ކުއްލި ހަބަރު
ފުރަތަމަ ސަފުހާ / ހަބަރު / ދަނބިދޫ ލޯމާފާނު ހޭންޑްބޯލް މުބާރާތް ހުކުރު ދުވަހުގެ ރޭ ފަށަނީ!

ދަނބިދޫ ލޯމާފާނު ހޭންޑްބޯލް މުބާރާތް ހުކުރު ދުވަހުގެ ރޭ ފަށަނީ!

ހައްދުންމަތި ދަނބިދޫ ކައުންސިލުން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ ދަނބިދޫ ލޯމާފާނު ހޭންޑްބޯލް މުބާރާތް 2023 މި މަހުގެ 8 ވަނަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ދަނބިދޫގެ އަންހެން ކަނބަލުންނަށް ހާއްސަ ކޮށްގެން ކުރިއައް ގެންދިއުމަށް ހަމަ ޖެހިފައިވާ މި މުބާރުގައި ބައިވެރި ވުމުގެ ފުރުސަތު މި މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ހަމަވެފައިވާ އިރު ޖުމްލަ 4 ޓީމަކުން ވަނީ މުބާރާތުގައި ބައިވެރިވެފަ އެވެ. މި މުބާރާތުގައި ބައިވެރިވެފައިވާ ޓީމު ތަކަކީ ޓީމް ޗެމްޕިއަން، ފަތްމިނި ސ.ކ، އަނގޮޅި ސްޕޯޓްސް ކްލަބް އަދި އަނގޮޅި ކުއީންސް އެވެ. ޓީމު ތަކުގެ މެދުގައި ގުރުއަތު ނެގުން މާދަމާ (6 ޑިސެމްބަރު) ބޭއްވުމަށް ހަމަޖެހިފައިވާ އިރު މުބާރާތަށް ވާން ޖެހޭ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށް ކައުންސިލުން މަޢުލޫމާތު ދެއެވެ. މި މުބާރާތަށް ތައްޔާރު ވުމުގެ ގޮތުން ދަނބިދޫ ކައުންސިލްގެ ފަރާތުން އިސްނަގައިގެން ވަނީ ހޭންޑްބޯލްގެ ގަވައިދުތަކާއި ގުޅޭގޮތުން ކަނބަލުންނަށް ހާއްސަ ކޮށްގެން ތިއަރީ އަދި ޕްރެކްޓިކަލް ކްލާސް ތަކެއްވެސް ކުރިއަށް ގެންގޮސްފައެވެ.

މި މުބާރާތުގެ މެޗުތައް ދަނބިދޫ ކައުންސިލް ފޭސްބޫކް ޕޭޖް އިން ވަގުތުން ދުރަށް ދައްކާ ގޮތަށް ހަމަ ޖެހިފައިވާ އިރު މުބާރާތް ސްޕޮންސަރ ކޮށްދޭނެ ފަރާތްތައް ހޯދުމަށް ކައުންސިލުން ވަނީ އިޢުލާނު ކޮށްފައެވެ. ސްޕޮންސަރުން ބޭނުން ވެގެނެ ހުޅުވާލައިފަިވާ ގިންތި ތަކުގެ ތެޜޭގައި މުބާރާތުގެ ޓައިޓަލް ސްޕޮންސަރ، ކޯ ސްޕޮންސަރ، ބެވެރޭޖް ޕާޓްނަރ، މީޑިއާ ޕާޓްނަރ އަދި މެޑިކަލް ޕާޓްނަރ ހިމެނެއެވެ.

.

ރިފަރެންސް: މިލައުތުރު ޑޮޓްކޮމް!

އާއި ބެހޭ އިބްރާހިމް ސިހާމް

މިވެސް ކިއުއްވާލައްވާ

ގޯލްޑެން ފުޓްސަލްގެ ގައި ބައިވެރިވާ ދަނބިދޫ ފުޓްސަލް ޓީމަށް ޝާހް އެހީތެރިކަން ފޯރުކޮށްދީފި!

ގޯލްޑެން ފުޓްސަލް ޗެލެންޖް -2024 ގައި ބައިވެރިވާ ދަނބިދޫ ފުޓްސަލް ޓީމަށް ދަނބިދުއަށް އުފަން އިބްރާހިމް ޝާހް ކުޅިވަރުގެ ނަމުން …