ހައްދުންމަތީ ސްކޫލްތަކުގެ މެދުގައި ކުޅެވޭ ޝީޝާ ލާމަސީލު ލާމު އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި ދަނބިދޫ ސްކޫލް އާއި ކަލައިދޫ ސްކޫލް ބައްދަލު ކުރި މެޗަށްފަހު ދަނބިދޫ ސްކޫލްގެ ސަޕޯޓަރުން ދެއްކި ރީތި ނާމޫނާ ގިނަބައެއްގެ ތައުރީފު ލިބެމުން އެބަދެއެވެ
އެގޮތުން މީސްމީޑިއާގަ މިހާރު ދައުރުވަމުންދާ ފޮޓޯ ގައި ލިޔެފައިވާނީ” ދަނބިދޫ ސްކޫލްން މިރޭވެސް ނަމުން ދައްކައިފި ކަމަށްށެވެ. އަދި މެޗު ނިމުމުން ސަޕޯޓަރުން ސިޑިބަރި ދޫކޮށްދިއަައީ ސިޑިބަރި ސާފުކޮށްފަ! އަދި ދަނބިދޫ ސްކޫލްގެ ސަޕޯޓަރުންނަށް ޝުކުރިއްޔާ! މިހެން ހުސެން ހަބީބުގެ މީސްމީޑިއާގަައި ލިޔެފަވެއެވެ.
މެޗު ނިމުމާއެކެ ތަން ދޫކޮށް ދިޔުމުގެ ބަދަލުގައި ދަނބިދޫ ސްކޫލް ޓީމަށް ތަރުހީބު ދިނުމަށް އައިސްތިބި ސްކޫލްގެ ބެލެވެރިންނާއި ދަރިވަރުން އަވަސްވެ ގަތީ ތިބި ސިޑިބަރި ސާފު ކުރުމަށްށެވެ.މި ފެނިގެންދިޔައީ ކިހާރީތި ނަމޫނާއެއްތޯއެވެ. އަހަރުމެންގެ މާހައުލު ރީތިކޮށް ބޭއްވުމަކީ ހަމަ އަހަރުމެންގެވެސް ފަރުދީ ޒިންމާއެކެވެ. ތަނެއް ސާފުތާހިރު ކޮށް ބޭއްވީމަ އެލިބޭ ހިތްހަމަޖެހުން ބޮޑެވެ.
އަދި މި މަންޒަރު ފެނުނު މީހަކު ބުނިގޮތުގައި ” މިއީ ދަނބިދޫ މެޗެއް އޮންނަ ކޮންމެ ރެއެއްގެވެސް އާދަ! މި މަންޒަރު ފެނުމުން އުފަލުން ފޮޅުނުކަމަށެވެ. އަދި ބެލެނިވެރިންނާއި ސަޕޯޓަރުންނަށް ޝުކުރު އަދާކުރިއެވެ.