ކުއްލި ހަބަރު
ފުރަތަމަ ސަފުހާ / ހަބަރު / ދަނބިދޫ ސްކޫލްގެ ތިންވަނަ މެޗުއިން މޮޅުވެ ސެމީގެ އުންމީދު އާކޮށްފި!

ދަނބިދޫ ސްކޫލްގެ ތިންވަނަ މެޗުއިން މޮޅުވެ ސެމީގެ އުންމީދު އާކޮށްފި!

ހައްދުންމަތީ ސްކޫލްތަކުގެ މެދުގައި ކުޅެވޭ ޝީޝާ ލާމަސީލު ލާމު އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި މިރޭ ދަނބިދޫ ސްކޫލް އަދި އިސްދޫ ސްކޫލް ބައްދަލު ކުރި މެޗް ދަނބިދޫ ސްކޫލް 3-1 ގެ ނަތީޖާއިން މެޗް ކާމިޔާބު ކޮށް ސެމީފައިނަލްގެ އުންމީދު އާކޮށްފިއެވެ. މިއީ ދަނބިދޫ ސްކޫލް މި މުބާރާތުގައި ކުޅޭ 3ވަނަ މެޗެވެ.

ދަނބިދޫ ސްކޫލްގެ ފުރަތަމަ އެގާރަ

ލ. ގަމު ޒޯން ސްޓޭޑިއަމްގައި ކުޅުނު މެޗްގައި ދަނބިދޫ ސްކޫލް އިން މެޗުގެ 24މިނެޓްގައި ފުރަތަމަ ލަނޑު ޖެހީ ލިބުނު ޕެނަލްޓީއަކުން މުބާރާތުގައި މޮޅުކުޅުމެއް ދައްކަމުން އަންނަ ޖޯޒީ ނަންބަރު 7 ފޯވާޑް އަހުމަދު ރުވާއުއެވެ. އޭގެ 2މިނެޓްފަހުން 26ވަނަ މިނެޓުގައި ދަނބިދޫ ސްކޫލްގެ ޖޯޒީ ނަންބަރު 19 އަހުމަދު އައްޔާނު އިތުރު ލަނޑެއް ކާމިޔާބު ކޮށް 2-0 ގެ ލީޑަކާއެކު މެޗުގެ ފުރަތަަމަ ހާފް ނިންމާލި އެވެ. ދެވަނަ ހާފް ފެށިގެން މެޗުގެ 45 ވަނަ މިނެޓުގައި ދަނބިދޫ ސްކޫލް އިން އިތުރު ލަނޑެއް ޖަހައި މެޗުގެ ނަތީޖާ 3-0 ލީޑެއް ނެގި އެވެ. މި ލަނޑު ދަނބިދޫ ސްކޫލް ޓީމަށް ކާމިޔާބު ކޮށްދިނީ މެޗު މޮޅުވުމަށް މުހިންމު ދައުރެއް އަދާކުރި ޖޯޒީ ނަންބަރު 10 މުހައްމަދު ޚަލަފްއެވެ. މެޗުގައި އިސްދޫ ސްކޫލް އިން ޖެހި ހަމަ އެކަނި ލަނޑު 64ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށް ދިނީ ހޫދު އަހުމަދެވެ. މެޗު ނިމިގެން ދިއައީ ދަނބިދޫ 3-1 ގެ ނަތީޖާއިން މޮޅުވެގެންނެވެ.

މިރޭ ކުޅުނު މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާ އަކަށް ހޮވިފައިވާނިީ ދަނބިދޫ ސްކޫލްގެ ޖޯޒީ ނަންބަރު 10 މުހައްމަދު ޚަލަފްއެވެ.

މިރޭގެ މެޗުއިން މޮޅުވުމާއެކު ދަނބިދޫ ސްކޫލްއިން ވަނީ ގުރޫޕް ބީގެ ދެވެނަ އަށް ޖެހިލާފައެވެ. އަދި ގުރޫޕް ބީގެ އެއްވަނައިގެ ގޮތުގައި އޮތީ ލ.އަތޮޅު ތައުލީމީ މަރުކަޒެވެ. މީގެ އިތުރުން ގުރޫޕް އޭގެ އެއްވަނައިގައި ޚަމަދު ސްކޫލް އޮތްއިރު ދެވަނައިގައި އޮތީ މާމެންދޫ ސްކޫލެވެ.

މުބާރާތުގައި ގުރޫޕް ސްޓޭޖު ފަހު މެޗުގައި ދަނބިދޫ ސްކޫލް ނިކުންނާނީ އަންނަ ބުދަ ދުވަހުގެ ރޭ އިހައްދޫ ސްކޫލް ދެކޮޅަށްށެވެ.

ލ. އަތޮޅު ކައުންސިލްގެ މިއަހަރުގެ ލާމަސީލު ލާމު އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ޝީޝާ ޕްރައިވެޓް ލިމިޓެޑެވެ.

ގުރޫޕް ސްޓޭޖް މިވަގުތު ޓޭބަލް

އާއި ބެހޭ އިބްރާހިމް ސިހާމް

މިވެސް ކިއުއްވާލައްވާ

ގޯލްޑެން ފުޓްސަލްގެ ގައި ބައިވެރިވާ ދަނބިދޫ ފުޓްސަލް ޓީމަށް ޝާހް އެހީތެރިކަން ފޯރުކޮށްދީފި!

ގޯލްޑެން ފުޓްސަލް ޗެލެންޖް -2024 ގައި ބައިވެރިވާ ދަނބިދޫ ފުޓްސަލް ޓީމަށް ދަނބިދުއަށް އުފަން އިބްރާހިމް ޝާހް ކުޅިވަރުގެ ނަމުން …