ކުއްލި ހަބަރު
ފުރަތަމަ ސަފުހާ / ވާހަކަ / ދަނބިދޫ މީހުން ޖެހީބެރަށް ވީވަރެއްނޮ ތެވޫ

ދަނބިދޫ މީހުން ޖެހީބެރަށް ވީވަރެއްނޮ ތެވޫ

މިއީ އަތޮޅުގައި ބޭނުންކުރެވެމުން އަންނަ މިސާލު ބަހެކެވެ. ތުން ތުން މަތިން އިވިފައިވާ ގޮތަށް މި މިސާލު ބަހަށް ބަލައިލާނަމެވެ.

ލ. ދަނބިދޫ އަކީ އެ ޒަމާނުގައި މާރިތިކޮށް ބެރުގެ ހަމަތަކާއި އެއްގޮތްވާ ގޮތުގެ މަތިން ބެރުޖަހާ ކުޅިވަރުތައް ކުޅޭ ބަޔަކު އުޅޭ ރަށެއްކަމަށް މުޅި އަތޮޅަށް މަޝްހޫރުވެފައި އޮންނަ ރަށެކެވެ. ކޮންމެ އަކަސް އަތޮޅުވެރިން މުޅި އަތޮޅަށް ހުޅުވާލައިގެން ބެރުޖެހުމުގެ މުބާރާތެއް ބާއްވައިފިއެވެ. މި މުބާރާތުގައި ދަނބިދޫގެ ޓީމް ވެސް ބައިވެރިވިއެވެ. އެރޭގެ ބެރު ޖަހަން ހަމަޖެހިފައިވާ ގަޑިއަށް ހުރިހާ ބައިވެރީން ވެސް ވަނީ ހާޟިރުވެފައެވެ. އަދި އަތޮޅުވެރިންނާއި އަތޮޅުގެ ބޮޑެތި ބޭބޭފުޅުން ވަޑައިގެން އެބޭފުޅުން ނަށް ހާއްސަ ކުރެވިފައިވާ ތަންތަނުގައި އިށީނދެ ހަމަޖެހުމުން ފުރަތަމަ ގްރޫޕް ކަމަށް ވާ ކަލައިދޫ ގްރޫޕް ބެރުޖަހާ ކުޅިވަރުތައް ފަށައިގެންފިއެވެ. ހަމަ ފަށައިގަތުމާއި އެކު އަތޮޅުވެރިންގެ އަރިއަހަށް ނިންޖޭ ކިޔާ ސޮރު އައިސް ދަޢުވަތު ދިނުމުން އިސާހިތަކު އެއިންނެވި ގޮތަށް އިނދެ ނިދިކުރައްވައިފިއެވެ.

ކުޑަ އިރުކޮޅަކު ކަލައިދޫ ގްރޫޕް ގެ ބެރާއި ކުޅިވަރުތައް ދެއްކުމަށް ފަހު ދެން ފެށުނީ މުޅި އަތޮޅަށް ނަން މަޝްހޫރު ދަނބިދޫ ގްރޫޕާއެވެ. ދަނބިދޫ މީހުން ބެރުޖެހުމާއި ކުޅިވަރުތަކުގަ އެތައް އިރެއްވުމަށް ފަހު ފަތިސްވާން ކައިރިވުމުން އަނެއްކާވެސް ކަލައިދޫ ގްރޫޕާއި ހަވާލުކޮށްފިއެވެ. ހަމަ ކަލައިދޫ ގްރޫޕް އަރާ ބެރުގަ ޖަހާލި ތަނާ އަތޮޅުވެރިން ލޯހުޅުވާލައްވާފަ ދެ ފަރާތަކަށް ނަޒަރު ހިންގާލުމަށް ފަހު ތެދުވެވަޑައި ގަންނަވަމުން ވިދާޅުވީ ” ކަލައިދޫ މީހުން ހާދަ ގަދައޭ ދޯ….. ފެށުނީއްސުރެ އަދިވެސް….. ދަނބިދޫ މީހުން ޖަހާބެރު ނުވިއެއްނު އެކައްޗަކަށްވެސް”

މިއީ ހިތްވަރާއި އެކު ރަނގަޅަށް އެކަމެއް ކޮށް ނަމަވެސް ރީތި ނަމެއް ނުލިބުމުން ބޭނުންކޮށްއުޅޭ ބަހެކެވެ. 

އާއި ބެހޭ އިބްރާހިމް ރަޝީދު

😂👊

މިވެސް ކިއުއްވާލައްވާ

ހަނދަރު

މިރާއްޖޭގައި މީހުން އުޅުނު ދުއިސައްތައަށް ވުރެ ގިނަ ރަށް ފަޅުވެ އޭގެ ތެރެއިން ގިނަ ރަށްރަ ށް ރިސޯޓްތަކަށްވެއްޖެތާ ވިއްސަކަށް …

Leave a Reply

Your email address will not be published. Required fields are marked *