ކުއްލި ހަބަރު
ފުރަތަމަ ސަފުހާ / ހަބަރު / ބަނދަރަކާއި މުދިމެއް ނެތިގެން ދަނބިދޫ ރައްޔިތުން ރަށު އޮފީސް ހިސޯރުކޮށްގެން ތިބޭތާ ހަފުތާއެއްވެއްޖެ

ބަނދަރަކާއި މުދިމެއް ނެތިގެން ދަނބިދޫ ރައްޔިތުން ރަށު އޮފީސް ހިސޯރުކޮށްގެން ތިބޭތާ ހަފުތާއެއްވެއްޖެ

ހަވީރު ޑެއިލީ، 14 މާޗް 2009

ރަށުގައި ބޭނުންކުރެވޭ ފަދަ ބަނދަރެއް ނެތުމާއި މިސްކިތުގައި މުދިމަކު ނެތުމުގެ ސަބަބުން ދިމާވަމުންދާ ދަތިތައް ހައްލުވެފައިނުވާތީ، ލ. ދަނބިދޫ ރައްޔިތުންގެ ބަޔަކު އެ ރަށު އޮފީސް ހިސޯރުކޮށްގެން ތިބޭތާ ހަފުތާއެއްވެއްޖެ އެވެ.

 

23 ޑިސެމްބަރު 2011 ވަނަ ދުވަހު ދަނބިދޫ ކައުންސިލް އިދާރާ ދޮށަށް އެއްވި މީހުން.

 

ރަށު އޮފީސް ހިސޯރުކޮށްގެން ތިބި މީހުންގެ ފަރާތުން ވާހަކަ ދެއްކި އިބްރާހީމް ޝަރީފު މިއަދު ބުނި ގޮތުގައި މި މަހުގެ އަށް ވަނަ ދުވަހު ރައްޔިތުންގެ ބަޔަކު ނުކުމެ އޮފީސް ބަންދުކުރުމަށް ފަހު އެ ތަނުގައި 24 ގަޑިއިރު ފޯރިމަރަމުން ގެންދަނީ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތަކުގައި ރަށުގެ ވެރިން ޖަވާބުދާރީކުރުވުމުގެ ގޮތުންނެވެ. އަދި ރައްޔިތުންގެ ފައިސާ އަށް “ވާނުވާ ނޭނގޭތީ” ވެސް ކަންބޮޑުވެފައިވާ ކަމަށް އޭނާ ބުންޏެވެ.

“އޮފީހުގެ ދޮރުގައި ފިލައެއް ލައްގައިގެން މިހާރު މި ތިބެނީ. އަހަރެމެންނަށް އެ ކަންތައްތައް އޮޅުންފިލުވައިދިން ދުވަހަކުން އޮފީސް ހުޅުވާނީ،” ޝަރީފު ބުންޏެވެ. “ރީއްޗަށް މިހެން ތިބޭނީ މި ހަފުތާ ނިމެންދެން. އެއަށް ފަހު، އެއް އިންޗީގެ ފިލަޔާއި ހަ އިންޗި މޮހޮރު ހިފައިގެން އައިސް ދޮރު ބަންދުކުރާނީ.”

އޭނާ ބުނީ ރައްޔިތުން އެދޭ ކަންތައްތައް ސިޓީއަކުން ބަޔާންކޮށް 58 މީހުންގެ ސޮޔާއެކު ރަށު އޮފީހަށް ހުށަހަޅާފައިވާނެ ކަމަށާއި އޮފީސް ބަންދުކުރީ އެ ސިޓީ ހުށަހެޅިތާ ތިން ހަފުތާ ފަހުން ކަމަށެވެ.

ޝަރީފު ބުނި ގޮތުގައި ރައްޔިތުން އެދޭ ކަންތައްތަކަށް ޖަވާބެއް ދެއްވަން މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް އެ ރަށު ކައުންސިލަރާއި ކަތީބުން ގެންދަވަނީ ވިދާޅުވަމުންނެވެ. ނަމަވެސް އޮފީސް ބަންދުކުރިތާ ހަފުތާއެއް ވީއިރު ވެސް ޖަވާބެއް ލިބިފައިނުވާ ކަމަށް އޭނާ ބުންޏެވެ.

ދަނބިދޫ ރައްޔިތުންގެ ބަޔަކު އެ ރަށު އޮފީސް ހިސޯރުކޮށްގެން ތިބި މައްސަލައާ ބެހޭ ގޮތުން އެ ރަށުގެ ވެރިއެއްގެ ބަހެއް މިއަދު ލިބޭ ގޮތެއް ނުވިއެވެ.

ޝަރީފު ބުނީ ދަނބިދޫގައި އެކަށީގެންވާ ފެންވަރެއްގެ ބަނދަރެއް ނެތުމުގެ ސަބަބުން ބޮޑެތި ދަތިތައް ކުރިމަތިވެފައިވުމުގެ އިތުރުން އެ ރަށު ދެ މިސްކިތުގެ ތެރެއިން އެއް މިސްކިތުގައި މުދިމަކު ނެތްތާ 16 އަހަރުވެފައިވާ ކަމަށެވެ.

އަދި ރަށުގެ ފުޓްބޯޅަ ދަނޑުގެ ވަށައިގެން ނަރުދާ ޖެހުމަށް ކުރީގެ ސަރުކާރުން ދީފައިވާ 65،000ރ. އޭރު ހުންނެވި ބޮޑުކަތީބު އަބްދުﷲ ޝަރީފު ހަރަދުކުރެއްވި ގޮތުގެ ތަފްސީލެއް އެނގެން ނެތްކަމަށް ވެސް އޭނާ ބުންޏެވެ. މީގެ އިތުރުން މީގެ ހަ އަހަރު ކުރިން ރަށު އޮފީހުގެ ތިޖޫރީ ފަޅާލައިގެން ވަގަށް ނެގި ފައިސާ އަށް ވީނުވީއެއް އެނގިފައިނުވާތީ ވެސް ރައްޔިތުން ކަންބޮޑުވެފައިވާ ކަމަށް އޭނާ ބުންޏެވެ.

އާއި ބެހޭ އިބްރާހިމް ރަޝީދު

😂👊

މިވެސް ކިއުއްވާލައްވާ

ގޯލްޑެން ފުޓްސަލްގެ ގައި ބައިވެރިވާ ދަނބިދޫ ފުޓްސަލް ޓީމަށް ޝާހް އެހީތެރިކަން ފޯރުކޮށްދީފި!

ގޯލްޑެން ފުޓްސަލް ޗެލެންޖް -2024 ގައި ބައިވެރިވާ ދަނބިދޫ ފުޓްސަލް ޓީމަށް ދަނބިދުއަށް އުފަން އިބްރާހިމް ޝާހް ކުޅިވަރުގެ ނަމުން …