ލ.އަތޮޅު އިސްދޫ އުތުރު ފަރާތު ގޮނޑު ދޮށުގައި ގާތްގަނޑަކަށް 450 ފޫޓް ދުރުގައި އޮންނަ އުސްގަނޑަށް “އިސްދޫ ބޮޑު ހައްތެލި ” ކިޔައެވެ. މިތަނުގެ ވަށަމިނުގައި 360 ފޫޓް އަދި އުސް މިނުގައި 45 ފޫޓް ހުރެއެވެ. މިއީ ބުޑިސްޓު ދީނުގެ އެކުވެންޏެއްކަމަށްވެއެވެ. މި ހައްތެލި އަާ ގާތްގަނޑަކަށް 112 ފޫޓް ދުރުގައި “އިސްދޫ ކުޑަ ހައްތެލި” ކިޔާތަނެއްވެސް ހުރެއެވެ. އެ ސަރަޙައްދުގެ މުއްޔާ ހަމައަށް ރާޅުއަރާ ގިރާލުމުގެ ސަބަބުން އެ ސަރަޙައްދު ނެތިގެން ދިޔަ ނުދިނުމަށްޓަކައި ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން އިސްނަގައިގެން 2002 ވަނަ އަހަރުގެ ޖުލައިމަހުގެ ތެރޭގައި އެސަރަހައްދާ ދިމާ މޫދުގައި 500 ފޫޓުގެ ތޮށިގަނޑެއް ލައިފައި ވެއެވެ.
އިސްދޫ ހައްތެލި ނުވަތަ ހަވިއްތަ އަކީ ރާއްޖޭގައި ވެސް ހުރި މިފަދަ ދެ ހައްތެލި ތަކުގެ ތެރެއިން އެއް ހައްތެއްޔެވެ. އިސްދޫ ބޮޑު ހައްތެއްޔާއި އިސްދޫ ކުޑަ ހައްތެއްޔަކީ ރާއްޖޭގެ އެންމެ އެވޭލާ ތާރީޚް ފަސް އެޅި ފޮރުވިފައިވާ އެންމެ މުހިންމު އެއް ތާރީޚީ ބިނާއެވެ.
އިސްދޫ ހައްތެއްޔަކީ ބުނެވޭ ގޮތުގައި ރާއްޖެ އިސްލާމްވި އިރު ބުދު ފައްޅިއެއް ހުރި ތަނެކެވެ. އިސްދޫ މީހުން އިސްލާމްދީން ގަބޫލު ކުރުމަށް ފަހު މައްޗަށް ވެލި އަޅާ އެހައްތެލި ފޮރުވާލިއެވެ. އިސްދޫގެ އުތުރު ކޮޅުގައި ފުއްޓަރު ފަރާތައް ވާގޮތައް ހުރި މި ހައްތެލި ހިމާޔަތްކޮށް ރައްކާތެރި ކުރުމަށް މީގެ ކުރިން ހާއްސަ މަސައްކަތްތަކެއް ކުރެވުނު ނަމަވެސް މިއަދު އިސްދޫ ހައްތެލި ހިމާޔަތް ކުރަން އެއްވެސް މަސައްކަތެއް ނުކުރެވެއެވެ.