ކުއްލި ހަބަރު
ފުރަތަމަ ސަފުހާ / ހަބަރު / އައި.ޑީ.ކިޔު އިން ކުރިއަށް ގެންދިޔަ ޤިރާއަތު ކޯސް ލެވެލް 2 ފުރިހަމަ ކުރި ބައިވެރިންނަށް ސަނަދު ދީފި

އައި.ޑީ.ކިޔު އިން ކުރިއަށް ގެންދިޔަ ޤިރާއަތު ކޯސް ލެވެލް 2 ފުރިހަމަ ކުރި ބައިވެރިންނަށް ސަނަދު ދީފި

އިންސްޓިޓިއުޓް އޮފް ދާރުލް ޤުރްއާން (އައި.ޑީ.ކިޔު) އިން ލ. ދަނބިދޫ، ކަލައިދޫ އަދި އިސްދޫގައި ކުރިޔަށް ގެންދިޔަ ޤިރާއަތު ކޯސް ލެވެލް 2 ފުރިހަމަކުރި ބައިވެރިންނަށް ސަނަދު ދީފިއެވެ.
ރޭ ލ. ދަނބިދޫ ސްކޫލް ހޯލްގައި ބޭއްވި ރަސްމިއްޔާތު ފެށިގެން ދިޔައީ ކޯހުގެ ބައިވެރިއެއް ކަމުގައިވާ ލ. ދަނބިދޫ ހުދުވެލި، ޢާއިޝަތު ޢަލީގެ ޤުރްއާން ކިޔެވުމުންނެވެ. އަދި ޤުރްއާންގެ ތަރުޖަމާ އިއްވަވާ ދެއްވީ ކޯހުގެ ބައިވެރިއެއް ކަމުގައިވާ ލ. ކަލައިދޫ ތުނިޔަ، ފާޠިމަތު ޝަޒުލާއެވެ. ރަސްމިއްޔާތު ތަޢާރަފް ކޮށްދެއްވީ ލެވެލް 1 ގެ ބައިވެރިއެއް ކަމަށްވާ ލ. ދަނބިދޫ ވައިފިލާގޭ ސަމާ ޢަބްދުއްލަޠީފެވެ. އަދި ކޯސް ފުރިހަމަކުރި ބައިވެރިންނަށް ސަނަދު ޙަވާލުކޮށްދެއްވީ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވި، އައްޝައިޚް މުޙައްމަދު ޙަލީމް (މާރެސް ޙަލީމް) އެވެ. މީގެ އިތުރުން ރަށުގެ މުއައްސާސާ ތަކުގެ އިސް ބައެއް ބޭފުޅުންވެސް ވަނީ ކޯހުގެ ބައިވެރިންނާއި ސަނަދު ޙަވާލުކޮށްފައެވެ.


15 ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި 40 ބައިވެރިންވަނީ ރޭގެ ރަސްމިއްޔާތުގައި ސަނަދު ހާޞިލް ކޮށްފައެވެ. މީގެ އިތުރުން ކޮންމެ ބެޗަކުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ އަށް ދިޔަ ދަރިވަރުންނަށާއި އަދި މުޅި ކޯހުން (ތިން ރަށް އެއްކޮށް) 1 ވަނަ، 2 ވަނަ އަދި 3 ވަނައަށް ދިޔަ ދަރިވަރުންނަށްވެސް ވަނީ ސަނަދު ޙަވާލުކޮށްފައެވެ.


ލ. ދަނބިދޫ ބެޗުން ވަނަތަށް ހާޞިލްކޮށްފައިވަނީ:
• އެއްވަނަ: ޢާއިޝަތު ޢަލީ – ހުދުވެލި / ލ. ދަނބިދޫ
• ދެވަނަ: ފާޠިމަތު ޢާމިރާ – ވާދީ / ލ. ދަނބިދޫ
• ތިންވަނަ: ސަޢުދިއްޔާ އިބްރާހީމް – ދޫރެސް / ލ. ދަނބިދޫ އަދި ޒުލައިޚާ އިބްރާހީމް – ވެސްޓްރީ / ލ. ދަނބިދޫ
ލ. ކަލައިދޫ ބެޗުން ވަނަތަށް ހާޞިލްކޮށްފައިވަނީ:
• އެއްވަނަ: ފާޠިމަތު ޙުސައިން – ކުދިފޭރުވާދީ / ލ. ކަލައިދޫ
• ދެވަނަ: ފާޠިމަތު ޝަޒުލާ – ތުނިޔަ / ލ. ކަލައިދޫ
• ތިންވަނަ: ޢާޞިމާ މޫސާ – މޫނިމާގެ / ލ. ކަލައިދޫ އަދި ރުޤިއްޔާ ޙުސައިން – ފިތުރޯނުގެ / ލ. ކަލައިދޫ
ލ. އިސްދޫ ބެޗުން ވަނަތަށް ހާޞިލްކޮށްފައިވަނީ:
• އެއްވަނަ: ޢާއިޝަތު ސަނީމާ – ރޯޒަރީ / ލ. އިސްދޫ
• ދެވަނަ: ޚުޒާމަތު ތައުފީޤް – މާކޯނި / ލ. އިސްދޫ
• ތިންވަނަ: އާމިނަތު ސަނޫރާ – ޑޭޒީރޯސް / ލ. އިސްދޫ
މުޅި ކޯހުން (ތިން ބެޗް އެއްކޮށް) ވަނަތަށް ހާޞިލްކޮށްފައިވަނީ:
• އެއްވަނަ: ޢާއިޝަތު ޢަލީ – ހުދުވެލި / ލ. ދަނބިދޫ
• ދެވަނަ: ފާޠިމަތު ޢާމިރާ – ވާދީ / ލ. ދަނބިދޫ
• ފާޠިމަތު ޙުސައިން – ކުދިފޭރުވާދީ / ލ. ކަލައިދޫ


ރޭގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި އައްޝައިޚް މުޙައްމަދު ޙަލީމް ޙާޟިރީންނާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅު އަލިއަޅުވާލައިފައިވަނީ ތަޖުވީދުގެ ހަމަތަކާއި އެއްގޮތްވާ ގޮތުގެ މަތިން ޤުރްއާން ކިޔެވުމުގެ މުހިއްމު ކަމުގެ މައްޗަށްށާއި، އަދި ޤުރްއާނަށް ޢަމަލު ކުރުމުގެ މުހިއްމުކަމުގެ މައްޗަށްށެވެ. އަދި ޤުރްއާނަކީ ހަމައެކަނި ދެލިގަނޑު ކިޔެވުމަށް ބާވައިލެއްވި ފޮތެއް ނޫންކަމަށާއި އެއީ އެފޮތް ކިޔެވުމާއެކު އެއަށް ޢަމަލު ކުރުމަށް ބާވައިލެއްވި ފޮތެއް ކަމަށް ވިދާޅުވިއެވެ. މިގޮތުން ތަފާތު މިސާލުތައް ބަޔާން ކުރެއްވިއެވެ.
ރަސްމިއްޔާތުގައި ޝުކުރު ދެންނެވުމުގެ ގޮތުން ވާހަކަފުޅު ދެއްކެވީ އައި.ޑީ.ކިޔުގެ ވެރިޔާ ޢަލީ ޝަރީފް މުޙައްމަދެވެ. ވެރިޔާގެ ވާހަކަފުޅުގައި މި ކޯސް އިންތިޒާމްކޮށް ހިންގެވުމުގައި އެހީތެރިވެ ވަޑައިގެންނެވި ފަރާތްތަކަށާއި، ކޯހުގެ ބައިވެރިންނާއި، ރަސްމިއްޔާތަށް ޙާޟިރުވެ ތިއްބެވި ޢިއްޒަތްތެރިންނާއި އެހެނިހެން ޙާޟިރީންނަށް ޝުކުރު ދެންނެވިއެވެ. އަދި އައްޝައިޚް މުޙައްމަދު ޙަލީމް ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެން ދެއްވިކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.


އިންސްޓިޓިއުޓް އޮފް ދާރުލް ޤުރްއާނުން ރާއްޖޭގެ އެކި ރަށްތަކުގައި ކުޑަކުދީންނާއި ބޮޑެތި މީހުންނަށް ތަޖުވީދުގެ ހަމަތަކާއި އެއްގޮތްވާގޮތުގެ މަތިން ކީރިތި ޤުރްއާން ކިޔަވަން ދަސްކޮށްދިނުމާއި މުޖުތަމައުގެ އަފުރާދުންގެ މެދުގައި ދީނީ ކަންކަމަށް ހޭލުންތެރިކުރުވުމާއި، އަހުލުވެރި ކުރުމުގެ ޕްރޮގްރާމްތައް ދަނީ ހިންގަމުންނެވެ. އެގޮތުން 2017 ވަނަ އަހަރުން ފެށިގެން ލ. އަތޮޅުގެ ރަށްތަކުގައިވެސް ޤުރްއާންގެ ދާއިރާގެ ޕްރޮގްރާމްތަށް އައި.ޑީ.ކިޔު އިން ދަނީ ހިންގަމުންނެވެ.
މި ކޯސްތަކަކީ އިންސްޓިޓިއުޓް އޮފް ދާރުލް ޤުރްއާނުން ފަރުމާކޮށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) ގެ ހުއްދަ އާއިއެކު ހިންގާ ކޯސްތަކެކެވެެ.

އާއި ބެހޭ އިބްރާހިމް ސިހާމް

މިވެސް ކިއުއްވާލައްވާ

ގޯލްޑެން ފުޓްސަލްގެ ގައި ބައިވެރިވާ ދަނބިދޫ ފުޓްސަލް ޓީމަށް ޝާހް އެހީތެރިކަން ފޯރުކޮށްދީފި!

ގޯލްޑެން ފުޓްސަލް ޗެލެންޖް -2024 ގައި ބައިވެރިވާ ދަނބިދޫ ފުޓްސަލް ޓީމަށް ދަނބިދުއަށް އުފަން އިބްރާހިމް ޝާހް ކުޅިވަރުގެ ނަމުން …