ކުއްލި ހަބަރު
ފުރަތަމަ ސަފުހާ / ފެޝަން / ދުޅަހެޔޮ ސިއްހަތު / ކުރުނބާ ފެން – ހަށިގަނޑަށް ފައިދާ ހުރި ބުއިމެއް

ކުރުނބާ ފެން – ހަށިގަނޑަށް ފައިދާ ހުރި ބުއިމެއް

 

ކުރުނބާ ފެން ގިނަމީހުން ބޮއިހަދަނީ ބަލިވުމުންނެވެ. މާބޮޑަށް ވަރުދެރަވެ ނުވަތަ ހުން އަންނަނަމަ ކުރުނބާ ފެން ބުއިމަށް މީހުން އަވަސްވެގަނެ އެވެ. ބައެއް މީހުން ކުރުނބާ ބޮއިވެސް ހަދަ އެވެ. ގައިގައި ވަރުޖެއްސުމަށް ކުރުނބާފެން ބޯންޖެހޭނެ ކަމަށް ގިނަ ބަޔަކު ދެކެ އެވެ. އެހެންނަމަވެސް ކުރުނބާ ފެނުން ގިނަގުނަ ފައިދާތަކެއް ހަށިގަނޑަށް ލިބޭކަން އެނގެނީ ކިތައް މީހުންނަށް ހެއްޔެވެ؟

ބަރުދަން ލުއިކުރަން މަސައްކަތް ކުރާ ފަރާތްތަކަށް ކުރުބާ ފެނަކީ ހަމަ އެންމެ ރަނގަޅު ބުއިމެކެވެ. ކުރުނބާ ފެނަކީ ކެލަރީ މަދު ފަސޭހައިން ހަޖަމްވާ އެއްޗެކެވެ. ހައްޓަށް ލުއި ސިކުނޑި ތާޒާކޮށްދޭ މި ބުއިމުގައި ގިނަ އަދަދަކަށް ބައޯއެކްޓިވް އެންޒައިމް ހުރުމުގެ ސަބަބުން ހަޖަމް ވުމާއި ފެޓްސް ފަދަ ފަލަވާން ދިމާވާ މާއްދާތައް ހަށިގަނޑުގައި ރައްކާވުމުން ދުރުކޮށްދެއެވެ. ކުރުނބާ ފެނުގައި ގިނަމިންވަރަކަށް ޕޮޓޭސިއަމް ހުރުމުގެ ސަބަބުން ހަށިގަނޑުގައި ހުންނަ ސޯޑިއަމްގެ މިންވަރު އެއްވަރެއްގައި ހިފަހައްޓައިދެއެވެ. ހަށިގަނޑުގައި ސޯޑިއަމް ގިނަވެއްޖެނަމަ ބަރުދަން އިތުރުވެއެވެ.

ކުރުނބާ ފެނުގެ ސަބަބުން ހަށިގަނޑަށް ގެއްލުންދޭ ކޮލެސްޓްރޯލް (އެލްޑީއެލް) ދަށްކޮށްދީ ހަށިގަނޑަށް ފައިދާ ހުރި ކޮލެސްޓްރޯލް (އެޗްޑީއެލް) އިތުރުކޮށްދެއެވެ. މީގެ ސަބަބުން ކޮލެސްޓްރޯލްގެ ސަބަބުން ޖެހޭ ހިތުގެ ބަލިތަކުން ދުރުކޮށްދެއެވެ.

2012 ވަނަ އަހަރު ޖޯނަލް އޮފް މެޑިސިނަލް ފުޑްގައި ޝާއިރުކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުގައި ކާށި،ގަބުޅި އަދި ކުރުނބާ ފެން ބުއިމުން ލިޕިޑްސް އަދި ކޮލެސްޓްރޯލް ހަޖަމްކޮށްދިމުނުން އިތުރުކޮށްދެއެވެ. މީގެ އިތުރުން ކުރުނބާފެނުގައި ހުންނަ އެންޓިއިންފްލެމޭޓްރީ، އެންޓިއޮކްސިޑެންޓް އަދި އެންޓިޕްލެޓްލެޓްގެ ސިފަތަކުގެ ސަބަބުން ލޭގެ ހިނގުން އަވަސްކޮށްދީ ލޭނާރުތައް ބެދުމާއި، ހާޓްއެޓޭކް އަދި ސްޓްރޯކް ޖެހުމުން ދުރުކޮށްދެއެވެ.

ކުރުނބާ ފެނަކީ ހަމަށް ވެސް ވަރަށް ފައިދާހުރި އެއްޗެކެވެ. ކުރުނބާ ފެން އުގުޅުމުން މޫނުގައި ނަގާ އޮށާޅަ އާއި މޫނުގައި ހުންނަ ލަކުނުތައް ފަސޭހަކޮށްދެއެވެ. އެގޮތުން ހަންގަނޑު ރީތި ކުރުމަށްވެސް ކުރުނބާ ފެން ބޭނުން ކުރެވިދާނެ އެވެ. އަދި ހަންގަނޑު ސާފު ކުރުމަށާއި ހަންގަނޑުގައި ހުންނަށް ލައްތައް ނުވަތަ ކަޅުވެފައި ހުންނަށް ތަންތަން ސާފު ކުރުމަށް ކުރުނބާފެން ހަންގަނޑުގައި ހޭކިދާނެ އެވެ. މީގެ އިތުުރުން ހަންގަނޑުގައި ރޫޖެހުމާއި ތެޔޮވުމުން ދުރުކޮށްދިނުމަށްވެސް ކުރުނބާ ފެނަކީ ރަނގަޅު އެއްޗެކެވެ.

 

މަސްދަރު: ހެލްތު ޓިޕް ސޯސަސް

އާއި ބެހޭ އިބްރާހިމް ސިހާމް

މިވެސް ކިއުއްވާލައްވާ

ޤަވައިދުން ކަސްރަތު ކުރުން މުހިންމު!

ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ކަސްރަތު ކުރުމުގެ ބޭނުމަކީ މީހާގެ ބަރުދަން ލުއިކުރުމާއި ހަށިގަނޑުގެ މަސްތައް ވަރުގަދަކޮށް، މީހާގެ ބާރުގަދަ …

އެއް ކޮމެންޓް

  1. އިބްރާހިމް ރަޝީދު

    ދެން ވަގަށް މީސް މީހުން ރުއް ރުކުން ކުރުންބާ އަޅާނޫއެއް ނޯން. ކެކެކެ…