ކުއްލި ހަބަރު

Classic Layout

ރާއްޖޭގައި އަޅާ އެންމެ ބޮޑު ޔުނިވަރސިޓީ ކެމްޕަސް ލާމު އަތޮޅުގައި

  ރާއްޖޭގައި އަޅާ އެންމެ ބޮޑު ކެމްޕަސް، ލ. އަތޮޅުގައި އެޅުމަށް ޤައުމީ ޔުނިވަރސިޓީން ނިންމާފައިވުމާއި ގުޅިގެން އެ ކެމްޕަސް އެޅުމަށް ރަށެއް ކަނޑައެޅުމަށް އަތޮޅު ކައުންސިލާއި މަތިކޮށްފައިވާތީ އެކަމަށްޓަކައި ރަށެއް ކަނޑައެޅުމަށް މިއަދު ކައުންސިލް އިދާރާގައި ނެގި ވޯޓުގެ ނަތީޖާ ބުރަވެފައިވަނީ ބަރެސްދޫގައި ކެމްޕަސް އެޅުމަށްކަމަށް އެލް.އޭ ނިއުސް އަށް މަޢުލޫމާތު ލިބިއްޖެއެވެ. މިއަދު ހެނދުނު އަތޮޅު ކައުންސިލް އިދާރާގައި ކުރިއަށް ދިޔަ ވޯޓް ނެގުމުގައި އަތޮޅު ކައުންސިލަރުންގެ …

އިތުރަށް ކިޔުމަށް

މާކަނަޔަކު ކަރެއް ބޮލެއް ނެތޭ

  މާކަނަޔަކު ކަރެއް ބޮލެއް ނެތޭ…….!!! މި ވާހަކަ އަކީ ހިނގާފައިވާ ހާދިސާ އެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެވެ. މި ހާދިސާ އަޅުގަނޑަށް ކިޔުއްވައިދެއްވީ އަޅުގަނޑުގެ ބައްޕައެވެ.ނަމަވެސް ބޭނުންކޮށްފައިވާ ނަންތަކަކީ އަސްލު ނަންތަކެއް ނޫނެވެ. މިއީ އަޅުގަނޑު ވެސް އެ ރަށަކަށް ނިސްބަތްވާ އިސްދޫ ކަލައިދޫ އާއި ގުޅުން ހުރި ވާހަކަ އަކަށް ވާތީ ތިޔަ ބޭފުޅުންނާއި ހިއްސާކޮށްލީމެވެ. ހައްދުންމަތީ އިސްދޫ ކަލައިދޫ އަކީ ވެސް ރާއްޖެ ދެކެފައިވާ …

އިތުރަށް ކިޔުމަށް

ސިޙުރާއި ޖިންނި ޝައިޠާނުންގެ ކިބައިން ރައްކާތެރިވުމަށް ކިޔަވަންވީ ވިރުދުތައް!

ހަށިރައްކަލަށް ވަރުގަދަ ޙިޖާބެއް! ތިރީގައި މިލިޔާ ޙިޖާބަކީ ވަރަށް ބަރަކާތްތެރި ވަރުގަދަ ޙިޖާބެކެވެ. މިއީ ޤުރުއާނާއި ސުންނަތުގެ ދުޢާތަކުގެ މައްޗަށް އެކުލެވޭ ޙިޖާބެކެވެ. ފަހެ ކޮންމެ ދުވަހަކު ހެނދުނާއި ހަވީރު ކިޔަވާށެވެ. އެއީ ފަތިސް ނަމާދު ފަހުގައާއި ޢަޞުރު ނަމާދު ފަހުގައެވެ. އަދި ނިދާއިރު ކިއުން މޮޅުއިތުރެވެ. ޖިންނި ޝައިޠާނުންނާއި ސިޙުރުގެ ކިބައިން ﷲ އެމީހަކު  ސަލާމަތް ކުރައްވާނެއެވެ. އެ ޙިޖާބަކީ މިއެވެ.. بِسْمِ اللَّهِ الرَّحْمَـٰنِ الرَّحِيمِ ﴿١﴾ …

އިތުރަށް ކިޔުމަށް

މަގޭ ޔާގޫތު

ގަސްކަރަ ފެހި، ފަސްގަނޑު ކަޅު އަދި ފެންމީރު ފުރަމާލޭގެ ފެނުން އިރު ތޮޅިލިއިރު، އަނދެގެން ހުރި މުންޑުން ބަޑިތަޅުވަމުން ގޭގެ ފުޅައްޔާ ދިމާލަށް އަލިހޮއްކޮ ހަރުކޮށް ހިނގާފައި އަ އެވެ. ލަސްވެއްޖެއްޔާ ދެން އެ ދުވަހު ނުފެންނާނެ ނަޔާ ޗާލު ޔާގޫތު ދުށުމަށެވެ. އިރުގެ ރަން އަލިން ބިމުގައި ދޫލަ ފެތުރުމުގެ ކުރިން، ކުނިކޮޅު ގޮނޑަށް އުކާލާފައި ގެ އަށް އަންނަން ސިއްތި ބޭނުންވެ އެވެ. މަންމަ ބުނެފައި އޮންނަ …

އިތުރަށް ކިޔުމަށް

ދޫންޏާ ވަރަށް ލޯބިވޭ…!

ރުއީމެވެ. ލޯބި ވާތީއެވެ. ހިތުގައި ޖެހުނެވެ. ހަނދާން ވާތީއެވެ. އިތުބާރު ކުރީމެވެ. ކެހިވެރިއެއްކަން ނޭނގޭތީއެވެ. ލެޕްޓޮޕް ހުޅުވާލުމަށް ފަހު މީގެ އަހަރެއްހައި ދުވަސް ކުރިން ގެންގުޅުނު ފޮޓޯ ތަކެއް އަޅާފަވާ ސީޑީ އެއް ލައްވާ އޭގަ ހުރި ފޮޓޯތައް ބަލަންފެށީމެވެ. ކުއްލިއަކަށް ލެޕްޓޮޕާ ކުޅެ ކުޅެ އިން އިނގިލިތަކަށް ހުއްޓުން އެރިއެވެ. ހިތުގެ ވިންދު އަވަސްވިއެވެ. ދެލޯ ބޮޑުވިއެވެ. ލޮލުން ކަރުނަ އައިކަން އެނގުނީ ހަލުވިކަމާއި އެކު ކޯތާފަތް ހުރަސްކޮށް …

އިތުރަށް ކިޔުމަށް

ދަތުރު ފަތުރުގެ ނިޒާމު

  14 November 2011 ދަތުރު ފަތުރުން މީހުން އުޅޭ ހުރިހާ ރަށެއް ގުޅާލުމަށްޓަކައި މެދު ދެކުނުޕްރޮވިންސް (ލާމު އަތޮޅާއި ތާ އަތޮޅު ) ށް އެއްގަމާއި ކަނޑުގެ ފެރީގެ ހިދުމަތް ދިނުމަށް ޓަކައި 07 އޮގަސްޓް 2009 ވީ ހުކުރު ދުވަހު ދޯނި ސަރވިސް އިން އެގްރީމެންޓް ގައި ސޮއި ކުރުމާއި ގުޅިގެން މި ދެ އަތޮޅުގެ ހުރިހާ ރައްޔިތުން ވެސް ތިބީ އުފަލުން ފޮޅިފައެވެ. އެހެން ނުވާންވީ …

އިތުރަށް ކިޔުމަށް

” އިންޓަރ ހައުސް މަދަހަ މުބާރާތް 1433 ” ދަނބިދޫ ސްކޫލްގައި ބާއްވައިފި

“އިންޓަރ ހައުސް މަދަހަ މުބާރާތް 1433″09 މާރޗް 2012 ވީ ހުކުރު ދުވަހު ދަނބިދޫ ސްކޫލްގައި ކުރިއަށް ގެންގޮސްފިއެވެ. މި މުބަރާތުގެ މައިގަނޑު މަގްސަދަކީ ކުދިންގެ ހިތްތަކުގައި ދީނީ ރޫހް އާލާކޮށް ކުދިންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ރޫހް އާލާކުރުމާއި ރީތިކޮށް އަޑުގެހަމަތަކާއި އެއްގޮތަށް އަޑުގެންގުޅޭނެގޮތް ދަސްކޮށްދިނުމެވެ. މި މުބާރާތުގައި 5 އުމުރުފުރާއަކުން 88 ދަރިވަރުން ބައިވެރިވެ 84 ދަރިވަރުން މަދަހަ ކިޔާފައިވެއެވެ.

އިތުރަށް ކިޔުމަށް

ބައިނަލް އަގްވާމީ އަންހެނުންގެ ދުވަސް ދަނބިދޫ ސްކޫލްގައި ފާހަގަކޮށްފި

މި އަހަރުގެ ބައިނަލް އަގްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން 08 މާރޗް 2012 ވަނަ ދުވަހު ދަނބިދޫ ސްކޫލްގެ އަންހެން ބެލެނިވެރިންނާއި ދަނބިދޫ ސްކޫލް ގުޅިގެން ވަރަށް ހާއްސަ އެސެމްބްލީއެއް ބާއްވައިފިއެވެ. މި ދުވަހު ގެ މުނާސަބަތުގައި ސްކޫލްގެ ހުރިހާ އަންހެން ދަރިވަރުން ކިޔަވަން ހާޟިރުވީ ދިވެހިވަންތަކަން ދައްކުވައިދޭ ޘަގާފީ ހެދުމެއްގައެވެ. މި އެސެމްބްލީގެ ހުރިހާ ކަންތައްތަކެއް ކުރިއަށް ގެންދިޔައީ ބެލެނިވެރިންނެވެ. އޭގެތެރޭގައި ޤުރުއާން ކިޔެވުމާއި ކިޔެވި އާޔަތްތަކުގެ …

އިތުރަށް ކިޔުމަށް