ރޯދަަ މަސް ނިމެގެން ދާއިރު ދުވަހެއް ފުރިހަމަ ވާނީ ފަރުމަހެއް ފިހެ ހާރު ދަމަށް އިންސާފު ކޮށްލުމުންނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ހުރިހާ ގޭގައިވެސް ފަރުމަސް ފިހެފައި ހުންނާނެއެވެ.
ރޯދަ މަހުގައި ކާފަޔާ އެކު ރިޔަލު ދޯނީގައި ވަދުއަަަޅަން ދިޔުމަާއި މަސްބާނަން ދިޔުމަކީ އަހަރެން އެންމެ ގަޔާވެގެން ކުރި އެއްކަންތަކެވެ. ފަހަރެއްގައި ކަށީގައި ހިފަާފައި ހުރީމަ ކަމަށްވެސް ވެދާނެ އެވެ. އަހަރެންގެ ދެ ކާފަ އަލްމަރުޙޫމް އަބުދު ﷲ ޢުމަރު (ކަންމަތީގެ) އަދި އިބްރާހިމް އަބުދުއްރަޚުމާނު (ކަށިމާގެ) އަކީވެސް މަސްވެރިކަމަށް ނިކަން ފޯރި ހުންނަ, ކުރިން ކެޔޮޅު ކަމާއި މާލިމީ ކަމަށް ވެސް ރަަށުގައި ނަން މަޝްހޫރު ހީވާގި މުރާލި ދެ ކެޔޮޅުންނެވެ. މަސްހިފުމަށާއި އެން ހިފަން ބޭނުން ކުރާ ދާ ފެހުމަކީވެސް ކާފަމެނަށް ލިިބިފައިވާ ޙާއްސަ ހުނަރެކެވެ. އަހަންނަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ބައްޕަވެސް ކާފަ ކައިރިން ދާ ހަދަން ދަސްކުރުމުވެ. އެގޮތަަށް ދަލުގައި އަސްޖަހަން އުޅޭއިރު ބައްޕަ ކައިރީގައި އަހަރެންވެސް އަތްގާތް ކޮށްދީ އުޅެ ދަލުގައި އަސްޖަހަން ދަސްވިއެވެ. އަހަރެންގެ ގޭގައި މަސް ހިފަން ގެންގުޅޭ ދަލެއް ނުއޮންނަ ހަނދާނެއް ނުވެ އެވެ. އޭގެ އެއް ހެއްކަކީ ގޭގައި ފަރުމަސް ހުސްނުވުމެވެ. އަބަދުވެސް މަސް ހިފާފައި ދަލަށް ވާބައި(މަސްފަތި) ގެޔަށް ލިބެއެވެ.
އަހަރެން ހަނދާން ހުންނަ އިރުންސުރެން ކާފަމެންގޭގައި (ކަންމަތީގެ) ބައްތެއްޔެއް (ރިޔަލު ދޯންޏެއް) އޮވެއެވެ. މި ބައްތެލި ބެލެހެއްޓުން ހަވާލު ކޮށްފައި އޮންނަނީ ބޮޑުބޭބެ އާއެވެ. ކާފަޔާ އެކު ވަދާ ނިކުންނަނީ މެންދުރު ނަމާދު ފަހުންނެވެ. ވަދާ ނިކުމެ ބައްތެލީގެ ދަންމާނަށް ދަމާ ވާންކޮށް ރިޔަލުގައި ވައި ޖެހިލުމާއެކު ރާޅަކަށް ބެލުމެއް ނެތި ރީތިފަރި ދުވެއްޔެއްގައި ފެންކަފާލާފައި ވަދާ އަޅަމުން ބައްތެލި ދުއްވާފައި ދާއިރު ކާފަ އެކިޔާދޭ ހިތްގައިމު ބަނދި ތަކާއި ރައިވަރުތަކުން ދުވަހުގެ ރޯދައިގެ ވަރުބަލިކަން ފިލާދެއެވެ.މިގޮތުން ބައްތެލި އެއްނެރުން ހޭރިޔާ ކޮށް އާނެރާ ހަމަ އަށް ދާއިރު އޮންނަނީ އެ ދުވަހަށް ވާ ވަރަށް މަސް ބޭނިފައެވެ. އެދުވަހު ރަށަށް އާދެވޭއިރު އޮންނަނީ އަސުރުވެގެން ގޮސްފައެވެ. އެހެން ނަމަވެސް ބައެއް ދުވަސް ދުވަހު ވައި ހުއްޓި ފަލިޖަހާފައި ރަށަށް އަންނަން ޖެހޭ ދުވަސްވެސް މަދެއް ނޫނެވެ.
ފުރަތަމަ ސަފުހާ / ރިޕޯޓު / ރޯދަމަހުގެ ހަނދާންތަކުގެ ތެރެއިން. ކާފަޔާ އެކު ރިޔަލު ދޯނީގައި ވަދާ ދަތުރު.
މިވެސް ކިއުއްވާލައްވާ
ދަނބިދުއަށް އުފަން މުޅި ރާއްޖެ ފަޚުރުވެރިވާ ދަރިއެއް އޭރުގެ ޖަމާޢަތުގެ ސިއްޙީ އެހީތެރިއާ ޙަސަން މޫސާ
ފޮޓޯ:ސިހާމް އަޅުގަނޑު ޚާއްޞަ ކޮށްމިލަނީ އެ ބޭފުޅަކަށްޓަކައި އަޅުގަނޑު ފަޚުރުވެރިވާ ލ.ދަނބިދުއަށް ުުއުފަން ޖަމާޢަތުގެ ސިއްޚީ އެހީތެރިޔާ ޙަސަން މޫސާ …