ކުއްލި ހަބަރު
ފުރަތަމަ ސަފުހާ / ހަބަރު / ދަނބިދޫ ދަރިއެއް ޤައުމީޓީމަށް

ދަނބިދޫ ދަރިއެއް ޤައުމީޓީމަށް

ހަމްދޫން.

އޭޝިޔާގެ 23 އަހަރުން ދަށުގެ ޗެމްޕިއަންޝިޕްގެ ކޮލިފިކޭޝަނަށް އެކުލަވާލި ޤައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑުގައި ދަނބިދުއަަށް އުފަން އަލިގާ އިސްމާއިލް ހަމްދޫން ހިމަނައިފިއެވެ.

ޑިފެންސަަށް ކުޅެމުން އަންނަ ހަމްދޫން ފާހަގަވެގެން ގޮސްފައިވަނީ މިފަހުން ނިމުނު އެފްއޭޭއެމް ޔޫތު ޗެމްޕިއަންޝިޕްގައި ކުލަބް އީގަލަސް ކާމިޔާބު ކުރިއިރު ޑިފެންސްލައިނގައި ދެއްކި މޮޅުކުޅުމުންނެވެ.

ހަމްދޫން ކުޅުންތެރިއެއް ކާރިން ބޯޅަ އަތުލުމަށްފަހު ފޮނުވާލަނީ: ފޮޓޯ: އިމޭޖްސް

މިމަހު 22 ން 26 އަށް ސައުދީ އަރަބިއްޔާ ގައި ކުރިއަށްދާ، ކޮލިފިކޭޝަންގެ ކުރިން ޓުރެެެއިނިން ކޭމްޕް ކުރުމަށް ޤައުމީޓީމް ވަނީ ރޭގަ ޕިލިޕީންސަށް ފުރާފައެވެ. ރާއްޖެ ހިމެނޭ ގުރޫޕުގައި ހިމެނެނީ، ސައުދީ އާއި އަރަބި އެމިރޭޓްސްގެ އިތުރުން ލުބުނާންއެވެ. 

ހަމްދޫން އީގަލްސްގެ ކުޅުންތެރިންނާއެކު އުފާފާޅުކުރަނީ.. ފޮޓޯ:ވަގުތު

އާއި ބެހޭ އިބްރާހިމް ސިހާމް

މިވެސް ކިއުއްވާލައްވާ

ގޯލްޑެން ފުޓްސަލްގެ ގައި ބައިވެރިވާ ދަނބިދޫ ފުޓްސަލް ޓީމަށް ޝާހް އެހީތެރިކަން ފޯރުކޮށްދީފި!

ގޯލްޑެން ފުޓްސަލް ޗެލެންޖް -2024 ގައި ބައިވެރިވާ ދަނބިދޫ ފުޓްސަލް ޓީމަށް ދަނބިދުއަށް އުފަން އިބްރާހިމް ޝާހް ކުޅިވަރުގެ ނަމުން …

އެއް ކޮމެންޓް

  1. ޝާބަހޭ ހަމްދޫން ވަރަށް އުފާވެއްޖެ