ކުއްލި ހަބަރު
ފުރަތަމަ ސަފުހާ / ހަބަރު / ރާއްޖޭގައި އަޅާ އެންމެ ބޮޑު ޔުނިވަރސިޓީ ކެމްޕަސް ލާމު އަތޮޅުގައި

ރާއްޖޭގައި އަޅާ އެންމެ ބޮޑު ޔުނިވަރސިޓީ ކެމްޕަސް ލާމު އަތޮޅުގައި

 

ރާއްޖޭގައި އަޅާ އެންމެ ބޮޑު ކެމްޕަސް، ލ. އަތޮޅުގައި އެޅުމަށް ޤައުމީ ޔުނިވަރސިޓީން ނިންމާފައިވުމާއި ގުޅިގެން އެ ކެމްޕަސް އެޅުމަށް ރަށެއް ކަނޑައެޅުމަށް އަތޮޅު ކައުންސިލާއި މަތިކޮށްފައިވާތީ އެކަމަށްޓަކައި ރަށެއް ކަނޑައެޅުމަށް މިއަދު ކައުންސިލް އިދާރާގައި ނެގި ވޯޓުގެ ނަތީޖާ ބުރަވެފައިވަނީ ބަރެސްދޫގައި ކެމްޕަސް އެޅުމަށްކަމަށް އެލް.އޭ ނިއުސް އަށް މަޢުލޫމާތު ލިބިއްޖެއެވެ.

މިއަދު ހެނދުނު އަތޮޅު ކައުންސިލް އިދާރާގައި ކުރިއަށް ދިޔަ ވޯޓް ނެގުމުގައި އަތޮޅު ކައުންސިލަރުންގެ އިތުރުން އަތޮޅުގެ ރަށްރަށުގެ ކައުންސިލަރުންވެސް ބައިވެރިކޮށްފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

ޔުނިވަސިޓީން ގާއިމުކުރާ މި ހިޔާލީ ކެމްޕަސް އަޅަން ލ. އަތޮޅުގެ ތިން ރަށެއް މިހާރު ވަނީ ޝޯޓް ލިސްޓުކޮށްފައިވެއެވެ. އެ ތިން ރަށަކީ ގަން، ފޮނަދޫ އަދި ބަރެސްދުއެވެ.

ޔުނިވަސިޓީން އެންމެ ބޮޑަށް ބޭނުންވަނީ ބަރެސްދޫގައި މި ކެމްޕަސް އެޅުމަށްކަމަށް މަޢުލޫމަތު ލިބިފައިވެއެވެ. އެއީ ރާއްޖޭގެ ޖޯގްރަފީ އާއި ސަގާފަތާ ގުޅޭ ގޮތަކަށް ޔުނިވަސިޓީ އަށް ވަކި ރަށެއް އޮތުމާއި މުސްތަގުބަލްގައި އެތަން ބޮޑުކުރަން އެކަށީގެންވާ ޖާގަ ވެސް އޮންނާނެތީ ކަމަށް ބެލެވެއެވެ. އަދި މުސްތަގްބަލުގައި ޔުނިވަސިޓީ އަށް އާމްދަނީއެއް ލިބޭނެ ގޮތަކަށް، ރިސޯޓެއް ފަދަ ތަނެއް ތަރައްގީކޮށް ކެމްޕަހަށް ފައިސާ ހޯދޭނެ މަގުފަހިވުމާއި، ރިސާޗް ކުރާ މީހުންނާއި އިންޓަނޭޝަނަލް ދަރިވަރުންގެ މާކެޓް ހުޅުވުމުގެ ފުރުސަތު ވެސް އޮންނާނެތީކަމަށް ބެލެވެއެވެ.

ރިފަރެންސް: ( ލާމުއެޓޯލް ނިއުސް)

އާއި ބެހޭ އިބްރާހިމް ރަޝީދު

😂👊

މިވެސް ކިއުއްވާލައްވާ

ލ.އަތޮޅު އިސްދޫގައިި ހުންނަ ބޮޑު ހައްތެއްޔަށް އަަަަަަަަަަަރާފިންތަ؟

ފޮޓޯ ހާމް ފޮޓޯސް. ލ.އަތޮޅު އިސްދޫ އުތުރު ފަރާތު ގޮނޑު ދޮށުގައި ގާތްގަނޑަކަށް 450 ފޫޓް ދުރުގައި އޮންނަ އުސްގަނޑަށް …

Leave a Reply

Your email address will not be published. Required fields are marked *