އުދަ އަރާފައި ފޮޓޯ: ސިޙާމް
މިއަދު މެންދުރުން ފެށިގެން ދަނބިދޫ އަށް އުދަ އަރާ ބައެއް ގެތަކަށްވަނީ ލޮނުގެ އަސަރު ކޮށްފައެވެ.
ރަށުގެއިރުމަތީ ފަރާތުން 200 ފޫޓަށް ރާޅު އަރާފައިވާއިރު ގާތްގަނޑަކަށް ހަތް ވަރަކަށް ގެއަށް ވަނީ ރާޅު ވަދެ ލޮނުގެ އަސަރުކޮށްފައެވެ.
މިއީ ސުނާމީގެ ފަހުން އެންމެ ބޮޑަށް އުދައެރިފަހަރެވެ. ދަނބިދޫ ކައުންސިލުން ދަނީ އެމްޓީސީސީ އާ ގުޅިގެން އަތިރިމަތީގައި ހުރި ގެތަކަށް ރާޅު ވަނަނުދިނުމަށް މަގުތަކަށް ވެލި އެޅުމުގެ މަސައްކަތްް ކުރަމުންނެވެ.