ކުއްލި ހަބަރު
ފުރަތަމަ ސަފުހާ / ހަބަރު / ދަނބިދޫ ލޯމާފާނު ހޭންޑްބޯލް މުބާރާތުގެ ޗެމްޕިއަންކަން އަނގޮޅި ސްޕޯޓްސް ކުލަބް ހޯދައިފި!

ދަނބިދޫ ލޯމާފާނު ހޭންޑްބޯލް މުބާރާތުގެ ޗެމްޕިއަންކަން އަނގޮޅި ސްޕޯޓްސް ކުލަބް ހޯދައިފި!

ޗެމްޕިއަން ޓީމް އަނގޮޅި ސްޕޯޓްސް ކްލަބް

ދަނބިދޫ ކައުންސިލް އިން އިންތިޒާމް ކޮށްގެން ބޭއްވި އިސްމާއިލް ޝަފީއު ދަނބިދޫ ލޯމާފާނު ހޭންޑްބޯލް މުބާރާތުގެ ޗެމްޕިއަންކަން އަނގޮޅި ޓީމް ހޯދީ މިރޭ ދަނބިދޫ ފުޓްސަލު ދަނޑުގައި ކުޅުނު މުބާރާތުގެ ފައިނަލް މެޗުގައި ފަތްމިނި އެސްސީ އާއި ވާދަ ކޮށް 7-6 މޮޅުވެގެންނެވެ.

ފައިނަލް މެޗްގައި ކޮޅު ކުޅުމެއް ދައްކާ ކުއީން އޮފްދަ މެޗަކަށް ހޮވިފައިވަނީ އަނގޮޅި ސްޕޯޓްސް ކްލަބްގެ ޖޯޒީ ނަމްބަރ 10 ފާތިމަތު ހިމްނާއެވެ. އަދި މުޅި މުބާރާތުގެ 18އަހަރުންދަށުގެ އެންމެ އުންމީދީ ކުޅުންތެރިޔާ އަކަށް ހޮވިފައިވަނީ ފަތްމިނި އެސްސީގެ ޖާރޒީ ނަންބަރ 22 ފާތިމަތު ޒައިނާ ހަސަންއެވެ. މުޅި މުބާރާތު އެންމެ މޮޅު ކުޅުންތެރިޔާ ކުއީންސް އޮފް ޓޯނަމެންޓްއަކަށް ހޮވިފައިވަނީ އަނގޮޅި ސްޕޯޓްސް ކްލަބް ގެ ޖާރޒީ ނަންބަރ 9 އައިސަތު އަޒުނާއެވެ.

މި މުބާރާތުގެ ރަނަރަޕް ޓީމަކީ ފަތްމިނި އެސްސީއެވެ. އަދި ފެއަރ ޕްލޭ ޓީމަކަށް ހޮވިފައިވަނީ އަނގޮޅި ކުއީންސް އެވެ.

މުޅި މުބާރާތުން އެންމެ މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިން ފާހަގަ ކޮށް ޑުރީމް ޓީމްގެ ގޮތުގައި ހޮވިފައިވަނީ،ފަތިްމިނި އެސްސީގެ އައިސަތު އަމާން މުހައްމަދު އަދި އެ ޓީމްގެ ފާތިމަތު ޒައިނާ ހަސަން، އަނގޮޅި ސްޕޯޓްސް ކުލަބުގެ އައިޝަތު އަޒުނާ، ޒިލްމާ ޢަބްދުއް ލަޠީފް، އައިޝަތު ޝަފާ ،އައިމިނަތު އީޝާ އަހުމަދު، އަދި އައިޝަތު އިނާން ޝަރީފް އެވެ.

މުބާރާތުގެ ޑްރީމް ޓީމް ހޮވުނު ގަދަ 7

މި މުބާރާތުގައި ޖުމްލަ ހަތަރު ޓީމް އަކުން ބައިވެރިވެފައިވެއެވެ. އެއީ. އަނގޮޅި ކުއީންސް ،އަނގޮޅި ސްޕޯޓްސް ކުލަބު، ޗެމްޕިއަން ކޭބީ އަދި ފަތްމިނި އެސްސީއެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ އިސްމާއިލް ޝަފީއުއެވެ.އަދި ކޯ ސްޕޮންސަރުންކީ ކަފިޔާލު އަދި އަބުދުﷲ ފަޔާޒު އަދި ހައްވާ އިނާއެވެ. އަދި އެސޯސިއޭޓް ޕާރޓްނަރ އަކީ ދަނބިދޫ ސްކޫލްއެވެ. ބެވަރ ރެޖް ޕާރޓްނަރ އަކީ ނިވްޗޮއިސް އަދި ބާއްޓެ ކެފޭ އެވެ. މެޑިކަލް ޕާރޓްނަރ އަކީ ދަނބިދޫ ހެލްތު ސެންޓަރު އެވެ. އޭގެ އިތުރުން މުބާރާތުގެ މީޑިއާ ޕާޓްނަރ އަކީ ލާމު ޓޭލްއެވެ.

އާއި ބެހޭ އިބްރާހިމް ސިހާމް

މިވެސް ކިއުއްވާލައްވާ

ގޯލްޑެން ފުޓްސަލްގެ ގައި ބައިވެރިވާ ދަނބިދޫ ފުޓްސަލް ޓީމަށް ޝާހް އެހީތެރިކަން ފޯރުކޮށްދީފި!

ގޯލްޑެން ފުޓްސަލް ޗެލެންޖް -2024 ގައި ބައިވެރިވާ ދަނބިދޫ ފުޓްސަލް ޓީމަށް ދަނބިދުއަށް އުފަން އިބްރާހިމް ޝާހް ކުޅިވަރުގެ ނަމުން …