ކުއްލި ހަބަރު
ފުރަތަމަ ސަފުހާ / ހަބަރު / މިނިވަން ފުޓްސަލް މުބާރާތުގެ ޗެމްޕިިއަންކަން ކުލަބް އެސްޓަޑޮސް ހޯދައިފި

މިނިވަން ފުޓްސަލް މުބާރާތުގެ ޗެމްޕިިއަންކަން ކުލަބް އެސްޓަޑޮސް ހޯދައިފި

 

މިނިވަން ފުޓްސަލްކަޕް ޗެމްޕިއަން ކުލަބް އެސްޓަޑޮސް ފޮޓޯ: ސިޙާމް .

“ދަނބިދޫ ކައުންސިލްގެ 2 ވަނަ މިނިވަން ފުޓްސަލް މުބާރާތު ގެ ޗެމްޕިއަންކަން ކުލަބް އެސްޓަޑޮސް ހޯދައފިއެވެ. މިއީ އެ ކުލަބް ޗެމްޕިއަންކަން ހޯދި ދެވަނަ ފަހަރެވެ.

ކުލަބް އެސްޓަޑޮސް ޗެމްޕިއަންކަން ހޯދީ މިއަދު ކުޅެވުނު މި މުބާރާތުގެ ފައިނަލްގައި އެފްސީ ތޭހަޓް އާއި ބައްދަލުކޮށް 0-1 މޮޅުވެގެންނެވެ.ދެ ޓީމްގެ ފަރާތުންވެސް މޮޅުކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ކުލަބް އެސްޓަޑޮސް ލަނޑު ޖަހައިދިނީ އަބްދުﷲ ހަސީބް(އައްޅޯ)އެވެ.

މިމުބާރާތުގެ ފައިނަލް މެޗަށްފަހު ވަނަވަނައަށް ހޮވުނު ޓީމުތަކާއި ކުޅުންތެރިންނަށް ވަނީ އިނާމާއި ތަށި އަދި ސެޓްފިކެޓް ހަވާލުކޮށްފައެވެ. ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވީ ދަނބިދޫ ކައުންސިލްގެެ ޒިންމާދާރުވެރިޔާ އާދަމް މުޙައްމަދެވެ.

މިމުބާރާތުގެ ޗެމްޕިއަން ޓީމް ކުލަބް އެސްޓަޑޮސް އަށް 3000 ރުފިޔާގެ ފައިސާގެ އިނާމާއި ވާދައިގެ ތަށި ހަވާލުކުރިއިރު، ރަނަރަޕް ޓީމު އެފްސީ ތޭހަޓް އަށް 1500 ރުފިޔާގެ ފައިސާގެ އިނާމުު ހަވާލުކުރިއެވެ.މުބާރާތުގެ ފެެއަރ ޕިލޭ ޓީމަކީ ޓީމް އެމް އެސް އެފްއެވެ.

މުބާރާތުގެ އެންމެ މޮޅު ގޯލުކީޕަރ ހޮވުނީ ކުލަބް އެސްޓަޑޮސްގެ ގޯލްކީޕަރު އިބްރާހިމް ފައިސަލްއެވެ.އަދި ފެއާރ ޕްލޭ ކުޅުންތެރިޔަކަށް އެފްސީ ތޭހަޓްގެ ހަސަން މުރުތަލާ ހޮވުނުއިރު މުބާރާތުގެ އެންމެ މޮޅު އަދި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔަކަށް ހޮވުނީ ކުލަބް އެސްޓަޑޮސް ގެ އަލީ އިރުފާދުއެވެ.

މިމުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ކުލަބް އެސްޓަޑޮސްގެ އިބްރާހިމް ފައިސަލް އާއި އަލީ އިރުފާދު އަދި ހަމަ އެޓީމްގެ އަބްދުﷲ ހަސީބް، އެފްސީ ތޭހަޓްގެ ހަސަން މުރުތަލާ އަދި މުޙައްމަދު ސުއައިބު އެވެ،

 

 

އާއި ބެހޭ އިބްރާހިމް ސިހާމް

މިވެސް ކިއުއްވާލައްވާ

ގޯލްޑެން ފުޓްސަލްގެ ގައި ބައިވެރިވާ ދަނބިދޫ ފުޓްސަލް ޓީމަށް ޝާހް އެހީތެރިކަން ފޯރުކޮށްދީފި!

ގޯލްޑެން ފުޓްސަލް ޗެލެންޖް -2024 ގައި ބައިވެރިވާ ދަނބިދޫ ފުޓްސަލް ޓީމަށް ދަނބިދުއަށް އުފަން އިބްރާހިމް ޝާހް ކުޅިވަރުގެ ނަމުން …