ކުއްލި ހަބަރު
ފުރަތަމަ ސަފުހާ / ހަބަރު / ދަނބިދޫ މޮނިޓަރިން އަށް

ދަނބިދޫ މޮނިޓަރިން އަށް

ހެލްތު އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފައިވަނީ ދަނބިދޫ މޮނިޓަރިން އަށް ލާފައިވާ ކަމަށެވެ. އަދި މިހާރު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެ މަސައްކަތް ނިމެންދެން މޮނިޓަރިންގެ ހާލަތުގައި އޮންނާނެ ކަމަށް ބުނެފައިވެއެވެ.

އެހެންނަމަވެސް އެ ރަށް މޮނިޓަރިންއަށް ލާފައިވާ ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ. ބެލެވޭ ގޮތުގައި އެ ރަށް މޮނިޓަރިން އަށް ލާފައިވަނީ އެ އަތޮޅުގެ މާންދޫ އިން ފެނުނު ބޮޑު ކޮވިޑް-19ގެ ކްލަސްޓާ އާ ގުޅިގެންނެވެ.

އެގޮތުން މާންދޫ އިން ވަނީ ކޮވިޑް ފެނި އެ ކްލަސްޓާއާ ގުޅޭ ބައެއް ކޭސްތައް ވަނީ ގަމުންނާއި ފޮނަދޫއިންވެސް ފެނިފައެވެ.

އިއްޔެއާ ހަމައަށް އެ ކްލަސްޓާގައި ފެނުނު ކޭސްތަކުގެ އަދަދު ވަނީ 148 އަށް އަރާފައެވެ.

އޭގެތެރޭގައި ހިމެމެނީ މާންދޫއިން ޕޮޒިޓިވްވި 131 މީހަކާއި ގަމުން ޕޮޒިޓިވްވި 15 މީހެއްގެ އިތުރުން ފޮނަދޫއިން ޕޮޒިޓިވްވި ދެ މީހެކެވެ.

އެ ކްލަސްޓާ އާ ގުޅިގެން މިހާތަނަށް 795 ސާމްޕަލް އެއް ނަގާފައިވެއެވެ.

އާއި ބެހޭ އިބްރާހިމް ސިހާމް

މިވެސް ކިއުއްވާލައްވާ

ގޯލްޑެން ފުޓްސަލްގެ ގައި ބައިވެރިވާ ދަނބިދޫ ފުޓްސަލް ޓީމަށް ޝާހް އެހީތެރިކަން ފޯރުކޮށްދީފި!

ގޯލްޑެން ފުޓްސަލް ޗެލެންޖް -2024 ގައި ބައިވެރިވާ ދަނބިދޫ ފުޓްސަލް ޓީމަށް ދަނބިދުއަށް އުފަން އިބްރާހިމް ޝާހް ކުޅިވަރުގެ ނަމުން …