
މެރިކަލްޗަރ އެންޓަޕްރައިސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ހިންގާ މަސައްކަތުގެ ތެރެއިން ދެ ރަށެއްގައި ހުއިފިލަނޑާާ އާލާކޮށް ބޮޑު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ލ. އަތޮޅުގެ ލކަލައިދޫ އާއި ދަނބިދޫ ހުއިފިލަނޑާ ބޮޑު ކުރުމުގެ މިމަޝްރޫޢު މިއަދު އިފްތިތާޙް ކޮށްދެއްވާ މޫދުގައި ހަދާފައި ހުރި ކޮށިތަކަށް ކުދި ހުއިފިލަނޑާ ޑުކޮށްލެއްވީ ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީއެވެ.

މިމަސައްކަތް މިއަދު މިދެރަށުގައި އިފްތިތާޙު ކޮށްދެއްވާފައިވާ އިރު، މިދެ ރަށުގެ އިތުރުން ލ.އިސްދޫގައި ހުއިފިލަނޑާ އާލާކޮށް ބޮޑުކުރުމުގެ މަސައްކަތް ކުރަން ބޭނުންވާ 100 ފަރާތަކަށް އެމަސައްކަތް ކުރުމަށް ބޭނުންވާނެ ތަކެތި ހޯދުމަށްޓަކައި ލުއި ލޯނެއް ދޫކުރުމާއެކު، އެފުރުސަތު ދިނުމަށް ވަނީ ނިންމާފައެވެ.

ހުއިފިލަނޑާ އާލާކޮށް ބޮޑުކުރުމަށްފަހު މާކެޓް ކުރުމުގެ މިމަޝްރޫޢު އަކީ އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑިވެލޮޕްމެންޓް (އިފާޑް) އާއި ފިޝަރީޒް މިނިސްޓްރީ ގުޅިގެން ފަސް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މަޝްރޫއެކެވެ.