ކުއްލި ހަބަރު
ފުރަތަމަ ސަފުހާ / ހަބަރު / ދަނބިދޫ ސްކޫލް ގެ ދެވަނަ މެޗްއިން މޮޅުވެ މުބާރާތަށް ކުރާ އުންމީދު ބޮޑުކޮށްފި!

ދަނބިދޫ ސްކޫލް ގެ ދެވަނަ މެޗްއިން މޮޅުވެ މުބާރާތަށް ކުރާ އުންމީދު ބޮޑުކޮށްފި!

ހައްދުންމަތީ ސްކޫލްތަކުގެ މެދުގައި ކުޅެވޭ ޝީޝާ ލާމަސީލު ލާމު އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި މިރޭ ދަނބިދޫ ސްކޫލް އަދި ކަލައިދޫ ސްކޫލް ބައްދަލު ކުރި މެޗް ދަނބިދޫ ސްކޫލް 5- 1 ގެ ނަތީޖާއިން މެޗް ކާމިޔާބު ކޮށްފި!

ލ. ގަމު ޒޯން ސްޓޭޑިއަމްގައި ކުޅުނު މެޗްގެ ކުރީކޮޅުގައި ދަނބިދޫ ސްކޫލް އިން އަހުމަދު ރުވާއު ލަނޑެއް ޖަހާ ކުރި ހޯދިނަމެސް ކަލައިދޫ ޓީމް އިން ލިބުނު ޕެނަލްޓީއަކުން ނަތީޖާ 1-1 އަކުން އެއްވަރު ކުރިއެވެ. ފުރަތަމަ ހާފްގައި ދަނބިދޫ އިން ލީޑް ނަގައި ކުރިހޯދި، މިލަނޑު ދަނބިދޫ ސްކޫލް ޓީމަށް ކާމިޔާބު ކޮށްދިނީ އަހުމަދު ރުވާއު! ފުރަތަމަ ހާފް ނިމިގެންދިޔައީ 2-1 ދަނބިދޫ ސްކޫލް ކުރީގައި އޮވެގެންނެވެ. މިރޭގެ މެޗުގައި ދަނބިދޫ ސްކޫލްއިން ވަނީ މޮޅަށް ކުޅެ ނަތީޖާ ނެރެފައެވެ. މި މޮޅާ އެކު ދަނބިދޫ ސުކޫލް އިން މިމުބާރާތަށް ކުރާ އުންމީދުވަނީ އާވެފަ އެވެ.

ދެވަނަ ހާފްގައި ދަނބިދޫ ސުކޫލް އިން މޮޅަށް ކުޅެ އަހަމަދު ރުވާއު ވަނީ އިތުރު 2ލަނޑު ޖަހާ މެޗުގެ ނަތީޖާ 4-1 ލީޑު ނަގާދީފައެވެ.ދަނބިދޫ ސްކޫލްގެ 5ވަނަ ލަނޑު ޖަހާ ނަތީޖާ 5-1 ބަދަލު ކޮށްދިނީ މާލްއެވެ

މިރޭގެ މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާއަކަށް ހޮވިފައިވަނީ މެޗުގައި މޮޅުކުޅުމެއް ދެއްކި 4ލަނޑު ޖަހާދިން ދަނބިދޫ ސްކޫލްގެ ޖާޒީ ނަންބަރު 7 އަހުމަދު ރުވާއުއެވެ.

މި މުބާރާތުގައި ދަނބިދޫ ސްކޫލް އިން ކުޅުނު ފުރަތަމަ މެޗު ލ.އަތޮޅު ތައުލީމީ މަރުކަޒުއާ ވާދަކޮށް 3-0 ނަތީޖާއިން ވަނީ ބަލިވެފައެވެ.

ދަނބިދޫ ސްކޫލް ދެން ބައްދަލު ކުރާނީ ހޯމަ ދުވަހުގެ ރޭ އިސްދޫ ސްކޫލް އާ ދެކޮޅަށެވެ.

ލ. އަތޮޅު ކައުންސިލްގެ މިއަހަރުގެ ލާމަސީލު ލާމު އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ޝީޝާ ޕްރައިވެޓް ލިމިޓެޑެވެ.

އާއި ބެހޭ އިބްރާހިމް ސިހާމް

މިވެސް ކިއުއްވާލައްވާ

ގޯލްޑެން ފުޓްސަލްގެ ގައި ބައިވެރިވާ ދަނބިދޫ ފުޓްސަލް ޓީމަށް ޝާހް އެހީތެރިކަން ފޯރުކޮށްދީފި!

ގޯލްޑެން ފުޓްސަލް ޗެލެންޖް -2024 ގައި ބައިވެރިވާ ދަނބިދޫ ފުޓްސަލް ޓީމަށް ދަނބިދުއަށް އުފަން އިބްރާހިމް ޝާހް ކުޅިވަރުގެ ނަމުން …