކީ ލ. މާމެންދޫގައި ދިރިއުޅުނު އެ އަތޮޅު ފޮނަދުއަށް ނިސްބަތްވި މަޝްހޫރު ތިންރަށު އަޙުމަދު، ބޭރަށް ހިންގުން ޖެހިގެން، މާމެންދޫން ފޮނަދުއަށް ގެންދިއަ ދަތުރުމަތީގައި، ކުއްލި ގޮތަކަށް ނިޔާވި ޚަބަރެވެ! މިއީ، އެ ރޯގާއެއް ޖެހުނުތާ، ދިހަވަރަކަށް ގަޑީއިރުގެ ތެރޭގައި ނިމިދިޔަ ފުރާނައެކެވެ.
ކުއްލި ޙައިރާންކަމާއެކު، މި ހިތާމަވެރި ޚަބަރާމެދު، އިސްޖެހިފައި އިންނެވި ހަސަން މޫސާއާއިއެކު، މި ދަތުރުގައި ބައިވެރިވި އަނެއް ފަރާތަކީ، ކަޅައިދޫ ޢަބްދުﷲ އަފީފެވެ. އޭނާއަށް މާމެންދޫން ފޮނުވި މެސެޖަކީ ، ” އަންހެނުންނާއި ދައްތައާ ބައްދަލުވާން އެދޭނަމަ، އަވަހަށް އާދޭ” މިއެވެ.
އެހައިތަނުން، ރޯގާއެއްގެ ބިރުވެރިކަން، އެ އޮތްގެން ޢާންމުވާން ފެށީއެވެ. މިހައިތަނުން މިދެންނެވި ދަތުރުގައި ތިއްބެވި ހެލްތު ވޯކަރާއި މި އެންމެ ބޭކަލުން މާމެންދުއަށް ދިޔެއެވެ. އެބޭކަލުންގެ ލޯމަތީގައި ދައްތައޭ ބުނެ، މެސެޖުގައި އިޝާރަތްކުރި އާމިނަތު ޢަލީވެސް ނިޔާވެއްޖެއެވެ! ތިންރަށު އަޙުމަދު ނިޔާވިތާ ހިނދުކޮޅެއްގެ ތެރޭގައި މުޅިރަށަށް، ރޯގާ ފެތުރިއްޖެއެވެ!

ދިވެހިރާއްޖޭގައި މި ފެތުރެނީ ކޮލެރާއެވެ! އެ ދުވަސްވަރަކީ، 1977ގެ ފަހުކޮޅެވެ. އެހެނެއް ކަމަކު އެއީ ކޮލެރާއޭ ބުނެ، ގޮތް ނިންމީ ކާކު ހެއްޔެވެ؟
ސިއްޙަތާބެހޭ ވުޒާރާގެ ބެލުމުގެ ދަށުން ހިނގަމުންދިޔަ “ޑިޕާރޓު މަންޓް އޮފް ޕަބްލިކު ހެލްތު”އަށް، އެހެންބުނެ، ޖަމާޢަތުގެ ސިއްޙީ އެހީތެރިއާ ޙަސަން މޫސާ، ފޮނުވި މެސެޖަށްފަހު، ސަރުކާރުގެ ވަފުދެއް އެރަށަށް ދިޔައިރު، އެތައް ބަޔަކު ނިޔާވެއްޖެއެވެ.
ޙަސަން މޫސާގެ މެސެޖުގައި އެ ލިއުނު “ކޮލެރާ ފެތުރެން ފަށައިފި” މި ޙަބަރު ސަރުކާރުން ދޮގު ކުރިއެވެ،. ޖަމާޢަތުގެ ސިއްޙީ އެހީތެރިއާ މާލެ ގެނެސް، އެހެން ބުނެ މެސެޖު ފޮނުވީތީ، ބަޔާން ނަގައި، ވ. އަތޮޅަށް ވަޒީފާވެސް ބަދަލު ކުރީއެވެ!

ދިވެހިރާއްޖޭގެ 119 ރަށަކަށް ކޮލެރާ ފެތުރުނު ވަބާގައި 252 މީހުން މަރުވެގެން ދިޔައިރު، ކޮލެރާއިން ސަލާމަތްވީ ވ. އަތޮޅު އެކަންޏެވެ.
އެއީ ލ. މާމެންދޫގައި ކޮލެރާ ފެތުރެމުން ދާކަން ހާމަކުރުމާއި ގުޅިގެން، ވ. އަތޮޅަށް ބަދަލު ކުރެއްވި ޖަމާޢަތުގެ ސިއްޙީ އެހީތެރިއާ ޙަސަން މޫސާ ، ހުންނެވި އަތޮޅެވެ. އެނާއާއި މެދު، އެ ޙާލަތުގައި ކަންވެގެން އެ ދިއައީ، ޗައިނާގައި ފެތުރެނީ “ކޮރޯނާ ވައިރަސް” ކަމަށް، ހާމަކުރި ޑޮކްޓަރަށް ކަންތައްތައް ދިމާވި ބީދައިންނެވެ.

ކޮންމެއަކަސް އޭނާއަށް ކުރީން ލިބިލައްވާފައިވި ތަޖުރިބާގެ އަލީގައި، އެ އަތޮޅުގެ އަތޮޅުވެރިއާ ހުރާ ޢަބްދުއްސައްތާރާއި ވެރީންނާއި ރައްޔިތުންގެ އެހީތެރިކަމާއެކު، ވ. އަތޮޅު، ބޭރުގެ އޮޑިފަރަށް ތަޅުލެއްވިއެވެ. މިއި މިޒަމާނުގައި މި ކިއާ “ކަރަންޓީނު” ކުރުމެވެ.
އެ އަތޮޅުގެ ރަށްރަށުގެ ބަނދަރަށް އަންނަ އެހެން އަތޮޅުތަކުގެ މީހުން، ރަށަށް ފޭބިޔަނުދީ، އޮޑިދޯނިފަހަރަށް ބޭނުންވާ ކަންކަމުގެ ޚިދުމަތްދިނީ ފަޅުތެރޭގައި، އޮޑިދޯނިފަހަރުގައި ބައިތިއްބައިގެންނެވެ. ހަމަ އެހެންމެ އެ އަތޮޅުގެ މީހުންވެސް އެ މުއްދަތުގައި އެހެން ރައްރަށަށް ގޮހެއް ނޫޅެއެވެ. މަސްކިރަން އެ އަތޮޅުން މާލެއަށް ފޮނުވާ އޮޑި ފަހަރުގެ މީހުންނަށް، ރޯގާއިން ރައްކާތެރިވާން، ” ޕްރޮފިލެކްޓިވް ޓްރީޓްމަންޓު” ދުރާލާ އެނާ ދެއްވަމުން ދިއައެވެ.
ޙަސަން މޫސާގެ އިލްތިމާސް އަކީ މިހާރު މި ފެތުރޭ ރޯގާ އަކީ ކޮލެރާ އާ އަޅާބަލާއިރު ތަފާތު ރޯގާއެއް ކަމަށްށާއި މީހުންގެ ފުރާނަ ސަލާމަތްވުމަށް ވަަރަަަަށް ހަނި ފުރުސަތެއް ެޮ އޮތްއިރު އަޅުގަނޑު ދެކޭގޮތުގައި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަކީ ވަރަަށްވެސް ރަނގަޅު ފިޔަވަަޅު ތަކެއްކަމަަށްށާ އަޅުގަނޑު ދޭ ނަސޭހަތަކީ މި ހާލުތުގައި އަޅުގަނޑުމެންނަަށް ދަތިތަކާ ކުރިމަތިވާނެކަން ދެނަތިބެ ކެއްތެރިކަމާއެކު ހިތްވަރުކޮށް އުނދަގޫތަކާއެކުވެސް އެންމެ މުހިންމު ކަމަކީ ގޭގަ މަޑުކުރުން.

ނޯޯޓް:މިއީ ރާއްޖެ.އެމްވީ ގައި މުހައްމަދު އާދަމް ސަލީމް ޝާއިޢުކުރެއްވި ލިޔުމެއްގެ ކުރު ޚުލާޞާ އެކެވެ.

އާއި ބެހޭ އިބްރާހިމް ސިހާމް

މިވެސް ކިއުއްވާލައްވާ

ގޯލްޑެން ފުޓްސަލްގެ ގައި ބައިވެރިވާ ދަނބިދޫ ފުޓްސަލް ޓީމަށް ޝާހް އެހީތެރިކަން ފޯރުކޮށްދީފި!

ގޯލްޑެން ފުޓްސަލް ޗެލެންޖް -2024 ގައި ބައިވެރިވާ ދަނބިދޫ ފުޓްސަލް ޓީމަށް ދަނބިދުއަށް އުފަން އިބްރާހިމް ޝާހް ކުޅިވަރުގެ ނަމުން …