ކުއްލި ހަބަރު
ފުރަތަމަ ސަފުހާ / ހަބަރު / ބައިނަލް އަގްވާމީ އަންހެނުންގެ ދުވަސް ދަނބިދޫ ސްކޫލްގައި ފާހަގަކޮށްފި

ބައިނަލް އަގްވާމީ އަންހެނުންގެ ދުވަސް ދަނބިދޫ ސްކޫލްގައި ފާހަގަކޮށްފި

އަންހެނުންގެ ދުވަސް ފާހަގަ ކުރަން ބޭއްވުނު އެސެމްބްލީ

މި އަހަރުގެ ބައިނަލް އަގްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން 08 މާރޗް 2012 ވަނަ ދުވަހު ދަނބިދޫ ސްކޫލްގެ އަންހެން ބެލެނިވެރިންނާއި ދަނބިދޫ ސްކޫލް ގުޅިގެން ވަރަށް ހާއްސަ އެސެމްބްލީއެއް ބާއްވައިފިއެވެ. މި ދުވަހު ގެ މުނާސަބަތުގައި ސްކޫލްގެ ހުރިހާ އަންހެން ދަރިވަރުން ކިޔަވަން ހާޟިރުވީ ދިވެހިވަންތަކަން ދައްކުވައިދޭ ޘަގާފީ ހެދުމެއްގައެވެ.

މި އެސެމްބްލީގެ ހުރިހާ ކަންތައްތަކެއް ކުރިއަށް ގެންދިޔައީ ބެލެނިވެރިންނެވެ. އޭގެތެރޭގައި ޤުރުއާން ކިޔެވުމާއި ކިޔެވި އާޔަތްތަކުގެ ދިވެހިތަރުޖަމާ ކިޔައިދިނުމާއި ސްކޫލްގެ ދިދަނެގުމާއި އިނގިރޭސި އަދި ދިވެހިބަހުން ދުވަހާއި ގުޅޭގޮތުން ދަރިވަރުންނާއި މުޚާތަބުކޮށް ބެލެނިވެރިން ވާހަކަދެއްކުން ވެސް އޮތެވެ.

ބެލެނިވެރިންގެ ވާހަކައިގައި ގަޢުމެއް ބިނާކުރެވޭނީ ހުރިހާގޮތަކުންވެސް ހޭލުންތެރިވެފައިވާ ބައެއް އުފެއްދިގެންކަން ފާހަގަކޮށް، މި ކުޑަކުޑަ މުޖުތަމަޢުގައި އަދިވެސް ފިރިހެނުންނާއި އަޅާބަލާއިރު،އެކި އެކި ދާއިރާތަކުން އަންހެނުންނަށް ލިބިދީފައިވާ ފުރުސަތުތައް ހަނިކަން ފާހަގަކޮށްފައިވެއެވެ.

އެސެމްބްލީ ނިންމާލީ ހިތުދަސްކުރުމުގެ ބާރާއި، ވިސްނުމުގެ އަވަސްކަމާއި، ހިތުގެ ސާފުކަމާއި ހެޔޮލަފާ އެދުރުންދެއްވުން އެދި ބެލެނިވެރިން ދަރިވަރުންނަށްޓަކައި ކުރި ހާއްސަ ދުޢާއަކުންނެވެ.

 

އާއި ބެހޭ އިބްރާހިމް ރަޝީދު

😂👊

މިވެސް ކިއުއްވާލައްވާ

ގޯލްޑެން ފުޓްސަލްގެ ގައި ބައިވެރިވާ ދަނބިދޫ ފުޓްސަލް ޓީމަށް ޝާހް އެހީތެރިކަން ފޯރުކޮށްދީފި!

ގޯލްޑެން ފުޓްސަލް ޗެލެންޖް -2024 ގައި ބައިވެރިވާ ދަނބިދޫ ފުޓްސަލް ޓީމަށް ދަނބިދުއަށް އުފަން އިބްރާހިމް ޝާހް ކުޅިވަރުގެ ނަމުން …