މިއަދު ހެނދުނު 10:30 ގައި ދަނބިދޫ ސްކޫލުގައި ބޭއްވި ދަނބިދޫ ކައުންސިލަރުން ހުވާކުރުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުން އިޤްރާރުވުމުގެ ދަރުބާރުގައި ޤުރްއާންގެ ބަރަކާތުން ފައްޓަވައި ދެއްވީ ދަނބިދޫ ކައުންސިލްގެ އެޑްމިނިސްޓުރޭޓިވް އޮފިސަރ ފާތިމަތު ހަމްދާއެވެ.
މިދަރުބާރު ތަޢާރުފް ކޮށްދެއްވީ ލ. ދަނބިދޫ ކައުންސިލް އިދާރާގެ ވަގުތީ ސެކްރެޓަރީ ޖެނަރަލް އިބްރާހިމް ރަޝީދެވެ.
ކައުންސިލް މެންބަރުންނަށް ހުވައި ލައިދެއްވީ ލ.މާބައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އީސާ ފިރާޤް މޫސާއެވެ. ހުވާ ކުރެއްވުމަށްފަހު ހުވައިގެ އިޤްރާރުގައި ހުރިހާ މެމްބަރުން ސޮއި ކުރެއްވި އެވެ.
ދަނބިދޫ ކައުންސިލްގެ ހަތަރު ވަނަ ދައުރަށް އިންތިޚާބު ވެފައިވަނީ
ދަނބިދޫ ކައުންސިލްގެ ރައީސް
- އިބްރާހިމް މިމްޜާހް ފާހި ލ.ދަނބިދޫ (އެމްޑީޕީ)
ކައުންސިލްގެ މެންބަރުންނަކީ
- ޙުސެއިން ފަޒީލް އަލިވާ ލ.ދަނބިދޫ (ޕީޕީއެމް).
- އަޙްމަދު ރަޝީދު ނޫރު ލ.ދަނބިދޫ (އެމްޑީޕީ).
އަންހެން ދެ މެންބަރުންނަކީ
- ޚަދީޖާ އިސްމާޢީލް ދެކުނުގެ ލ.ދަނބިދޫ (އަމިއްލަ)
- ޒުބޭދާ އަޙްމަދު އުދަރެސް ލ.ދަނބިދޫ (ޕީޕީއެމް)
ދެން އެއަށްފަހު ކުރިޔަށް ދިޔައީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުން އިޤްރާރުގައި ސޮއި ކުރުމެވެ.
އ.ތ.މ ކޮމެޓީގެ މެންބަރުންނަކީ
- ރޯޒީ އިބްރާހިމް ވީނަސް/ ލ.ދަނބިދޫ (ޕީ.ޕީ.އެމް)
- ޢާއިޝަތު ނަޒީހާ ފިތުރޯނުގެ / ލ.ދަނބިދޫ (އެމް.ޑީ.ޕީ)
- ޢާއިޝަތު މަޢުޞޫމާ ދިލްބަހާރުގެ / ލ.ދަނބިދޫ (އެމް.ޑި.ޕީ)
- ސަޢުދިއްޔާ އިބްރާހިމް ދޫރެސް / ލ.ދަނބިދޫ (ޕީ.ޕީ.އެމް)
- އާމިނަތު ވަޙީދާ ކުޑަދަހަރާގެ / ލ.ދަނބިދޫ (އެމް.ޑީ.ޕީ)
ޤައުމީސަލާމުން ނިމުނު މިރަސްމިއްޔާތުގައި ،ދަނބިދޫ ކައުންސިލްގެ ވޭތުވެ ދިޔަ ދައުރުގެ މެންބަރުންނާއި، ކައުންސިލް އިދާރާގެ މުވައްޒަފުންނާއި، އަލަށް އިންތިޚާބުވި މެންބަރުންނާއި،ވޭތުވެދިޔަ އ.ތ.މ ކޮމެޓީގެ މެންބަރުންނާއި، އަލަށް އިންތިޚާބުވި ކޮމެޓީގެ މެންބަރުން ބައިވެރިވިއެވެ.