ކުއްލި ހަބަރު
ފުރަތަމަ ސަފުހާ / ހަބަރު / ދަނބިދޫ ކައުންސިލްގެ 2ވަނަ މިނިވަން ފުޓްސަލް މުބާރާތް ފަށައިފި

ދަނބިދޫ ކައުންސިލްގެ 2ވަނަ މިނިވަން ފުޓްސަލް މުބާރާތް ފަށައިފި

52ވަނަ މިނިވަން ދުވަހާ ގުޅިގެން ދަނބިދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ “ދަނބިދޫ ކައުންސިލްގެ 2 ވަނަ  ފުޓްސަލް މުބާރާތް 2017” އިއްޔެ ފަށައިފިއެވެ.

މި މުބާރާތް ހުޅުވައިދެއްވީ ޝަރަފްވެރި މެހްމާނު އިސްދޫ ދާއިރާގެ އަތޮޅު ކައުންސިލް މެންބަރ ޙުސައިން ނައީސް އެވެ. މި މުބާރާތުގައި ޖުމްލަ ފަސް ޓީމް ވާދަކުރެއެވެ. އެއީ ކުލަބް އެސްޓަޑޮސް އާއި ސިއްސުވާލި އާއި އެމް އެސް އެފް އާއި ވައިލެޓް ކަންމަތި އަދި އެފް ސީ ތޭހަޓް އެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ސިއްސުވާލި އަތުން ކުލަބް އެސްޓަޑޮސް ވަނީ 8-1 އިން މޮޅުވެފަ އެވެ. މި މެޗުގައި ކުލަބު އެސްޓަޑޮސްގެ އަލީ އިރުފާދު އަދި އަބުދުﷲ ޙަސީބް ވާނީ 4ލަނޑު ޖަހައިފައެވެ. ސިއްސުވާލި ގެ ހަމައެކަނި ލަނޑު ޖަހާފައިވަނީ ޔޫސުފް އަސްރަފްއެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކުލަބް އެސްޓަޑޮސް ގެ އަބްދުﷲ ޙަސީބްއެވެ.

ދެވަނަ މެޗުގައި ވައިލެޓް ކަންމަތި އާއި އެމް އެސް އެފް ބައްދަލުކުރި މެޗު ނިމުނީ 1-1 ނަތީޖާއިންނެވެ. ވައިލަޓްް ކަންމަތި ޓީމުން އަޒީމް ލަނޑުޖަހައި މެޗްގެ ލީޑު ނަގައިފާ ވަނިކޮށް ފަހަތުން އަރާ ނަތީޖާ އެއްވަރު ކޮށްދިނީ  އައިމަން އަހުމަދު އެވެ

މުބާރާތުގައ މިިއަދު ހަވީރު ދެމެޗެއް ކުޅޭނެ ފުރަތަމަ ބައްދަލުކުރާނީ އެފް ސީ ތޭހަޓް އާއި ވައިލެޓް ކަންމަތި، ދެވަނަ މެޗުގައި ބައްދަލުކުރާނީ ކުލަބް އެސްޓަޑޮސް އާއި އެމް އެސް އެފްއެވެ.

އާއި ބެހޭ އިބްރާހިމް ސިހާމް

މިވެސް ކިއުއްވާލައްވާ

ގޯލްޑެން ފުޓްސަލްގެ ގައި ބައިވެރިވާ ދަނބިދޫ ފުޓްސަލް ޓީމަށް ޝާހް އެހީތެރިކަން ފޯރުކޮށްދީފި!

ގޯލްޑެން ފުޓްސަލް ޗެލެންޖް -2024 ގައި ބައިވެރިވާ ދަނބިދޫ ފުޓްސަލް ޓީމަށް ދަނބިދުއަށް އުފަން އިބްރާހިމް ޝާހް ކުޅިވަރުގެ ނަމުން …