އަހަރެންގެ އުމުރުން މިހާރު ޒުވާން އުމުރު ގުނަމުން ދާއިރު މާގިނަ ދުވެހެއް ނުވެ މެދު އުމުުރުވެސް ފަހަނަ އަޅައި ހިނގައިދާނެއެވެ. މިހާ ހިސާބަށް އާއިރު ވަރަށް ގިނަ ކަންތައް ވަނީ ތަޖުރިބާ ކުރެވި މާޒީގެ ފަތްފުށްތަކުގައި ރައްކާކުރެވިފައެވެ.އުމުރުގެ ގިނަ ދުވަސްތައް ހޭދަ ކުރެވުނީ މައިންބަފައިން ކައިރީގަ އުފަން ރަށުގައެވެ.ރޯދަ ވިއްލުމަށް މަންމަ ހަދާ މީރު ހެދިކާތަކާ ގާތްތިމާގެ މީހުން ރޯދަ ވީއްލުމަށްދޭ ދަޢުވަތުތަކަކީ އަބަދުވެސް ހަނދާން ނުނެތޭނެ ކަންކަމެވެ. ރޯދަ މަހަކީ އަހަރުމެންނާ ބައްދަލު ކުރާ އަަޅުކަމުގެ މައްސަރެކެވެ. ރޯދަ މަހުގަ އެންމެ ހަނދާން ވަނީ އަސުރު ނަމާދަށް ފަހު އެކުގަ އުޅޭ ކުދިންނާއެކު ކާފަ ރުއްގަނޑަށް ގޮސް ކުރުންބާ އަޅާ ކުރުނބާ މެށުމަށްފަހު އިރު ފެނުޖެހުމުގެ ކުރިން ކުރުނބާ ފިނި ކުރުމަށް ކަންވާރެއްގަ އެއްސުމަށް ފަހު ވަޅަށް ތިރުކުރާ ހަނދާނެވެ. އަދި ތަރާވީސްނަމާދު ކޮށް އަވަދިވުމުން އެންމެ ފުރަތަމަވެސް ދުއްވައިގަންނާނީ ގޭކައިރީ ކުދިން އެއްކޮށްގެން އެކި ކުޅިވަރުތައް ކުޅުމަށްށެވެ. ހިރި ކުޅުމާ,ދިގުދަނޑި,ފަން އަދި ގަނޑިހިލާ ކުޅެ ބޮނޑި ފޮރުވުމަކީ އޭރުގަ އެންމެ ފޯރީގައި ކުޅެ އުޅުނު ކުޅިވަރުތަކެވެ. ރޯދަ މަހުގަ އަހަރެންނަށް ޙާއްސަ އެއްކަމަކީ “ތުންފަހަންބެ އޮޑީގެ ފަޅުވެރިޔެއް” ހަދިޔާ ހިފައިގެން ކޮންމެ ރެޔަކު އަހަރެންނާ ބައްދަލުކުރަން އާދެއެވެ. ފަހުން ހަޤީޤަތް އެނގުނުއިރު “ތުންފަހަންބެ” ވެގެން އަންނަނީ ގެކައިރީގަ އުޅޭ އަވައްޓެރި އެކެވެ.
މިވެސް ކިއުއްވާލައްވާ
ދަނބިދުއަށް އުފަން މުޅި ރާއްޖެ ފަޚުރުވެރިވާ ދަރިއެއް އޭރުގެ ޖަމާޢަތުގެ ސިއްޙީ އެހީތެރިއާ ޙަސަން މޫސާ
ފޮޓޯ:ސިހާމް އަޅުގަނޑު ޚާއްޞަ ކޮށްމިލަނީ އެ ބޭފުޅަކަށްޓަކައި އަޅުގަނޑު ފަޚުރުވެރިވާ ލ.ދަނބިދުއަށް ުުއުފަން ޖަމާޢަތުގެ ސިއްޚީ އެހީތެރިޔާ ޙަސަން މޫސާ …