ކުއްލި ހަބަރު
ފުރަތަމަ ސަފުހާ / ހަބަރު / ދަނބިދުއަށް އުދަ އަރަނީ

ދަނބިދުއަށް އުދަ އަރަނީ

މިހާރު ރާއްޖެއަށް ކުރަމުން މިދާ ހުޅަނގު މޫސުމީ ވިއްސާރާގައި މޫސުން ގޯސްވެ ކަނޑު ގަދަވުމުގެ ސަބަބުން، ލ.ދަނބިދުއަށް އުދަ އަރަމުން އެބަދެއެވެ.

ރަށުން ދަނބިދޫ.ކޮމް އާއި ވާހަކަދެއްކި ފަރާތަކުން މަޢުލޫމާތު ދިންގޮތުގައި، ރަށުގެ ހުޅަނގު ފަރާތުން އުދަ އަރައި ރަށުގެ އަތިރިމައްޗާއި ރަށުގެ ބޮޑުތަކުރުފާނު މަގުގައި ވަނީ ވަރަށް ބޮޑަށް ފެން ބޮޑުވެފައެވެ. މީގެ އިތުރުން ރަށުގެ ބައެއް ގޯތިތެރެއަށް ލޮނުގަނޑު ވަދެފައިވާކަމަށް އެފަރާތުން މަޢުލޫމާތު ދީފައިވެއެވެ.

އުދަ އަރަމުންދާ ސަރަޙައްދު ހިމާޔަތްކޮށް އުދަ އެރުން ކޮންޓްރޯލް ކުރުމުގެ މަސައްކަތް، ކައުންސިލާއި ރައްޔިތުން ގުޅިގެން މިހާރު ވަނީ ފަށާފައެވެ. އެގޮތުން އުދައަރަމުންދާ ސަރަޙައްދުގައި ވެލިގޯނި ޖެއްސުމުގެ މަސައްކަތް ފިރިހެން ރައްޔިތުން ނިކުމެ،މިހާރު ދަނީ ކުރަމުންނެވެ.

މިދުވަސްކޮޅު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައިގައި ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާ ކޮށްފައެވެ. އަދި ބައެއް ރަށްރަށަށް އަންނަނީ އުދައެރުމުގެ ހާދިސާތައް ކުރިމަތި ވަމުންނެވެ.

އާއި ބެހޭ އިބްރާހިމް ސިހާމް

މިވެސް ކިއުއްވާލައްވާ

ގޯލްޑެން ފުޓްސަލްގެ ގައި ބައިވެރިވާ ދަނބިދޫ ފުޓްސަލް ޓީމަށް ޝާހް އެހީތެރިކަން ފޯރުކޮށްދީފި!

ގޯލްޑެން ފުޓްސަލް ޗެލެންޖް -2024 ގައި ބައިވެރިވާ ދަނބިދޫ ފުޓްސަލް ޓީމަށް ދަނބިދުއަށް އުފަން އިބްރާހިމް ޝާހް ކުޅިވަރުގެ ނަމުން …