ކުއްލި ހަބަރު
ފުރަތަމަ ސަފުހާ / ފެޝަން / ދުޅަހެޔޮ ސިއްހަތު / ޑިޕްރެޝަން ހުންނަ މީހަކަށް އެހީ ވާނީ ކިހިނެތް؟

ޑިޕްރެޝަން ހުންނަ މީހަކަށް އެހީ ވާނީ ކިހިނެތް؟

 ބަލި ހުންނަ ދުވަސްވަރު ބަލި މީހާ އެކި ތަފާތު ވާހަކަތައް ދެއްކުން އެކަށޭނައެވެ. ނަމަވެސް އެމީހުން ދައްކާ ވާހަކައަށް ރައްދު ދީ، “ތިފަދަ އެއްޗިހި ބުނާކަށް ނުވާނެ” އޭ ފަދަ ޖަވާބުތައް ނުދިނުމަށް ސަމާލުވާންވާނެއެވެ. އެހެން ހެދުމުން ބަލި މީހާއަށް ކުރެވޭ އިހްސާސްތަކަކީ އޭނާއަށް ކުރެވިގެން ނުވާނޭ އިހްސާސްތަކެއް ކަމަށް ވިސްނޭނެއެވެ. އަދި ބަލި މީހާގެ އިހްސާސްތައް ދަންނަ މީހަކު ނެތް ކަމަށް ހީވެ އެކަނިވެރިކަން އިހްސާސްކުރެވި އިތުރަށް ކަންބޮޑުވުމާއި ދެރަވުމަށް މެދުވެރިވެދާނެއެވެ. އޭގެ ބަދަލުގައި އެމީހުން ދައްކާ ވާހަކަ ކަނުލައި އަޑު އަހާ ބަލި މީހާއަށް ވިސްނޭނެހެން ރަގަޅު ވަގުތެއްގައި ނަސޭހަތާއި ލަފާ ދެވިދާނެއެވެ.


ޑިޕްރެޝަން ހުންނަ މީހުންނަށް އިހްސާސްކުރެވޭ މާޔޫސްކަމާއި ގޮތް ހުސްވުންފަދަ އިހްސާސްތަކުން އަރައިގަތުމަށް ކުރެވިދާނެ އެއް ކަމަކީ ﷲގެ ރަހްމަތްތައް ގިނަގިނައިން ހިތަށް ގެނެސް އަހަރުމެންނަށް ލިބިފައިވާ ގިނަގުނަ ނިއުމަތްތަކާ މެދު ވިސްނާ ފިކުރުކުރުމެވެ. އެހެނީ ގިނަގިނައިން އަޅުކަމުގައި މަސްއޫލުވެ އުޅުމަކީ ހިތްހަމަ ޖެހުމާއި އުފާވެރިކަން ހަޔާތައް ގެނުވާނޭ ކަމެއްކަމާ މެދު ޝައްކެއް ނެތެވެ. ކަން މިހެން ހުރިނަމަވެސް އަހަރުމެން ގަބޫލު ކުރަންޖެހޭ ހަގީގަތަކީ ކިތަންމެ އަގީދާ ވަރުގަދަ މީހަކަށްވެސް މި ބަލި މެދުވެރި ވެދާނެ ކަމެވެ. ވީމާ ޑިޕްރެޝަން ހުންނަ މީހުންނާ ދިމާލަށް ތިޔައީ އަގީދާ ބަލިކަށިވުމުން ވާ ކަމެކޭ ފަދަ ބަސްތައް ރައްދު ކުރުމުގެ ކުރިން ވިސްނާލަން ވާނެއެވެ.


ނަފްސާނީ ބަލިތަކަކީވެސް އެހެނިހެން ބަލިތަކެކޭ އެއްފަދައިން އެންމެ އެދެވޭ ފަރުވާ ހޯދަންވާނޭ ބަލިތަކެކެވެ. ނަފްސާނީ ބައްޔެއްގެ ސަބަބުން ޑޮކްޓަރެއް، ސައިކޮލޮޖިސްޓެއް ނުވަތަ ކައުންސިލަރެއްގެ ކައިރިއަށް ދިއުމަކީ އެއް ގޮތަކަށްވެސް ޖެހިލުންވާވީ ކަމެއް ނޫނެވެ. ވީމާ ތިމާގެ ގާތް މީހަކަށްވެސް ޑިޕްރެޝަންފަދަ ބައްޔެއްގެ އަލާމާތްތައް ފެންނަނަމް ލަސްނުކޮށް އެންމެ އެދެވޭ އެހީ ހޯދުމަށް ބާރު އަޅާ ސަޕޯޓް ކުރަންވާނެއެވެ.

ބޯޓް: މިއީ އަވަސް އެމްވީ އިން ލިޔެފައިވާ ލިޔުމެއްގެ ނަކަލެކެވެ.

އާއި ބެހޭ އިބްރާހިމް ސިހާމް

މިވެސް ކިއުއްވާލައްވާ

ޤަވައިދުން ކަސްރަތު ކުރުން މުހިންމު!

ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ކަސްރަތު ކުރުމުގެ ބޭނުމަކީ މީހާގެ ބަރުދަން ލުއިކުރުމާއި ހަށިގަނޑުގެ މަސްތައް ވަރުގަދަކޮށް، މީހާގެ ބާރުގަދަ …